03 އޮކްޓޯބަރ 2016
ދުނިޔޭގައި ތިބި އެޗްއައިވީ ޖެހިފައިވާ އެތައް މިލިއަން ބައެއްގެ ތެރެއިން ބަލި މުޅިން ފަސޭހަވީ ފުރަތަމަ މީހަކަށް އިނގިރޭސި ވިލާތުގެ 44 އަހަރުގެ ފިރިހެނަކު ވެއްޖެ އެވެ.
ދުނިޔޭގައި ތިބި އެޗްއައިވީ ޖެހިފައިވާ އެތައް މިލިއަން ބައެއްގެ ތެރެއިން ބަލި މުޅިން ފަސޭހަވީ ފުރަތަމަ މީހަކަށް އިނގިރޭސި ވިލާތުގެ 44 އަހަރުގެ ފިރިހެނަކު ވެއްޖެ އެވެ.
މި މީހާގެ ބަލި ފަސޭހަވެފައި ވަނީ އިނގިރޭސި ވިލާތުގެ ފަސް ޔުނިވަސިޓީއެއްގެ ސައިންޓިސްޓުންގެ ޓީމަކުން ގުޅިގެން އަލަށް ކުރި ފަރުވާއަކުންނެވެ.
ބަލި މުޅިން ފަސޭހަވީ މި މީހާއަކީ ސައިންސްވެރިންގެ ޓީމުގެ ތެރަޕީ ދެމުންދާ 50 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. މި ފަރުވާ އަދި އޮތީ އަޖުމަ ބެލުމުގެ މަރުހަލާގަ އެވެ.
ދަ ސަންޑޭ ޓައިމްސް އަށް ސައިންސްވެރިން ވިދާޅުވެފައިވާ ގޮތުގައި ފަސޭހަވީކަމަށް މިހާރު ގަބޫލު ކުރެވިފައިވާ މީހާގެ ލޭގައި އެޗްއައިވީގެ އެއްވެސް އަސަރެއް މިހާރަކު ނެތެވެ. އަދި މިގޮތަށް އޭނާގެ ހަށިގަނޑުން މީގެ ފަހުން އެޗްއައިވީގެ ވައިރަސް ނުފެނިއްޖެ ނަމަ އޭނާ މުޅިން ފަސޭހަވީ ކަމަށް ބެލެވޭނެ އެވެ. އަދި މިއީ މިގޮތަށް ފަސޭހަކުރެވުނު ފުރަތަމަ މީހާއަށް ވާނެ އެވެ.
ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު ރިސާޗް އޮފީސް ފޯ ކްލިނިކަލް ރިސާޗް އިންފްރަސްޓްރަކްޗާގެ މެނެޖިން ޑައިރެކްޓަރު މާކް ސެމުއަލްސް ވިދާޅުވީ މިއީ އެޗްއައިވީ މުޅިން ފަސޭހަކުރުމަށް އެންމެ ސީރިއަސްކޮށް ކުރެވުނު ފުރަތަމަ މަސައްކަތް ކަމަށެވެ.
"އަހަރެމެން މި ހޯދަނީ އެޗްއައިވީ މުޅިން ފަސޭހަވެދާނެ ގޮތްތަކެއް. މިއީ ވަރަށް ބޮޑު ގޮންޖެހުމެއް. މި ތެރަޕީ އުފައްދާ ޓެސްޓްކުރަން ފެށިތާ އަދި މާގިނަ ދުވަސް ނުވި ނަމަވެސް ފާހަގަކޮށްލެވޭވަރުގެ ބޮޑު ކުރިއެރުމެއް ވަނީ ހޯދިފައި،" އޭނާ ވިދާޅުވި އެވެ.
މި ޓްރައަލްއަކީ އޮކްސްފޯޑް، ކެމްބްރިޖް ޔުނިވަސިޓީ، އިމްޕީރިއަލް ކޮލެޖް ލަންޑަން، ޔުނިވަސިޓީ ކޮލެޖް ލަންޑަން، އަދި ކިންގްސް ކޮލެޖް ލަންޑަންގެ ސައިންސްވެރިންގެ މަސައްކަތެވެ.
އެޗްއައިވީއަށް ފަރުވާކުރަން އެހާ އުނދަގުވީ މި ވައިރަސް ސީދާ ދިފާއީ ނިޒާމަށް ހަމަލާދޭތީ އެވެ. މި ވައިރަސް ހަށިގަނޑަށް ވަދެ ޓީ-ސެލްސްގެ ޑީއެންއޭ އަށް ވަދެ އިންނަނީ އެކްޓިވް ނުވެ އަދި މަރުވެސް ނުވެ އެވެ. މިކަމުގެ ސަބަބުން މި ބަލި ވަދެގެން އުޅޭކަމެއް ހަށިގަނޑަކަށް ނޭނގެ އެވެ. ނަމަވެސް ހަށިގަނޑުގައި އިނދެގެން މި ވައިރަސް އިތުރަށް ވައިރަސްތައް އުފައްދައި، ބޮޑު ވައިރަސް ފެކްޓްރީއަކަށް ބަދަލުކޮށްލަ އެވެ. މި ބައްޔަށް މިހާރު ދެމުންދާ ފަރުވާއަކީ އެންޓި-ރެޓްރޮވައިރަލް ތެރަޕީޒް (އާޓް) ކިޔާ ފަރުވާ އެކެވެ. މި ފަރުވާ އަމާޒުކުރެވެނީ ބަލީގެ ވައިރަސް އުފައްދާ ތަނަށް ކަމަށް ވިޔަސް ޓީ-ސެލްއަށް ވަދެފައިވާ ވައިރަސްއެއް ނުހޯދެ އެވެ.
މި އާ ތެރަޕީ ދެ ސްޓޭޖެއްގައި މަސައްކަތް ކުރެ އެވެ. ފުރަތަމަ ކަމަކަށް މި ފަރުވާ ދޭއިރު ކުރާ ކަމަކީ ހަށިގަނޑަށް ވެކްސިން އެއް ފޮނުވާލުމެވެ. އޭރުން ހަށިގަނޑުގައިވާ އެޗްއައިވީ އިންފެކްޓްވެފައިވާ ސެލްތައް ދެނެގަތުމަށް މި ވެކްސިނުން އެހީވާނެ އެވެ.
ލޭގެ ތެރޭގައި އެޗްއައިވީ ވައިރަސް ދައުރުވަނީ
ދެވަނަ ކަމަކަށް އޮންނަނީ މުޅިން އަލަށް ތައްޔާރުކޮށްފައިވާ ބޭހެއް ދިނުމެވެ. ވޮރިނޯސްޓެޓް ނަމަކަށް ކިޔާ މި ބޭސް ދިނުމުން ބަލީގެ ޖަރާސީމު ފުރަތަމަ ވަން ޓީ-ސެލްސް އެކްޓިވޭޓް ވާނެ އެވެ. އޭރުން ދިފާއީ ނިޒާމަށް މި ޓީ-ސެލް ދެނެގަނެވި ހަލާކުކޮށްލެވޭނެ އެވެ.
އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ކޮންސަލްޓަންޓް ފިޒީޝަން ޕްރޮފެސަރު ސާރާ ފިޑްލާ ވިދާޅުވި ގޮތުގައި މި ތެރަޕީ ވަކިން ޚާއްސަގޮތަކަށް ފަރުވާ ކޮށްފައިވަނީ ހަށިގަނޑުގައިވާ އެޗްއައިވީގެ ވައިރަސްތައް މުޅިން ސާފުކުރުމަށެވެ. ހަށިގަނޑަށް ވަދެ މަރުނުވި ނަމަވެސް ހަރަކާތްނުކޮށް އިންނަ ސެލްވެސް ހިމެނޭ ގޮތުގަ އެވެ.
ލެބޯޓްރީގައި ބަރާބަރަށް މި ތެރަޕީ މަސައްކަތްކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށާއި އިންސާނުންނަށް ވެސް ހަމަ އެގޮތަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ. ނަމަވެސް މީގެ ހަގީގީ ތެރަޕީއަކާ ހަމައަށް ދިއުމަށް އަދި ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި ކަމަށް ވެސް ޕްރޮފެސަރު ވިދާޅުވެފައިވެ އެވެ.
މި ތެރަޕީގެ މެޑިކަލް ޓެސްޓްތައް ކުރިއަށް އޮތް ފަސް އަހަރުވެސް ކުރިއަށް ގެންދާނެ ކަމަށާއި އެޗްއައިވީ ޖެހިފައިވާ މީހުން މިހާރު ބޭނުންކުރަމުންދާ ފަރުވާ މިވަގުތު ހުއްޓާނުލުމަށް އޭނާ އެދިވަޑައިގަތެވެ. ނަމަވެސް މުސްތަގްބަލުގައި ނަތީޖާއަށް ބަލައި މިއީ ވެސް ތައްޔާރުކުރެވިދާނެ ބޭހަށް ވެދާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޗްއައިވީގެ 99 ޕަސެންޓް ނެތިކޮށްލާ އާ އެންޓިބޮޑީއެއް
ފަސް މީހެއްގެ ގައިން އެޗްއައިވީ ވައިރަސް ނައްތާލެވިއްޖެ
އެޗްއައިވީ އަށް ވެކްސިނެއް އުފެއްދޭނެ ކަމުގެ އުންމީދެއް
އެޗްއައިވީ ވެކްސިން ޓެސްޓްކުރަން ފަށަނީ
ވެންޓިލޭޓަރުގެ ނަތީޖާ ފެނުނީ ހީކުރި ގޮތަކަށް ނޫން
އެޗްއައިވީ އަށް ވެކްސިނެއްގެ އުންމީދު ބޮޑުވެފައި
އެޗްއައިވީ ސިއްރުކޮށް ދިވެއްސަކު ކައިވެނިތަކެއް ކޮށްފި
ރާއްޖޭގައި މައިންގެ ފަރާތުން އެޗްއައިވީއެއް ނުފެތުރޭ
އެޗްއައިވީ ހުރި މީހެއްގެ ކިޑްނީން ޓްރާންސްޕްލާންޓެއް ހަދައިފި
ރާއްޖޭގައި އެއިޑްސް ބަލި ދަނީ ގިނަވަަމުން: މިނިސްޓްރީ