Roadha Mihaaru
ރައީސް ކިމްގެ ދަރިކަނބަލުން ވެރިކަމަށް ފައްކާކުރަނީ

ރައީސް ކިމްގެ ދަރިކަނބަލުން ވެރިކަމަށް އަހުލުވެރި ކުރަނީ

09 ފެބުރުއަރީ 2023

އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން، އޭނާގެ ހަގު ދަރިކަނބަލުން ޖޫ އާއެ އާއެކުގައި، އަސްކަރީ ހަފްލާއަކަށް އިއްޔެ ވަޑައިގެން، ސިފައިންގެ އިސް ޖެނެރަލުންނަށް ދަރިކަނބަލުން ތައާރަފްކޮށް އެރުވުމާ ގުޅިގެން، އާންމުންގެ މެދުގަޔާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި އެކަމާ ސުވާލު އުފައްދަން ފަށައިފި އެވެ.

ރައީސް ކިމް މީގެ ކުރިން ވެސް ވަނީ ސަރުކާރުގެ މުހިންމު ހަފްލާތަކުގައި އާއިލާގެ ބައެއް ބޭފުޅުން ބައިވެރި ކުރައްވައިފަ އެވެ. ނަމަވެސް، އެފަދަ ގިނަ ކަންކަން ނިމިގެން ދަނީ އާންމުންނަށް އެކަމުގެ މާ ގިނަ މައުލޫމާތެއް ނުލިބި، ފަރުދާގެ ފުރަގަހުގަ އެވެ.

ފެބްރުއަރީ 8، 2023؛ އުތުރު ކޮރެއާގެ ސިފައިންގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން، އޭނާގެ ހަގު ދަރިކަނބަލުން ޖޫ އައިއާ އެކުގައި ބައިވެރިވެވަޑައިގަންނަވަނީ. ---އޭއެފްޕީ

މިފަހަރުގެ ހަފްލާއާ މެދު ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ، އެ ހަފްލާގައި ދަރިކަނބަލުން ބައިވެރިކުރެއްވުމާ އެކު، އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީ މެދުވެރިކޮށް އެ މަންޒަރުތަކާއި ވީޑިއޯތައް އާންމުކުރުމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި މިއީ، އެ ގައުމުގައި އޮތް އާއިލީ ވެރިކަމުގެ ދެން އޮތް ޖީލުގެ ވެރިކަމަށް އާ ބޭފުޅަކު ފައްކާކުރުމުގެ ކޮޅުމައްޗެވެ.

ހަރު ދަރިކަނބަލުން ޖޫ އާއެގެ އަތުގައި ހިއްޕަވައިގެން އަނބިކަނބަލުން ރީ ސޯލް-ޖޫއާ އެކުގައި، ސިފައިންގެ 75 އަހަރީ ހަފްލާއަށް ވަޑައިގެންނެވި އިރު އެ ދަރިކަނބަލުންގެ އުމުރަކީ އެންމެ ނުވަ އަހަރެވެ. ގިނަ ބަޔަކަށް އެންމެ ފާހަގަކުރެވުނު ކަމަކީ، ސިފައިންގެ އިސް ޖެނެރަލުންނަށް، ރައީސް ކިމް އޭނާގެ ދަރިކަނބަލުން ތައާރަފްކޮށް އެރުވުމުގެ ފަހަތުގައިވާ މެސެޖެވެ.

ފެބްރުއަރީ 8، 2023؛ އުތުރު ކޮރެއާގެ ސިފައިންގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން، އޭނާގެ ހަގު ދަރިކަނބަލުން ޖޫ އައިއާ އެކުގައި ބައިވެރިވެވަޑައިގަންނަވަނީ. ---އޭއެފްޕީ

ފެބްރުއަރީ 8، 2023؛ އުތުރު ކޮރެއާގެ ސިފައިންގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން، އޭނާގެ ހަގު ދަރިކަނބަލުން ޖޫ އައިއާ އެކުގައި ބައިވެރިވެވަޑައިގަންނަވަނީ. ---އޭއެފްޕީ

އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ރައީސް ކިމް އޭނާގެ ދަރިކަނބަލުން އެ ހަފްލާ އަށް ހާޒިރުކުރެއްވުމަކީ، ސިފައިންގެ އިސް ވެރިން އެތައް ދުވަހަކުންސުރެ އިންތިޒާރު ކުރަމުން އައި ކަމެކެވެ. ވެރިކަމުގެ އެންމެހައި ކަންކަމުގައި ސިފައިންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮންނަ އުތުރު ކޮރެއާގައި، މިހާރުގެ ރައީސް ކިމް އަށް ފަހުގައި ދެން ވެރިކަމަށް ވަޑައިގަންނަވާނީ، ދަރިކަނބަލުން ޖޫ އާއެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

އެ ބުނުންތަކަށް ބާރު ލިބިދޭ ސަބަބަކީ، އެ ގައުމުގެ އެންމެ މުހިންމު ކަންކަމުގައި ރައީސް ކިމް ބައިވެރިވެވަޑައިގަންނަވާ އިރު، ދަރިކަނބަލުން ޖޫ އާއެ ވެސް އެ ކަންކަމުގައި ބައިވެރި ކުރައްވާތީ އެވެ. އެކަން އެންމެ ފުރަތަމަ ފެށިގެން އައީ، އުތުރު ކޮރެއާގައި އުފެއްދި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްގެ އަޖުމަބެލުމުގެ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި، އެމިސައިލް އުދުއްސައިލި ރަސްމިއްޔާތުންނެވެ.

ފެބްރުއަރީ 8، 2023؛ އުތުރު ކޮރެއާގެ ސިފައިންގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން، އޭނާގެ ހަގު ދަރިކަނބަލުން ޖޫ އައިއާ އެކުގައި ބައިވެރިވެވަޑައިގަންނަވަނީ. ---އޭއެފްޕީ

ފެބްރުއަރީ 8، 2023؛ އުތުރު ކޮރެއާގެ ސިފައިންގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން، އޭނާގެ ހަގު ދަރިކަނބަލުން ޖޫ އައިއާ އެކުގައި ބައިވެރިވެވަޑައިގަންނަވަނީ. ---އޭއެފްޕީ

އެ ފަހަރު ވެސް އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ވަނީ، އެ ރަސްމިއްޔާތުގެ ފޮޓޯތަކާއި ވީޑިއޯ އާންމުކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ކިމް ވަނީ، އެ ދުވަހު އަޖުމަބެލި ބެލިސްޓިކް މިސައިލާ ބެހޭ ގޮތުން، ދަރިކަނބަލުންނަށް މައުލޫމާތު ދެއްވައިފަ އެވެ.

ރައީސް ކިމްގެ އާއިލީ ވެރިކަން އުތުރު ކޮރެއާގައި ފެށުނީ 1948 ވަނަ އަހަރު އެވެ. ދެ ވަނަ ބޮޑު ހަނގުރާމަ ނިމުމާ އެކު އެ ގައުމުގެ ވެރިކަމަށް އިސް ކުރެވުނީ ރައީސް ކިމް އިލް ސުންގް އެވެ. އޭނާ 1994 ވަނަ އަހަރު އަވަހާރަވުމާ އެކު ދެން ވެރިކަމަށް އިސްކުރެވުނީ އޭނާގެ ދަރިކަލުން ކިމް ޖޮންގް އިލް އެވެ.

އޭގެ 17 އަހަރު ފަހުން، ޑިސެމްބަރު 2011 ގައި ރައީސް ކިމް ޖޮންގް އިލް އަވަހާރަވުމާ އެކު، އުތުރު ކޮރެއާގެ ވެރިކަމަށް އިސް ކުރެވުނީ، އޭނާގެ ދަރިކަލުން އަދި މިހާރުގެ ރައީސް ކިމް ޖޮންގް އުން އެވެ.