މިދިޔަ އަހަރު ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "ޓުވެލްތު ފެއިލް" އިން އެންމެ މޮޅު އެކްޓަރުގެ ގައުމީ އިނާމު ނުވަތަ އިންޑިއާގެ ނެޝަނަލް އެވޯޑު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އެކްޓަރު ވިކްރާންތު މަސީ ބުނެފި އެވެ.
މިދިޔަ އަހަރު ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "ޓުވެލްތު ފެއިލް" އިން އެންމެ މޮޅު އެކްޓަރުގެ ގައުމީ އިނާމު ނުވަތަ އިންޑިއާގެ ނެޝަނަލް އެވޯޑު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އެކްޓަރު ވިކްރާންތު މަސީ ބުނެފި އެވެ.
އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ވިކްރާންތު ބުނީ ގައުމީ އިނާމަކީ އޭނާ ވަރަށް ބޭނުންވި އެއްޗެއް ކަމަށާއި ގައުމުގެ ރައީސްގެ އަތްޕުޅުން އެވޯޑެއް ލިބުމަކީ މުޅި އުމުރުގައި ދެކުނު ހުވަފެނެއް ކަމަށެވެ.
"ހަގީގަތަކަށް ބުނަންޏާ ގަބޫލުކުރަން ވެސް ދަތިވާ ކަމެއް މީ. ތެދަށް ބުނަންޏާ ރައީސްގެ ގެކޮޅުގައި، ރައީސްގެ އަތްޕުޅުން އެވޯޑެއް ލިބުމަކީ މުޅި އުމުރުދުވަހު ދެކުނު ހުވަފެނެއް. އަދި އެ ހުވަފެން ހަގީގަތަކަށް ވާން އޮތީ،" އޭނާ ބުންޏެވެ.
ގިނަ ބައެއްގެ ލޯބި ލިބުނު "ޓުވެލްތު ފެއިލް" އަކީ ކުޅަދާނަ ޑައިރެކްޓަރު ވިދޫ ވިނޯދު ޗޯޕްރާ ގެނެސްދިން ބަޔޮޕިކް ފިލްމެކެވެ.
އެ ފިލްމުގައި ދައްކަނީ ވަރަށް ނިކަމެތި ހާލުގައި އުޅުނު އާއިލާއަކަށް ނިސްބަތްވާ ކުއްޖަކު ފުލުހަކަށް ވުމަށް ކުރާ މަސައްކަތުގައި ދިމާވާ އެކި ކަންކަމެވެ.
މި އަހަރުގެ ފިލްމުފެއާ އެވޯޑުގައި ވިކްރާންތުއަށް ވަނީ އެ ފިލްމުގައި އޭނާ ކުޅުނު ރޯލަށް ކްރިޓިކްސް ޗޮއިސް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ލިބިފަ އެވެ.
މިފަހުން ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ވިކްރާންތުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހު ނުވައެއްގައި ނެޓްފްލިކްސް އަށް އަންނަ "ޕިރް އާއީ ހަސީން ދިލްރުބާ" އެވެ.
ބޮލީވުޑް ތަރިންގެ ހާއްސަ ވަގުތުކޮޅެއް ރާއްޖެ އަށް
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
އެންމެ ގިނައިން ޓެކްސް ދެއްކި ސެލެބްރިޓީއަކީ ޝާހު
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
އަނިލްގެ ފިރިހެން ދަރިފުޅާ އެކު ފެނުނީ ކާކު؟
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި
ބަތަލާ މޯނީ ކައިވެނިކޮށްފި
ދަނޫޝްގެ ކައިވެނި ވެސް ނިމުމަކަށް
ކްރިކެޓް ތަރި ޖޫލާންގެ ރޯލު ކުޅޭނީ ހަމަ އަނުޝްކާ
ކަޕިލްގެ ނެޓްފްލިކްސް ޝޯގެ ޕްރީމިއާ މި މަހު