05 މާޗް 2019
ފުލުހުންގެ މުއައްސަސާ ރިފޯމްކޮށް އެ މުއައްސަސާއަށް ބަދަލުތައް ގެނައުމުގެ މަހާސިންތާ މިއަދު ފަށައިފި އެވެ.
ފުލުހުންގެ މުއައްސަސާ ރިފޯމްކޮށް އެ މުއައްސަސާއަށް ބަދަލުތައް ގެނައުމުގެ މަހާސިންތާ މިއަދު ފަށައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބޭއްވި މަހާސިިންތާ ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ޕޮލިސް ރިފޯމްކުރުމުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާ ރިފޯމްކޮށް ނިމުމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އާއްމުންގެ މޫނުތަކުން އުފާވެރިކަން ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ފާގަތިކަމަށްޓަކައި ހަރުދަނާކުރަން ހުރި އެންމެ މުހިއްމު ތަނަކީ ފުލުހުންގެ މުއައްސަސާ ކަމަށެވެ. އަދި ހިމާޔަތާއި ހައްގުތައް ކަށަވަރުވެގެން ދަނީ ފުލުހުންގެ މުއައްސަސާ ހަރުދަނާވުމުން ކަމަށް ވެސް ވިދާޅުވި އެވެ.
ޕޮލިސް ރިފޯމްކުރުމުގެ މަހާސިންތާގައި އެކްޓިން ޕޮލިސް ކޮމިޝަނަރު ހަމީދު ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ބަދަލުވަމުންދާ ކުށުގެ މާހައުލެއްގައި ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތްކުރުމާއި ހައްގުތައް ނެގެހެއްޓުމުގެ ސިފަ އެންމެ އެކަށީގެންވާ މިންވަރަށް ފުލުހުންގެ ކިބައިގައި ނެތް ކަމަށެވެ. އަދި ފުލުހުން ހިދުމަތް ދިނުމުގައި މުޖުތަމައުގެ ފަރާތުން ހޯދަން ޖެހޭ ރުހުން ރުހުން ހޯދަން އެންމެ ފުރިހަމައަށް މަސައްކަތް ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
"ފުލުހުންނަށް ލެޖިޓިމަސީ ލިބިގެންދަނީ، ފުލުހުން އެބަޔަކަށްޓަކައި ހިދުމަތުގައި ދެމިތިބޭ ރައްޔިތުން ފުލުހުން ކުރާ މަސައްކަތް އަދި ފުލުހުންނަށް އިތުބާރު ކުރެވިގެން. މި އިތުބާރުގެ ތެރެއިން ގާނޫނާ ހިލާފުވުން މަދުވުމާއި ފުލުހުންނަށް އެއްބާރުލުން ދެއްވާ މިންވަރު އިތުރުވުމަށް މަގުކޮށައިދޭ. އަދި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު ރައްޔިތުންގެ ކިބައިގައި އާލާވެ ފުލުހުންގެ މަސައްކަތަށް ފަސޭހަވެގެންދޭ،" ހަމީދު ވިދާޅުވި އެވެ.
ޕޮލިސް ރިފޯމްކުރުމުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވާ ފުލުހުންގެ އޮފިސަރުންތަކެއް -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އޭނާ ވިދާޅުވީ އިތުބާރު ހޯދުމުގައި ފުލުހުންގެ އެކި ފެންވަރުގައި ނިންމުންތައް ނިންމާއިރު އިންސާފުވެރިވުމާއި އިހުތިރާމާ އެކު ރައްޔިތުންނަށް ކަމޭހިތުން މުހިއްމު ކަމަށެވެ. އޭގެ އިތުރުން ފުލުހުންނަކީ ރައްޔިތުން ހަވާލުކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތަށް ޖަވާބުދާރީވާން ޖެހޭ ބައެއްކަން ހެޔޮ ހިތުން ގަބޫލުކޮށް ގާނޫނީ އިމުގެ ތެރެއިން ހަމަހަމަކަމާ އެކު މަސައްކަތްކުރަން ޖެހޭ ބައެއްކަން ގަބޫލު ވެސް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަން ޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފުލުހުންގެ މުއައްސަސާ ބޭނުންކުރީ ސިޔާސީ މަގުސަދުތައް ހާސިލްކުރަން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. އެހެންވެ އެކަން ބަދަލުކޮށް ފުލުހުންގެ މުއައްސަސާ ރިފޯމުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ޕޮލިސް ރިފޯމުކުރަން އެކި ފޯރަމްތައް ބާއްވަމުން އަންނައިރު، އެ ތަންތަނުން ލިބޭ މައުލޫމާތާ އެކީގައި ޕޮލިސްގެ ސްޓްރެޓީޖިކް ޕްލޭން ލޯންޗުކުރަން ހަމަޖައްސާފައިވަނީ ފުލުހުންގެ އަހަރީ ދުވަސް ކަމަށް ވާ އަންނަ މާޗު 29 ގަ އެވެ.
މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު އިންޑިއާ އަށް
ޓޫރިސްޓް ހައްޔަރުކުރީ ވަަރަށް ގޯސްކޮށެއް ނޫން: އިމްރާން
އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން ވިސްނުމެއް ނެތް
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
ހިދުމަތް ރަނގަޅު ކުރަން ފުލުހުންގެ ބޮޑު ކޮންފަރެންސެއް
އެއްޖިންސުން ގުޅުންހިންގި މައްސަލަ: އިމްރާންގެ ރައްދެއް
ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި
ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ފަށައިފި
ބޯޑުގެ ނިންމުން: އޮފިސަރުން ދެކެނީ ޓާގެޓެއް ކަމަށް
ލާދީނީ އަދި ހަރުކަށި އަމަލުތަކާ މެދު މަޝްވަރާކޮށްފި