Roadha Mihaaru
އިންޑިއާގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

އިންޑިއާގެ އާ ސަފީރުގެ މަގާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

05 މާޗް 2019

އިންޑިއާ އިިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ސަންޖޭ ސުދިރް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާ އިިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ސަންޖޭ ސުދިރް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

ރައީސް އޮފީހުން ބުނީ، މަގާމުގެ ފަތްކޮޅު އެރުއްވުމަށް ފަހު، އެ ދެ ބޭފުޅުން ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރާއްޖޭން އިންޑިއާ އަށް ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ބައިނަލްއަގްވާމީ މަސްރަހާއި ސަރަހައްދީ ކަންކަމުގައި ދެ ގައުމު އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލައްވައިފަ އެވެ.

އިންޑިއާއިން ރާއްޖެ ކަނޑައެޅި އާ ސަފީރު ސަންޖޭ، ރައީސް އިބްރާހިމް ސޯލިހަށް މަގާމުގެ ފަތްކޮޅު މިއަދު އަރުއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އިންޑިއާއިން ރާއްޖެ ކަނޑައެޅި އާ ސަފީރު ސަންޖޭ، ރައީސް އިބްރާހިމް ސޯލިހަށް މަގާމުގެ ފަތްކޮޅު މިއަދު އަރުއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ އާ ސަފީރުގެ ދެއްކެވި ވާހަކައިގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެ ގައުމުގެ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވަނީ ދެ ގައުމުގެ ހިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ކުރިން ހުންނެވި ސަފީރަކީ އަކިލޭޝް މިޝްރާ އެވެ. އޭނާ ވަނީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އިންޑިއާއިން ރާއްޖެ ކަނޑައެޅި އާ ސަފީރު (ކ-2) ސަންޖޭ އަދި އިންޑިއާގެ އެމްބަސީގެ އިސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އިންޑިއާއިން ރާއްޖެ ކަނޑައެޅި އާ ސަފީރު (ކ-2) ސަންޖޭ އަދި އިންޑިއާގެ އެމްބަސީގެ އިސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އަށް ކަނޑައެޅި އިންޑިއާގެ އާ ސަފީރު ކުރިން ހުންނެވީ އެ ގައުމުގެ މިނިސްޓްރީ އޮފް ޕެޓްރޯލިއަމް އެެންޑް ގޭސް ގެ ޖޮއިންޓް ސެކްރެޓަރީ އިންޓަނޭޝަނަލް ކޯޕަރޭޝަން ގެ މަގާމުގަ އެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަވާ އިންޑިއާގެ ކޮންސުލް ޖެނެރަލްގެ މަގާމު ވެސް ކުރިން އަދާކުރައްވައިފަ އެވެ.