އިސްލާމްއާބާދު (މާޗް 6) - އިންޑިއާ އިން ވައިގެ ހަމަލާ ދިން ކަމަށް ބުނި ނަމަވެސް، ޕާކިސްތާނުގެ އިރުއުތުރުގައި ޖައިޝީ މުހައްމަދު ޖަމާއަތުން ހިންގާ ދީނީ ތައުލީމްދޭ މަދަރުސާތައް ހަލާކުނުވާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.
06 މާޗް 2019
އިސްލާމްއާބާދު (މާޗް 6) - އިންޑިއާ އިން ވައިގެ ހަމަލާ ދިން ކަމަށް ބުނި ނަމަވެސް، ޕާކިސްތާނުގެ އިރުއުތުރުގައި ޖައިޝީ މުހައްމަދު ޖަމާއަތުން ހިންގާ ދީނީ ތައުލީމްދޭ މަދަރުސާތައް ހަލާކުނުވާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.
އެމެރިކާގެ ސެން ފްރެންސިސްކޯގެ ޕްރައިވެޓް ސެޓެލައިޓް އޮޕަރޭޓަރެއް ކަމަށްވާ ޕްލެނެޓް ލެބުން މާޗް 4 ވަނަ ދުވަހު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އިންޑިއާ އިން ހަމަލާ ދިން ކަމަށް ބުނާ ސަރަހައްދުގައި ހަ އިމާރާތް ހުއްޓެވެ. ސެޓެލައިޓް ފޮޓޯތައް ނަގާފައި ވަނީ އިންޑިއާ އިން ހަމަލާ ދިންތާ ހަ ދުވަސް ފަހުންނެވެ. މިދިޔަ އަހަރުގެ އެޕްރިލް މަހު ނަގާފައިވާ އެ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯ އާއި އެންމެ ފަހުގެ ފޮޓޯތަކާ ތަފާތެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ފަހުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ފުރާޅު ފޫގޮސް، އިމާރާތްތަކުގެ އެއްވެސް ތަނެއް ރޯވެ އަދި ފާރުތައް ވެއްޓިފައިވާ މަންޒަރެއް ނުފެނެ އެވެ.
ނަމަވެސް އިންޑިއާ އިން ބުނަމުންދަނީ ޕާކިސްތާނުގެ އުތުރުގެ ބަލަކޮޓް ސަރަހައްދަށް ފެބްރުއަރީ 26 ވަނަ ދުވަހު ދިން ހަމަލާތައް އަމާޒަށް އެރި ކަމަށެވެ. ހަމަލާގެ އަމާޒަކީ ޖައިޝީ މުހައްމަދުގެ މައި ކޭމްޕާއި އެ މީހުން ހިންގާ މަދަރުސާތައް ކަމަށް އިންޑިއާ އިން ބުނެފައިވެ އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ މިރާޖް 2000 މަރުކާގެ 12 ޖެޓުން ޖައިޝީ މުހައްމަދުގެ އަމާޒުތަކަށް 1،000 ކިލޯގެ ބޮން އަޅާފައިވާ ކަމަށެވެ.
ސެޓެލައިޓް ފޮޓޯތަކާ ގުޅޭ ގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީން ވެސް ވަކިއެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
ކަޝްމީރުގައި އިންޑިއާ އިން ހަމަލާތަކެއް ފަށައިފި
އިންޑިއާ އޮތީ ޕާކިސްތާނާ ހަނގުރާމައަށް ތައްޔާރަށް:މޯދީ
ޕާކިސްތާނުން އިންޑިއާގެ ޖެޓެއް ވައްޓާލިކަމަށް ބުނެވިއްޖެ
އިންޑިއާ-ޕާކިސްތާނު ސިފައިން ފަހަތަށް ޖެހެނީ
ޕާކިސްތާނުގެ ނިއުކްލިއާ އދ އިން ބަލަންޖެހޭ: އިންޑިއާ
ނިއުކްލިއާ ބްލެކްމެއިލްއަކަށް އިންޑިއާ ނުސިހޭނެ: މޯދީ
ދުވަސްތަކެއް ފަހުން ކަޝްމީރުގައި ހަމަލާނުދޭ ރެއެއް
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި
އިންޑިއާ އާއި ޕާކިސްތާނުގެ ހަމަލާތައް ވަރުގަދަ ދުވަހެއް
ޕާކިސްތާނުން އިންޑިއާއަށް ހަމަލާދޭން ފަށައިފި