01 ޑިސެމްބަރ 2017
އެޗްއައިވީ ސްޓްރެއިންގެ 99 ޕަސެންޓް މަރާލާ އެންޓިބޮޑީޒްއެއް ސައިންސްވެރިން ފުރަތަމަ ފަހަރަށް އުފައްދައިފި އެވެ. މިއީ އެޗްއައިވީ ވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އެރުން ހުއްޓުވޭނެކަމުގެ އުންމީދު އިތުރުވެގެން ދިޔަ ހޯދުމަކަށް ވަނީ ވެފަ އެވެ. އިންސާނުން ބޭނުންކޮށްގެން މި އެންޓިބޮޑީޒް ޓެސްޓްކުރަން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.
އެޗްއައިވީ ސްޓްރެއިންގެ 99 ޕަސެންޓް މަރާލާ އެންޓިބޮޑީޒްއެއް ސައިންސްވެރިން ފުރަތަމަ ފަހަރަށް އުފައްދައިފި އެވެ. މިއީ އެޗްއައިވީ ވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އެރުން ހުއްޓުވޭނެކަމުގެ އުންމީދު އިތުރުވެގެން ދިޔަ ހޯދުމަކަށް ވަނީ ވެފަ އެވެ. އިންސާނުން ބޭނުންކޮށްގެން މި އެންޓިބޮޑީޒް ޓެސްޓްކުރަން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.
މި އެންޓިބޮޑީ މަސައްކަތް ކުރޭތޯ ބަލަން އެންމެ ފުރަތަމަ ޓެސްޓްކުރީ 24 ރާމާމަކުނެއްގެ ހަށިގަނޑަށް އެޗްއައިވީ ވައިރަސް އިންޖެކްޝަނެއްގެ ގޮތުގައި ޖަހައިގެންނެވެ. އަލަށް އީޖާދުކުރި މި އެންޓިބޮޑީޒް ކުރިން ވަނީ މި ރާމާމަކުނުތަކުގެ ހަށިގަނޑަށް ފޮނުވާފަ އެވެ. މި އެންޓިބޮޑީއަކީ މި ބަލީގެ އެންމެ ނާޒުކު ތިން މަރުހަލާގައި ހަމަލަދޭ އެންޓިބޮޑީ އެކެވެ. އެންޓިބޮޑީޒް ދިނުމަށްފަހު އެޗްއައިވީ ވައިރަސް ފޮނުވާލި ރާމާ މަކުނުތަކުގެ ތެރެއިން އެންމެ މަކުނަކަށް ވެސް އެޗްއައިވީ ޖެހިފައެއް ނުވެ އެވެ.
އިންސާނުންގެ ހަށިގަނޑަށް އެޗްއައިވީ ވައިރަސް ވަނުމުން އެއާ ހަނގުރާމަކުރަން ހަށިގަނޑަށް ވަރަށް އުނދަގޫ ކަމަކަށް ވެ އެވެ. އެއީ އެ ވައިރަސްއަށް ބަދަލުތައް އައުމާއި އެ ތަރައްގީވާ ގޮތުގެ ސަބަބުންނެވެ. މި ވައިރަސް ހުރި އެންމެ ބަލި މީހެއްގެ ހަށިގަނޑުގައި ވެސް ވަރަށް ތަފާތު ވައްތަރުގެ އިންފެކްޝަން ސްޓްރެއިންތައް އެއްފަހަރާ އުފެދިފައި ހުރެ އެވެ.
ނަމަވެސް ބަލީގެ ވައިރަސް ޖެހޭ އެއް ޕަސެންޓް މީހުންގެ ހަށިގަނޑުގައި މި ވައިރަސް އާ ހަނގުރާމަ ކުރެވޭ ނިއުޓްރިލައިޒިން އެންޓިބޮޑީޒްތަކެއް ކުއްލިއަކަށް އުފެދެ އެވެ. މި ޕްރޮޓީންތަކުގައި ތަފާތު ވައްތަރުތަކުގެ ގިނަ އަދަދެއްގެ އެޗްއައިވީ ސްޓްރެއިން އެއްފަހަރާ މަރާލުމުގެ ގާބިލްކަން ހުރެ އެވެ. އެހެންކަމުން އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތާއި ބޭސް އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސަނޯފީ ގުޅިގެން މި ހޯދުމުގައި ބޮޑަށް ބަލާފައިވާ ގުދުރަތީ ގޮތުން މި ބަލި ދިފާއު ކުރެވޭނެ ގޮތެކެވެ.
މިކަމަށްޓަކައި ސައިންސްވެރިން ވަނީ ވަރަށް ޔުނީކް ތިން އެންޓިބޮޑީޒް އަކުން ޓްރައި-ސްޕެސިފިކް އެންޓިބޮޑީއެއް އުފައްދާފަ އެވެ. ގުދުރަތީ ގޮތުން އިންސާނުންގެ ހަށީގަނޑުގައި އުފެދޭ އެންމެ ރަނގަޅު އަސަރުތަކެއް ފޯރާ އެންޓިބޮޑީޒް އިން ވެސް ނައްތާލެވެނީ އެޗްއައިވީ ވައިރަސްގެ 90 ޕަސެންޓް ސްޓްރެއިން ނަމަވެސް ސައިންސްވެރިން މި އަލަށް އީޖާދުކުރި ޓްރައި-ސްޕެސިފިކް އެންޓިބޮޑީ އިން 99 ޕަސެންޓް ނައްތާލެވެ އެވެ. އަދި ވަރަށް މަދުން ދީގެން ވެސް މި ގޮތަށް ކާމިޔާބުވެ އެވެ.
އެހެންކަމުން ދެން އޮތް ހަރުފަތަށް ދާން ސައިންސްވެރިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެއީ އިންސާނުން ހަށިގަނޑުގައި މި ޓެސްޓް ކުރުމެވެ.
ފާއިތުވީ އަހަރުތަކުގައި އެޗްއައިވީއާ ދެކޮޅަށް ވަރަށް ރަނގަޅު ފަރުވާތަކެއް ސައިންސްވެރިން ހޯދަމުން އައިސްފައިވެ އެވެ. އަދި އެފްރިކާ ހިސާބުގައި މި ފަރުވާ ކާމިޔާބު ކަމާއެކު ބޭނުން ކުރެވެމުން ދެއެވެ. އެގޮތުން އެޗްއައިވީ ޖެހިފައިވާ ނުވަ އަހަރުގެ ކުއްޖަކަށް ފަރުވާ ދީ އެޗްއައިވީ ނައްތާލެވިފައިވެ އެވެ. އެހެންވެ ސައުތު އެފްރިކާގެ ސައިންސްވެރިން މިހާރު ގެންދަނީ މި ކުއްޖާގެ ކޭސް ތަހުލީލު ކުރަމުންނެވެ. މި ކުއްޖާއަށް ދީފައިވަނީ އެންޓިރެޓްރޯވައިރަލް ތެރަޕީ ކިޔާ ފަރުވާ އެކެވެ.
ފަހުގެ މައުލޫމާތުތަކަށް ބަލާއިރު 2015ގެ ނިޔަލަށް އެޗްއައިވީ/އެއިޑްސް ޖެހިފައިވާ 36.7 މިލިއަން މީހުން ދުނިޔޭގައި އެބަތިއްބެވެ. މީގެ ތެރޭގައި ގިނައީ ސަބް-ސަހާރަން އެފްރިކާ މީހުންޏެވެ. އެޗްއައިވީ ޖެހިފައިވާ މީހުންގެ ތެރެއިން ބަލި ހުރިކަން އެނގެނީ އެންމެ 60 ޕަސެންޓް މީހުންނަށް ކަމަށްވެ އެވެ.
ފަސް މީހެއްގެ ގައިން އެޗްއައިވީ ވައިރަސް ނައްތާލެވިއްޖެ
އެޗްއައިވީ އަށް ވެކްސިނެއް އުފެއްދޭނެ ކަމުގެ އުންމީދެއް
އެޗްއައިވީ ވައިރަސް ހުރި މީހަކު މުޅިން ފަސޭހަވެއްޖެ
އެޗްއައިވީ ވެކްސިން ޓެސްޓްކުރަން ފަށަނީ
އެޗްއައިވީ އަށް ވެކްސިނެއްގެ އުންމީދު ބޮޑުވެފައި
އެޗްއައިވީ ސިއްރުކޮށް ދިވެއްސަކު ކައިވެނިތަކެއް ކޮށްފި
ރާއްޖޭގައި މައިންގެ ފަރާތުން އެޗްއައިވީއެއް ނުފެތުރޭ
އެޗްއައިވީ ހުރި މީހެއްގެ ކިޑްނީން ޓްރާންސްޕްލާންޓެއް ހަދައިފި
ރާއްޖޭގައި އެއިޑްސް ބަލި ދަނީ ގިނަވަަމުން: މިނިސްޓްރީ
އެޗްއައިވީ ވެކްސިނުން އުންމީދީ ނަތީޖާއެއް