26 ފެބުރުއަރީ 2019
ހެނޮއި (ފެބްރުއަރީ 26) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވިއެޓްނާމުގައި މާދަމާ ފަށާ ސަމިޓަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން މިއަދު އެ ގައުމަށް ވަޑައިގެންފި އެވެ.
ހެނޮއި (ފެބްރުއަރީ 26) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވިއެޓްނާމުގައި މާދަމާ ފަށާ ސަމިޓަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން މިއަދު އެ ގައުމަށް ވަޑައިގެންފި އެވެ.
ކިމް ވިއެޓްނާމަށް ވަޑައިގެންނެވީ އަސްކަރީ ރޭލުގައި ގާތްގަނޑަކަށް ދެ ދުވަހާއި ބައި ހޭދަ ކުރެއްވުމަށް ފަހު އެވެ. ވިއެޓްނާމުގެ ބޯޑަރުގައިވާ ސްޓޭޝަނަށް ރޭލުގައި ވަޑައިގަތުމާ އެކު ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފަ އެވެ. އަދި ގާޑް އޮފް އޮނާއެއް އެރުވުމަށް ފަހު ނޯތު ކޮރެއާ އާއި ވިއެޓްނާމުގެ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ. ކިމް ދަތުރު ކުރައްވަނީ ލަގްޒަރީ ރޭލެއްގަ އެވެ. އެ ރޭލް ހަދާފައި ވަނީ ވަޒަން ނާރާ ގޮތަށެވެ.
ބޯޑަރަށް ވަޑައިގަތުމުން ކިމް އަށް ވިއެޓްނާމުގެ އޮފިޝަލުން މަރުހަބާ ދަންނަވަނީ. ---ފޮޓޯ:ރޮއިޓާސް
މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ފަހު ކިމް ދެން ވަޑައިގެންނެވީ ލިމޮސީންގައި ވެރިރަށް ހެނޮއީ އަށެވެ. ސްޓޭޝަނުން ކާރު ނައްޓާލުމާ އެކު ކާރާ އެއްވަރަށް ބޮޑީގާޑުން ވެސް މަޑު ދުވުމެއްގައި ދިޔަ އެވެ. ކިމް ކާރުގައި ދަތުރު ކުރައްވާ 170 ކިލޯ މީޓަރުގެ ދިގު މަގު ވަނީ ބަންދުކޮށްފަ އެވެ.
ކިމްގެ ކާރާ އެއްވަރަށް ބޮޑީގާޑުން ދުވެފައި ދަނީ. --ފޮޓޯ:ރޮއިޓާސް
ވިއެޓްނާމުން ބުނެފައި ވަނީ ކިމް އަށް ފުރިހަމަ ސެކިއުރިޓީ ދޭނެ ކަމަށެވެ. ހެނޮއީގައި ކިމް ހުންނެވުމަށް ހަމަޖެހިފައި ވަނީ މެލިއާ ހޮޓެލްގަ އެވެ. ސަމިޓް ބާއްވާނީ މެޓްރޮޕޯލް ހޮޓެލްގަ އެވެ. ސިފައިންނާއި ފުލުހުން ވަނީ ދެ ހޮޓާ ހުރި ސަރަހައްދުގައި ވަރަށް ވަރުގަދަ އަށް ސަލާމަތީ ކަންކަން ބަލަހައްޓަން ފަށައިފަ އެވެ.
ކިމްގެ މޮޓޯކޭޑް މެލިއާ ހޮޓަލަށް ދަތުރު ކުރަނީ. --ފޮޓޯ:ރޮއިޓާސް
ޓްރަމްޕް ވަޑައިގަތުުމުގެ ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މިހާރު ހުންނެވީ ވިއެޓްނާމުގަ އެވެ. ޓްރަމްޕް ދަތުރު ކުރައްވާ އެއާ ފޯސް ވަން މިހާރު ވަނީ މެރީލެންޑުގެ އެންޑްރޫސް އެއާފޯސް ބޭސް އިން ފުރައިފަ އެވެ. އެ ބޯޓު ވިއެޓްނާމުގައި ޖައްސާނީ މިރޭގެ ވަގުތެއްގަ އެވެ.
ޓްރަމްޕާއި ކިމް ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ސިންގަރޫގައި ވެސް ބައްދަލު ކުރައްވައިފަ އެވެ.
ކިމް ޖޮން-އުންއާ ވައްތަރު މީހާ ވިއެޓްނާމުން ޑިޕޯޓްކޮށްލައިފި
ނިއުކްލިއާ ހަތިޔާރުން ރައްދު ދޭން ކިމް ފަހެއް ނުޖެހޭނެ
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
ރައީސް ކިމްގެ ދަރިކަނބަލުން ވެރިކަމަށް ފައްކާކުރަނީ
ކޮރެއާއާއެކު ސުލްހަޔަށް މަސައްކަތްކުރަން ބޭނުން: ޗައިނާ
ކޮވިޑް ފެނުމުން އުތުރު ކޮރެއާ ފުރަބަންދު ކޮށްފި