03 ޑިސެމްބަރ 2019
އެއިޑްސް ބަލީގެ ވައިރަސް ކަމަށްވާ އެޗްއައިވީއާ ދެކޮޅަށް މިހާރު އަޖުމަ ބަލަމުން އަންނަ ވެކްސިންގެ ޓެސްޓްތަކުގެ ފަހު މަރުހަލާތައް ފެށިފައި ވާއިރު ސައިންސްވެރިން ތިބީ ވަރަށް ބޮޑު އުންމީދެއްގައި ކަމަށް އެންބީސީ ނިއުސް އިން ބުނެފި އެވެ.
އެއިޑްސް ބަލީގެ ވައިރަސް ކަމަށްވާ އެޗްއައިވީއާ ދެކޮޅަށް މިހާރު އަޖުމަ ބަލަމުން އަންނަ ވެކްސިންގެ ޓެސްޓްތަކުގެ ފަހު މަރުހަލާތައް ފެށިފައި ވާއިރު ސައިންސްވެރިން ތިބީ ވަރަށް ބޮޑު އުންމީދެއްގައި ކަމަށް އެންބީސީ ނިއުސް އިން ބުނެފި އެވެ.
އެޗްއައިވީ ވެކްސިން ޓެސްޓްކުރުމުގެ މަރުހަލާތަކުގެ ތެރެއިން ކޮންމެ ސްޓޭޖަކުން ވެސް ފެއިލްވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެކަމަކު އެޗްއައިވިއާ ދެކޮޅަށް އުފެއްދި ވެކްސިނަކާ މެދު ސައިންސްވެރިންގެ އުންމީދު 1984 ވަނަ އަހަރުގެ ފަހުން މިހާ ބޮޑުވެފައި ނުވާ ކަމަށްވެ އެވެ.
"ފަހަރެއްގައި މިއީ އެޗްއައިވީއާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެ އުންމީދީ ފަހަރު،" ބްރިޖް އެޗްއައިވީ ރީސާޗް ޕްރޮގްރާމްގެ ޑރ. ސޫޒަން ބުޝީބިންޑާ ވިދާޅުވި އެވެ.
ސޫޒަން ވިދާޅުވީ މި ވަގުތު އެޗްއައިވީއާ ދެކޮޅަށް ތިން ވެކްސިނެއް ޓެސްޓްކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެޗްއައިވީއާ ދެކޮޅަށް ހަދާ ވެކްސިނެއްގެ ކާމިޔާބީއާ މެދު އެއްޗެއް ބުނަން ވަރަށް ގިނަ ވަގުތު ބޭނުންވާނެ އެވެ.
އަޖުމަ ބަލާ ވެކްސިންތަކުގެ ތަފްސީލް ދެއްވަމުން ސޫޒަން ވިދާޅުވީ މިހާރު ޓެސްޓްކުރަމުން އަންނަ އެއްވެސް ވެކްސިނަކީ އާދައިގެ އުފެއްދުމެއް ނޫން ކަމަށެވެ. އަދި މިއިން ކޮންމެ ވެކްސިނެއްގައި ވެސް އެކި ޑޯޒްތައް ފުރިހަމަކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މި ވެކްސިންތަކަށް ކިތަންމެ ބޮޑު އުންމީދެއް ކުރެވުނަސް، ފެއިލްވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށާއި އެކަމަކު މިހާރު ހޯދިފައިވާ ކަންކަމަށް ބަލާއިރު އެޗްއައިވީ ފެތުރުން ކޮންޓްރޯލްކުރުމުގައި ބޮޑެތި ކުރިއެރުންތައް ހޯދެމުން އައުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ. އެގޮތުން، މިހާރު މުޅި ދުނިޔޭގައި ވެސް އަލަށް އެޗްއައިވީ ޖެހޭ މީހުންގެ އަދަދު މަދުވަމުން އައުމާއި އެޗްއައިވީ ޖެހުނަސް އާދައިގެ ދިރިއުޅުމެއްގައި އުޅޭ މީހުންގެ އަދަދު ގިނަކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު މުޅި ދުނިޔޭގައި އެޗްއައިވީ/އެއިޑްސް ޖެހިފައިވާ 37.9 މިލިއަން މީހުން އެބަ އުޅެ އެވެ. މިދިޔަ އަހަރު މި ވައިރަސް އަލަށް ޖެހުނު މީހުންގެ އަދަދު 1.7 މިލިއަނަށް އަރަ އެވެ.
އެޗްއައިވީ ވެކްސިން ޓެސްޓްކުރަން ފަށަނީ
އެޗްއައިވީ ސިއްރުކޮށް ދިވެއްސަކު ކައިވެނިތަކެއް ކޮށްފި
ރާއްޖޭގައި މައިންގެ ފަރާތުން އެޗްއައިވީއެއް ނުފެތުރޭ
އެޗްއައިވީ ހުރި މީހެއްގެ ކިޑްނީން ޓްރާންސްޕްލާންޓެއް ހަދައިފި
ރާއްޖޭގައި އެއިޑްސް ބަލި ދަނީ ގިނަވަަމުން: މިނިސްޓްރީ
އެޗްއައިވީ ވެކްސިނުން އުންމީދީ ނަތީޖާއެއް
އެޗްއައިވީގެ 99 ޕަސެންޓް ނެތިކޮށްލާ އާ އެންޓިބޮޑީއެއް
ފަސް މީހެއްގެ ގައިން އެޗްއައިވީ ވައިރަސް ނައްތާލެވިއްޖެ
ހޮސްޕިޓަލެއްގެ އިހުމާލުން ބަޔަކަށް އެޗްއައިވީ ޖެހިއްޖެ
އެއިޑްސް ހުރިކަން ނޭނގި އެތަައް ދިވެހިންނެއް ތިބެދާނެ