08 ޖުލައި 2018
މަރު ބައްޔެއް ކަމަށްވާ އެއިޑްސް ޖައްސާ އެޗްއައިވީއާ ދެކޮޅަށް އުފެއްދި ވެކްސިނެއް އިންސާނުންގެ ހަށިގަނޑުގައި ޓެސްޓްކޮށް، އުންމީދީ ނަތީޖާއެއް ލިބިފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
މަރު ބައްޔެއް ކަމަށްވާ އެއިޑްސް ޖައްސާ އެޗްއައިވީއާ ދެކޮޅަށް އުފެއްދި ވެކްސިނެއް އިންސާނުންގެ ހަށިގަނޑުގައި ޓެސްޓްކޮށް، އުންމީދީ ނަތީޖާއެއް ލިބިފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ލާންސިޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުން 393 މީހަކަށް ވެކްސިން ދީފައި ވާއިރު އެ މީހުންގެ ހަށިގަނޑުގައި ވަނީ އެޗްއައިވީއާ ދެކޮޅަށް ދިފާއީ ނިޒާމު މަސައްކަތްކޮށްފަ އެވެ. އަދި މި ވެކްސިން ރާމާމަކުނުގެ ހަށިގަނޑުގައި ޓެސްޓްކުރުމުން، އެޗްއައިޗީއާ ވައްތަރު އެހެން ވައިރަހަކުން މަކުނުތައް ސަލާމަތްކުރެވިފައިވާ ކަމަށް ވެސް ދިރާސާ އިން ދެއްކި އެވެ.
މި ރިޕޯޓްގައި ބުނެފައި ވަނީ މި ވެކްސިނުން އިންސާނުން އެޗްއައިވީން ސަލާމަތްކޮށްދޭތޯ ބަލަން އަދި އިތުރު ޓެސްޓްތައް ކުރަންޖެހޭ ކަމަށެވެ.
އެޗްއައިވީއާ ދެކޮޅަށް ފަރުވާއެއް ހޯދަން ކުރުމުން އަންނަ މަސައްކަތުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިފައި ވިޔަސް މި ބަލި ކޮންޓްރޯލް ނުވެ އަދިވެސް ދަނީ ފެތުރެމުންނެވެ.
މި ބަލިން ސަލާމަތްކޮށްދޭ ވެކްސިނެއް ހޯދުމަށް ސައިންސްވެރިން ކުރަމުން އަންނަ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ މި ވައިރަހުގެ އެކި ސްޓްރެއިންތައް ނުވަތަ ވައްތަރުތައް ހުރުމެވެ. މީގެ ކުރިން އީޖާދުކުރި ބައެއް ވެކްސިންތައް ވެސް ހާއްސަވެފައި ވަނީ ވަކި ވައްތަރެއް ނުވަތަ ދުނިޔޭގެ ވަކި ސަރަހައްދެއްގައި ފެތުރޭ އެޗްއައިވީ ކޭސްތަކަށެވެ.
އެޗްއައިވީ ޖެހިފައިވާ 37 މިލިއަން މީހުން ދުނިޔޭގައި އެބަތިބި ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ. އަދި ކޮންމެ އަހަރަކު މި ވައިރަސް 1.8 މިލިއަން މީހުންނަށް އަލަށް ޖެހެ އެވެ.
އެޗްއައިވީ ވެކްސިން ޓެސްޓްކުރަން ފަށަނީ
އެޗްއައިވީ އަށް ވެކްސިނެއްގެ އުންމީދު ބޮޑުވެފައި
އެޗްއައިވީ ސިއްރުކޮށް ދިވެއްސަކު ކައިވެނިތަކެއް ކޮށްފި
ރާއްޖޭގައި މައިންގެ ފަރާތުން އެޗްއައިވީއެއް ނުފެތުރޭ
އެޗްއައިވީ ހުރި މީހެއްގެ ކިޑްނީން ޓްރާންސްޕްލާންޓެއް ހަދައިފި
ރާއްޖޭގައި އެއިޑްސް ބަލި ދަނީ ގިނަވަަމުން: މިނިސްޓްރީ
އެޗްއައިވީގެ 99 ޕަސެންޓް ނެތިކޮށްލާ އާ އެންޓިބޮޑީއެއް
ފަސް މީހެއްގެ ގައިން އެޗްއައިވީ ވައިރަސް ނައްތާލެވިއްޖެ
ހޮސްޕިޓަލެއްގެ އިހުމާލުން ބަޔަކަށް އެޗްއައިވީ ޖެހިއްޖެ
އެއިޑްސް ހުރިކަން ނޭނގި އެތަައް ދިވެހިންނެއް ތިބެދާނެ