Roadha Mihaaru
ޒީ ސިނެ އެވޯޑްސް: މޮޅު ޑައިރެކްޓަރަކީ ބަންސާލީ

ޒީ ސިނެ އެވޯޑްސް 2019: މޮޅު ޑައިރެކްޓަރަކީ ސަންޖޭ ލީލާ ބަންސާލީ

20 މާޗް 2019

ބޮލީވުޑްގެ ފިލްމުތަކުގެ އެވޯޑް މޫސުން ފެށިފައިވާ އިރު، ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު އެއް އެވޯޑް ކަމަށްވާ ޒީ ސިނެ އެވޯޑްސްގެ އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ފިލްމު "ޕަދުމާވަތު" އިން ސަންޖޭ ލީލާ ބަންސާލީ ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ފިލްމުތަކުގެ އެވޯޑް މޫސުން ފެށިފައިވާ އިރު، ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު އެއް އެވޯޑް ކަމަށްވާ ޒީ ސިނެ އެވޯޑްސްގެ އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ފިލްމު "ޕަދުމާވަތު" އިން ސަންޖޭ ލީލާ ބަންސާލީ ހޯދައިފި އެވެ.

މުމްބާއީގައި ބޭއްވި ކުލަގަދަ ޒީ ސިނެ އެވޯޑްސްގައި "ޕަދުވާވަތު" އަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި ދީޕިކާ ޕަދްކޯން އަށް އެ ފިލްމުން ލިބުނު އެންމެ މޮޅު ބަތަލާގެ އެވޯޑާއި ރަންވީރު ސިިންގަށް ލިބުނު ވީވާޒް ޗޮއިސް އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި ފިލްމަށް ލިބުނު އެންމެ މޮޅު ސިނަމަޓޯގްރަފީ އެވޯޑާއި އެ ފިލްމުގެ "ގޫމަރު" ލަވައިން ލިބުނު އެންމެ މޮޅު ކޮރިއޯގްރަފީ އެވޯޑް އަދި ބެސްޓް ސައުންޑް ޑިޒައިން އެވޯޑް ފާހަގަކޮށްލެވެ އެވެ.

ޒީ ސިނެގެ އިތުރު އެވޯޑްތައް:

* އެންމެ މޮޅު އެކްޓަރު: ރަންބީރު ކަޕޫރް (ސަންޖޫ)

* އެންމެ މޮޅު ސަޕޯޓިން އެކްޓަރު: ވިކީ ކޯޝަލް (ސަންޖޫ)

* އެންމެ މޮޅު ސަޕޯޓިން ބަތަލާ: ކެޓްރީނާ ކެއިފް (ޒީރޯ)

* ވީވާސް ޗޮއިސް މޮޅު ބަތަލާ: އާލިއާ ބަޓް (ރާޒީ)

* އެކްސްޓްރާއޯޑިނަރީ ފާފޯމާ އޮފް އި އިޔާ: އަޔޫޝްމަން ކުރާނާ (އަންދާދުން/ބަދާއީ ހޯ)

* އެންމެ މޮޅު އައު ޑައިރެކްޓަރު: އަމަރު ކޯޝިކް (އިސްތިރީ)

* އެންމެ މޮޅު އައު އެކްޓަރު: އިޝާން ޚަތައްރު (ދަޅަކް/ބިޔޯންޑް ދަ ކްލައުޑްސް)

* އެންމެ މޮޅު އައު ބަތަލާ: ޖާންވީ ކަޕޫރް (ދަޅަކް)

* އެންމެ މޮޅު ނެގަޓިވް ރޯލް: ތައްބޫ (އަންދާދުން)

* އެންމެ މޮޅު ކޮމިކް ރޯލް: ކާތިކް އާރިޔަން (ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ)

* އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ: ހަރުޝްދީޕް ކޯރް/ ވިބާ ސަރަފް (ދިލްބަރޯ-ރާޒީ)

* އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ: ޔެއްސަރު ދެސާއި (ނެއިނޯ މޭ ބަންދީ-ގޯލްޑް)

* އެންމެ މޮޅު ޑައިލޮގް: އިސްތިރީ (ސުމިތު އަރޯރާ)

* އެންމެ މޮޅު ވީއެފްއެކްސް: ޒީރޯ

* އެންމެ މޮޅު ބެކް ސްކޯ: އަންދާދުން

* އެންމެ މޮޅު އެޑިޓިން: އަންދާދުން

* އެންމެ މޮޅު ވާހަކަ: އަންދާދުން

* ބެސްޓް އެކްސްޓްރާ އޯޑިނަރީ ކަޕަލް: ނީނާ ގުޕްތާ/ޖަރްރާޖް ރާއޯ (ބަދާއީ ހޯ)

ޒީ ސިނެ އެވޯޑްސްގައި މި އަހަރު ވަނީ ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ ހިންދީ ސިނަމާ އަށް ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަންކޮށް އެވޯޑް ދީފަ އެވެ. އަދި އަހަރުގެ އެކްސްޓްރާއޯޑިނަރީ ސޯޝަލް ޗޭންޖްގެ އެވޯޑް ލިބުނީ ސޯނަމް ކަޕޫރަށެވެ.

އެވޯޑް ހަފުލާގައި ގިނަ ތަރިންތަކެއް ފޯރިގަދަ ސްޓޭޖް މަތީގެ ހުށަހެޅުންތައް ވެސް ފެނިގެން ދިޔަ އިރު، އެވޯޑް ހަފުލާ ހޯސްޓް ކުރި ތަރިންގެ ތެރޭގައި މަދޫރީ ޑިކްސިޓް، އަޔޫޝްމަން، ވިކީ ކާތިކް، ވަރުން ދަވަން ކްރިތީ ސެނަން އަދި ރަންވީރު ހިމެނެ އެވެ. އަދި ވަނީ މިދިޔަ އަހަރު މަރުވި ބަތަލާ ސްރީދޭވީ އަށް ޓްރިބިއުޓެއް ވެސް ދީފަ އެވެ.

މި އަހަރު ދެން ކުރިއަށް އޮތް އެންމެ ބޮޑު އެވޯޑް ހަފުލާއަކީ މި މަހުގެ 23 ގައި ބާއްވާ 64 ވަނަ ފިލްމުފެއާ އެވޯޑެވެ.