10 ޑިސެމްބަރ 2022
އެއިޑްސް ބައްޔާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އަމަލުކުރާނެ ގޮތުގެ ގައުމީ ޕްލޭނެއް އިއްޔެ އިފުތިތާހުކޮށްފި އެވެ.
އެއިޑްސް ބައްޔާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އަމަލުކުރާނެ ގޮތުގެ ގައުމީ ޕްލޭނެއް އިއްޔެ އިފުތިތާހުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ އެއިޑްސް ދުވަސް ރަސްމީކޮށް ފާހަގަކުރުމުގެ ގޮތުން ގއ. ވިލިނގިލިގައި ބޭއްވި ރަސްމިއްޔާތުގައި "އެޗްއައިވީ، ހެޕަޓައިޓިސް އަދި އެސްޓީއައިގެ ނޭޝަނަލް ސްޓްރެޓެޖިކް ޕްލޭން" އިފްތިތާހު ކޮށްފައިވާ ކަމަށެވެ. އެ ޕްލޭން އިފުތިތާހު ކޮށްދެވީ ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ އެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ބައިވެރިވެވަޑައިގަތެވެ.
އެޗް.އައި.ވީ، ހެޕަޓައިޓިސް އަދި އެސް.ޓީ.އައި ގެ ނޭޝަނަލް ސްޓްރެޓެޖިކް ޕްލޭން، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުޞްޠަފާ ލުޠުފީ ލޯންޗްކޮށް ދެއްވައިފި pic.twitter.com/go5BpEzMnt
— Ministry of Health (@MoHmv) December 9, 2022
އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތުގެ ގައުމީ ޕްލޭނަކީ ރާއްޖޭގައި އެޗްއައިވީ، ހެޕަޓައަޓިސް އަދި ޖިންސީ ގުޅުމުން އަރާ އެހެން ބަލިތައް ކޮންޓްރޯލްކޮށް ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ކުރާނެ މަސައްކަތްތައް ކަނޑައެޅުމުގެ ގޮތުން، ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި ހާއްސަ ޕްލޭނެކެވެ.
މި އަހަރުގެ އެއިޑްސް ދުވަހާ ގުޅިގެން، މި މަހުގެ 5-12 އަށް ވިލިނގިއްޔާއި އެ އަތޮޅު ދާންދޫ އަދި ގެމަނަފުށީގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އެ ހަރަކާތްތައް ބާއްވަނީ ޑަބްލިޔުއެޗްއޯ އާއި ޔުނިސެފް އަދި ސާކް ޑިވަލޮޕްމެންޓް ފަންޑުގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ދުނިޔޭގެ އެއިޑްސް ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހެވެ. އެއިޑްސް ބަލީގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް، ރާއްޖޭގައި މި ދުވަސް ކޮންމެ އަހަރަކު ވެސް އަންނަނީ ފާހަގަކުރަމުންނެވެ.
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ އޭޑްސް ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ، މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ އޭޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، pic.twitter.com/ZQTUYHWkIk
— Ministry of Health (@MoHmv) December 9, 2022
• ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީން 25 ބައިވެރިން ހިމެނޭ ގޮތަށް، ތިން ދުވަހުގެ މުއްދަތަށް މި މަހު ޕީއަ އެޑިއުކޭޓަސް ޓްރޭނިންއެއް ބޭއްވި. އަދި އެ ޓްރޭނިންއަށް ފަހު ތިން ރަށުގައި ވެސް ޕިއާ އެޑިއުކޭޓާސް އައުޓް ރީޗް ޕްރޮގްރާމެއް ވެސް ބޭއްވި.
• ގއ. އަތޮޅު ހޮސްޕިޓަލާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން ގުޅިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހެލްތު ސްކްރީނިން އަންނަނީ ބާއްވަމުން.
• ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީގެ ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން "ކްލިނިކަލް މެނޭޖްމަންޓް ސެޝަން އޮން އެޗްއައިވީ، ވައިރަލް ހެޕަޓައިޓިސް (ހެޕަޓައިޓިސް ބީ އަދި ސީ) އަދި އެސްޓީއައިގެ ނަމުގައި އެއް ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ބޭއްވި.
• އައިޖީއެމްއެޗުގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ތިން ރަށުގައި ވެސް ހަމަޖައްސައިދީފައިވޭ.
މިނިސްޓްރީން ބުނީ އެ ރަށްރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިކންނަށް ހާއްސަކޮށްގެން ވެސް ހާއްސަ ހަރަކާތްތަކެއް ބާއްވަމުން އަންނަ ކަމަށެވެ. ބިދޭސީންނަށް ހާއްސަކޮށްގެން ހިންގާ ފެއާއެއްގައި އެކި ބަސްބަހުން ސިއްހީ މައުލޫމާތު ހިއްސާކުރުމާއި ބަލިތަކަށް ސްކްރީން ކުރުމާއި އަދި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދީފައި އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ
"ހަކުރު ބަލީގެ ގިނަ ބަޔަކު ދެނެނުގަނެވި އެބަތިބި"
ކޮވިޑްގެ ވޭރިއަންޓް ދެނެގަންނަ ފެސިލިޓީއެއް ހަދައިފި
ޑަބްލިއުއެޗްއޯ އިން 19،500 ޓެސްޓްކިޓް ހަދިޔާކޮށްފި
ލުއި ނުދެވެނީ ވެކްސިން ފުރިހަމަ ނުވާތީ: ނަސީމް
މިޝްކާގެ މަރުގެ ތަހުގީގީ ރިޕޯޓު ނުނެރުވުނު!
ސިއްހީ ނުރައްކަލުގެ ހާލަތު އަންނަ މަހާ ހަމައަށް ދަންމާލައިފި
"މިޝްކާގެ މަރުގެ ތަހުގީގު ނިމިއްޖެ، ރިޕޯޓު ހާމަކުރާނަން"
އޮގަސްޓް މަހުގެ ނިޔަލަށް 700،000 ޑޯޒް ހަމަވާނެ
މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ