06 މާޗް 2019
ލަންޑަން (މާޗް 6) - ހިއުމަން އިމިއުނޯޑެފިޝަންސީ ވައިރަސް (އެޗްއައިވީ) ޖެހިފައިވާ މީހަކު، ބޯން މެރޯ ސްޓެމް ސެލް ޓްރާންސްޕްލާންޓަށް ފަހު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ސައެންސް ޖާނަލް "ނޭޗާ" އިން ބުނެފި އެވެ.
ލަންޑަން (މާޗް 6) - ހިއުމަން އިމިއުނޯޑެފިޝަންސީ ވައިރަސް (އެޗްއައިވީ) ޖެހިފައިވާ މީހަކު، ބޯން މެރޯ ސްޓެމް ސެލް ޓްރާންސްޕްލާންޓަށް ފަހު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ސައެންސް ޖާނަލް "ނޭޗާ" އިން ބުނެފި އެވެ.
އެ މީހާގެ ހަށިގަނޑުން އެޗްއައިވީ ވައިރަހުގެ އަސަރެއް ނުފެންނަތާ މިހާރު 18 މަސް ދުވަސްވެފައިވާ ކަމަށް އިނގިރޭސި ވިލާތުގެ ސައެންސްވެރިން ބުނެ އެވެ. އިނގިރޭސި ވިލާތުގެ އެ މީހާ އަށް ބޯން މެރޯ ސްޓެލް ސެލް ފަރުވާ ދޭން ފަށާފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ.
"އޭނާގެ ހަށިގަނޑުން ވައިރަހުގެ އަސަރެއް މިހާރަކު ނުފެނޭ،" އެޗްއައިވީ ޖެހިފައިވާ މީހާ އަށް ފަރުވާ ދިނުމުގައި އުޅުނު ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ޕްރޮފެސަރު އަދި އެޗްއައިވީ ބަޔޮލޮޖިސްޓް ރަވިންދުރަ ގުޕްޓާ ވިދާޅުވި އެވެ. "އެކަމަކު އޭނާ އެއްކޮށް ރަނގަޅުވީ ކަމަށް ބުނަ އަދި އަވަސް."
އިނގިރޭސި ވިލާތުގެ އެ މީހާ އަށް އެޗްއައިވީ ޖެހިފައިވާކަން އެނގުނީ 2003 ވަނަ އަހަރު އެވެ. އޭނާ އަށް ވަނީ 2012 ވަނަ އަހަރު ކެންސަރު ވެސް ޖެހިފަ އެވެ. ކީމޯތެރަޕީގެ އިތުރުން އެ މީހާ އަށް ވަނީ ސްޓެލް ސެލް އިމްޕްލާންޓްކޮށްފަ އެވެ. ނަތީޖާގެ ގޮތުން އެޗްއައިވީގެ އިތުރުން ކެންސަރުން ވެސް އެ މީހާ މިހާރު "ސަލާމަތްވެފައިވާ" ކަމަށް ޑޮކްޓަރުން ބުނެ އެވެ.
އެޗްއައިވީ ޖެހިފައިވާ 37 މިލިއަން މީހުން ދުނިޔޭގައި މިހާރު އެބަތިބި. --ފޮޓޯ:އޭޕީ
އެޗްއައިވީ ޖެހިފައިވާ މީހަކު މީގެ ކުރިން ވެސް ވަނީ ރަނގަޅުކޮށްފަ އެވެ. މީގެ 12 އަހަރު ކުރިން އޭނާ ރަނގަޅުވެފައި ވަނީ ޖަރުމަނުގެ ބާލިން އިން ފަރުވާ ހޯދައިގެންނެވެ. އެ މީހާ ވެސް ހޯދާފައި ވަނީ ބޯން މެރޯ ޓްރާންސްޕްލާންޓް ސްޓެމް ސެލް ފަރުވާ އެވެ.
މި ފަރުވާތަކުގެ އެހީގައި ޑޮކްޓަރުން ބުނަނީ އޭޑްސް ބައްޔަށް ދާއިމީ ފަރުވާއެއް ހޯދޭނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
ދުނިޔޭގެ 37 މިލިއަން މީހުންނަށް މިހާރު ވަނީ އެޗްއައިވީ ޖެހިފަ އެވެ. ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި އެޗްއައިވީ ފެންނަން ފެށި ފަހުން އޭޑްސް ބަލީގައި މިހާތަނަށް ވަނީ 35 މިލިއަން މީހުން މަރުވެފަ އެވެ.
އެޗްއައިވީ ޖެހިފައި ތިބި ދިވެހިންގެ އަދަދަކީ 22
އެޗްއައިވީ ވެކްސިން ޓެސްޓްކުރަން ފަށަނީ
ފަސޭހައިން އެޗްއައިވީ ފެތުރޭ ގޮތްތައް އެބަހުރި: ނަސީމް
އެއިޑްސްއާ ދެކޮޅަށް ފަންޑު ހޯދަން ބޫޓެއް
އެޗްއައިވީން ރަނގަޅުވި ފުރަތަމަ މީހާ މަރުވެއްޖެ
އެޗްއައިވީ އަށް ވެކްސިނެއްގެ އުންމީދު ބޮޑުވެފައި
އެޗްއައިވީ ސިއްރުކޮށް ދިވެއްސަކު ކައިވެނިތަކެއް ކޮށްފި
ރާއްޖޭގައި މައިންގެ ފަރާތުން އެޗްއައިވީއެއް ނުފެތުރޭ
އެޗްއައިވީ ހުރި މީހެއްގެ ކިޑްނީން ޓްރާންސްޕްލާންޓެއް ހަދައިފި
ރާއްޖޭގައި އެއިޑްސް ބަލި ދަނީ ގިނަވަަމުން: މިނިސްޓްރީ