01 ޑިސެމްބަރ 2020
އެއިޑްސް ޖައްސާ އެޗްއައިވީ ވައިރަސް ފަސޭހައިން ފެތުރޭ އާދަތައް ދިވެހިންގެ މެދުގައި އެބަހުރި ކަމަށާއި އެ ބަލި ފެތުރުން ހުއްޓުވަން މިހާރަށް ވުރެ ހަރުދަނާކޮށް މަސައްކަތްކުރަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެއިޑްސް ޖައްސާ އެޗްއައިވީ ވައިރަސް ފަސޭހައިން ފެތުރޭ އާދަތައް ދިވެހިންގެ މެދުގައި އެބަހުރި ކަމަށާއި އެ ބަލި ފެތުރުން ހުއްޓުވަން މިހާރަށް ވުރެ ހަރުދަނާކޮށް މަސައްކަތްކުރަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އެއިޑްސްގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ އެއިޑްސް ފެތުރޭ އާދަތައް ދިވެހިންގެ ތެރެއިން ފެންނައިރު ބަލި ހުއްޓުވަން ވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅުވައިގެން އެއިޑްސް ދުވަސް މި އަހަރު ފާހަގަކުރަނީ "ގްލޯބަލް ސޮލިޑަރިޓީ، ޝެއާޑް ރެސްޕޮންސިބިލިީޓީ" ޝިއާރެއްގެ ގޮތުގައި ކަނޑައަޅައިގެނެވެ.
ނަސީމް ވިދާޅުވީ ރާއްޖޭގައި އެއިޑްސް އާ ދެކޮޅަށް މަސައްކަތް ކުރަނީ ބަލި ޖެހުމުން ލިބޭ ވޭނާއި އާއިލާ އަށް ލިބޭ ނުތަނަވަސްކަން ކުޑަކުރަން ވިސްނައިގެން ކަމަށެވެ. ބަލިން ރައްކާތެރިވާށާއި ބަލީގައި އުޅުމުގައި އެނގެންޖެހޭ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ބައްޔަށް މިހާތަނަށް ފަރުވާއެއް ހޯދިފައެއް ނެތެވެ. ނަމަވެސް އެޗްއައިވީއާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ޓްރީޓްމަންޓް އެކަށީގެންވާ ގޮތަށް ބޭނުންކުރުމުން ބަލި ޖެހިފައިވާ މީހުންނަށް ވެސް ފުރިހަމަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބެއެވެ.
މިނިސްޓަރު ވިދާޅުވީ އެއިޑްސް ފެތުރެން ދިވެހިންގެ ތެރޭގައި ހުރި އާދަތައް ނައްތާލަން އެކަމާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިނގުން ވަރަށް މުހިންމު ކަމަށެވެ.
މި ބައްޔާ ދެކޮޅަށް މިހާރު ވެސް ރާއްޖެއިން ކުރަމުން އަންނަ އެންމެ މުހިއްމު އެއްކަމަކީ އެއިޑްސް ޖެހިފައިވޭތޯ ބަލަން ބޭނުން ކޮންމެ މީހަކަށް ވެސް ފަސޭހަކަމާ އެކު ހިލޭ ޓެސްޓުކޮށްދިނުމެވެ. ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިތުރުން ޖަމިއްޔާތަކުން ވެސް މި ޓެސްޓުކޮށްދެ އެވެ.
ވޭތުވެދިޔަ 36 އަހަރުގެ ތެރޭގައި އެޗްއައިވީ އަށް ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 25 މީހުންނެވެ. އޭގެ ތެރެއިން 12 މީހަކު ވަނީ މަރުވެފަ އެވެ.
އެއިޑްސް އަށް ފަރުވާ ދޭ ތަންތަނުގެ ހިދުމަތް މިހާރަށް ވުރެ ހަރުދަނާ ކުރަން އޭނާ އެދިވަޑައިގަތެވެ. އަދި މި ބައްޔަށް ހިލޭ ޓެސްޓުކުރުމުގެ ހިދުމަތް ލިބޭތީ، އެކަމުގެ ބޭނުންކޮށް ބަލި ނެތް ކަން ކޮންމެ މީހަކު ވެެސް ދެނެގަންނަން އޭނާ އިލްތިމާސްކުރެއްވި އެވެ.
އެއިޑްސް ހުރިކަން ނޭނގި އެތަައް ދިވެހިންނެއް ތިބެދާނެ
ތިން އަހަރުގެ ތެރޭގައި ހަ މީހަކަށް އެއިޑްސް ޖެހުނު
ދިވެހިންގެ އެވްރެޖް އުމުރު 80 އަށް މަތިކުރެވިއްޖެ
އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތުގެ ގައުމީ ޕްލޭނެއް
އެއިޑްސް:ދިރިއުޅުމުގެ ވައްޓަފާޅިން ދިފާއީ ނިޒާމު ބަލިވޭ
"ހަކުރު ބަލީގެ ގިނަ ބަޔަކު ދެނެނުގަނެވި އެބަތިބި"
ރަށްރަށަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެ ގެނެސްފި
ތިނަދޫ ޓާޝަރީ ހޮސްޕިޓަލް އަޅަން ލޯނު ހަމަޖެހިއްޖެ
ތިނަދު އަށް ފޮނުވާ ޑޮކްޓަރުން ފިލާ މައްސަލަ ބޮޑުވެއްޖެ
އެޗްއައިވީ ޖެހިފައި ތިބި ދިވެހިންގެ އަދަދަކީ 22