19 ސެޕްޓެމްބަރ 2022
ކޮވިޑްގެ ވޭރިއަންޓްތައް ދެނެގަންނަން ހަދާ "ޖީން ސީކުއެންސިން ޓެސްޓް" ކުރެވޭ ފެސިލީޓީއެއް، އެމެރިކާގެ އެހީގައި ރާއްޖޭގައި ހަދައިފި އެވެ.
ކޮވިޑްގެ ވޭރިއަންޓްތައް ދެނެގަންނަން ހަދާ "ޖީން ސީކުއެންސިން ޓެސްޓް" ކުރެވޭ ފެސިލީޓީއެއް، އެމެރިކާގެ އެހީގައި ރާއްޖޭގައި ހަދައިފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ފެސިލިޓީ ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފަ އެވެ.
އެ ފެސިލިޓީ ހެދީ ޔޫއެސްއެއިޑުން ހަދިޔާކުރި 89،937 ޑޮލަރު (1.4 މިލިއަން ރުފިޔާ)ގެ ހިލޭ އެހީގެ ދަށުންނެވެ. އެ ފެސިލީޓީ ހުންނަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ދަށުން ހިންގާ ނެޝެނަލް ހެލްތު ލެބޯޓްރީ (އެންއެޗްއެލް)ގަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އެ ފެސިލިޓީއާ ހަވާލުވެވަޑައިގަތުމަށް ފަހު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް، ހާއްސަ ކޮވިޑް-19 މެނޭޖުކުރުމަށް ޔޫއެސްއެއިޑްގެ ފަރާތުން އަބަދުވެސް އެހީތެރިކަން ލިބޭ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
Handover of the establishment of Gene sequencing facility at NHL, from @USAID.
— Ministry of Health (@MoHmv) September 19, 2022
Today’s Donation worth USD89,937.64, will help us establish Gene sequencing facility in Maldives, establishment of Gene sequencing is crucial in our efforts to tackle Covid19 pandemic. pic.twitter.com/RVQo65UaJe
"މި ފެސިލިޓީއަކީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ލިބުނު ވަރަށް ބޮޑު އެހީއެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫއެސްއެއިޑްގެ ގަވަނެންސް އެންޑް ވަލްނަރަބަލް ޕޮޕިއުލޭޝަން އޮފީހުގެ ޑައިރެކްޓަރު ކެވިން ޑީން ވިދާޅުވީ ކޮވިޑްގެ ވޭރިއަންޓްތައް ރާއްޖޭގައި ދައުރުވާ ވަރު ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ އެ ފެސިލިޓީގައި، ލެބޯޓްރީއަކަށް ބޭނުންވާ 100 އަށް ވުރެ ގިނަ އާލާތްތައް ހުންނާނެ ކަމަށެވެ. އަދި އެ ލެބޯރެޓަރީ އަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވި އެވެ.
"ލެބޯޓްރީ އަށް ބޭނުންވާ ހުރިހާ ސާމާނު ހަމަވެ، މިހާރު ހުރީ ބޭނުންކުރަން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އަމިއްލަ ބައެއް ކްލިނިކްތަކުން ޖީން ސީކުއެންސިން ޓެސްޓް ހެދުނަސް މީގެ ކުރިން ސަރުކާރުން ކޮވިޑްގެ ޖީން ސީކުއެންސިން ޓެސްޓް ހަދަމުން އައީ ސާމްޕަލްތައް އިންޑިއާ އަށް ފޮނުވައިގެންނެވެ. އަދި އޭގެ ނަތީޖާ ލިބެން ދެ ހަފުތާވަރު ހޭދަވެ އެވެ.
Handover of the establishment of Gene sequencing facility at NHL, from @USAID @WHOMaldives @fhi360 pic.twitter.com/u5KUejgpf6
— Ministry of Health (@MoHmv) September 19, 2022
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ޔޫއެސްއެއިޑް މެދުވެރިކޮށް އެމެރިކާ އިން ރާއްޖެ އަށް ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެހީ ދީފައިވެ އެވެ. މި އަހަރުގެ ކުރީކޮޅު ފައިޒާ ވެކްސިންގެ 400،000 ވުރެ ގިނަ ޑޯޒް ހަދިޔާކުރި އެވެ. މިދިޔަ ޖޫން މަހު ފައިޒާގެ އިތުރު 100،000 ޑޯޒް ހަދިޔާކޮށްފައިވާއިރު، މިދިޔަ މަހު ވެސް 99،000 ޑޯޒް ވެކްސިން ދިނެވެ. އޭގެ އިތުރުން، ހަތް މިލިއަން ޑޮލަރުގެ އެހީ އާއި 60 ވެންޓިލޭޓަރާއި ޕީޕީއީ ވެސް އެ ގައުމުން ހަދިޔާކުރި އެވެ.
ކޮވިޑްގެ ޖީން ސީކުއެންސިން ޓެސްޓް ހެދޭ ފެސިލިޓީއެއް ހުޅުވިއިރު، ރާއްޖޭގައި މިހާރު ކޮވިޑް ޖެހޭ މީހުން އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ
އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތުގެ ގައުމީ ޕްލޭނެއް
"ހަކުރު ބަލީގެ ގިނަ ބަޔަކު ދެނެނުގަނެވި އެބަތިބި"
ޑަބްލިއުއެޗްއޯ އިން 19،500 ޓެސްޓްކިޓް ހަދިޔާކޮށްފި
ލުއި ނުދެވެނީ ވެކްސިން ފުރިހަމަ ނުވާތީ: ނަސީމް
މިޝްކާގެ މަރުގެ ތަހުގީގީ ރިޕޯޓު ނުނެރުވުނު!
ސިއްހީ ނުރައްކަލުގެ ހާލަތު އަންނަ މަހާ ހަމައަށް ދަންމާލައިފި
"މިޝްކާގެ މަރުގެ ތަހުގީގު ނިމިއްޖެ، ރިޕޯޓު ހާމަކުރާނަން"
އޮގަސްޓް މަހުގެ ނިޔަލަށް 700،000 ޑޯޒް ހަމަވާނެ
މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ