17 ފެބުރުއަރީ 2019
ބޮޑު ހިޔާނާތުން އެމްއެމްޕީއާރްސީން ވަގަށް ނަގާފައިވާ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރީ ޗެކުތައް އެންޑޯސްކޮށްފައި ހުރުމުން ކަމަށާއި އެސްއޯއެފް އެކައުންޓުގެ މުއާމަލާތްތައް ދިޔައީ ރިޕޯޓް ކުރަމުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.
ބޮޑު ހިޔާނާތުން އެމްއެމްޕީއާރްސީން ވަގަށް ނަގާފައިވާ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރީ ޗެކުތައް އެންޑޯސްކޮށްފައި ހުރުމުން ކަމަށާއި އެސްއޯއެފް އެކައުންޓުގެ މުއާމަލާތްތައް ދިޔައީ ރިޕޯޓް ކުރަމުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ 700 ސޮފްހާގެ ރިޕޯޓް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުރާސްފަތި ދުވަހު ނެރުމާއެކު ހިޔާނާތް ހިންގާފައި ވަނީ ބީއެމްއެލް ބައިވެރިވެގެން ކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ ފާޑުކިޔަމުންނެވެ.
އެގޮތުން އެމްއެމްޕީއާރްސީ އަށް ލިބެންޖެހޭ ފައިސާގެ ޗެކުތައް އެސްއޯއެފް އެކައުންޓަށް ސުވާލެއް ނެތި ޖަމާ ކުރުމާއި ވަގަށް ނެގި ފައިސާ އެސްއޯއެފުން އެކި މީހުންނަށް ޓްރާންސްފާ ކުރިއިރު ބޭންކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ. ބޭންކުން އަމަލުކޮށްފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ބޭންކަށް އަމާޒުވެފައިވާ ތުހުމަތުތަކަށް ރައްދުދީ މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ "ބޭންކު ތެރެއިން މި މުއާމަލާތް ހިނގާފައި ވަނީ ކޮން އުސޫލަކުންކަން ބަޔާންކޮށް ނުދޭހާ ހިނދަކު މިގޮތަށް ވާހަކަ ދެކެވޭނެ ކަމަށް" ބީއެމްއެލުން ގަބޫލު ކުރާ ކަމަށެވެ.
ބީއެމްއެލުން ބުނެފައި ވަނީ އެސްއޯއެފް އެކައުންޓަށް ޗެކުތައް ޖަމާކޮށްފައި ވަނީ އެމްއެމްޕީއާރްސީން އެ ޗެކުތައް އެންޑޯސް ކޮށްފައިވާތީ ކަމަށެވެ. އަދި އެންޑޯސް ކޮށްފައިވާ ޗެކު ބަލައިގަތުން ހުއްޓާލަންދެން ފެބްރުއަރީ 2016 އާ ހަމައަށް އަމަލު ކުރަމުން ދިޔައީ އެގޮތަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
"... ފެށުނީއްސުރެ ބޭންކުން އަމަލު ކުރަމުން އައީ މިގޮތަށް. އެސްއޯއެފް އެކައުންޓަށް ޖަމާކުރެވުނު ޗެކުތައް ވެސް ޖަމާކޮށްފައި ވަނީ މި އުސޫލުގެ ދަށުން ގާނޫނުތަކާއި ބޭންކުން އަމަލުކުރަމުން އައި ޕްރޮސީޖާތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި ތަފާތު ކުރުމެއް ނެތި،" ބީއެމްއެލުން ބުނެފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ފައިސާ ލިބެންޖެހޭ ޗެކުތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި އެމްއެމްޕީއާރްސީގެ ސޮއި އެކަނި ލިބިގެންނެވެ. ނަމަވެސް އެ ކުންފުނީގެ ބޯޑު ރިޒޮލިއުޝަނެއް ބުނާ ގޮތުން ޗެކެއް އެންޑޯސް ކުރެވޭނީ ދެ ފަރާތުގެ ސޮއި ލިބިގެންނެވެ.
އެކަމާ ގުޅޭ ގޮތުން ބީއެމްއެލުން ބުނެފައި ވަނީ އެންޑޯސްކޮށްފައިވާ ޗެކުތަކާ މެދު ބޭންކުން އަމަލު ކުރަމުންދިޔައީ ބޭންކުގެ އުސޫލުތަކާއި ގާނޫނާ ގަވާއިދުގެ ތެރެއިން ކަމަށެވެ. އެމްއެމްޕީއާރްސީގެ ބޯޑު ރިޒޮލިއުޝަނަށް އަމަލު ކުރުން ލާޒިމް ވަނީ އެ ކުންފުންޏަށް އެކަނި ކަމަށް ވެސް ބޭންކުން ބުނެފައިވެ އެވެ.
ބޮޑެތި އަދަދުތަކުގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް އެ ދައުރުކޮށްފައިވާއިރު ބޭންކުން ސުވާލުކޮށްފައި ނުވަނީ އެއީ އެއިރު އަމަލު ކުރަމުން ދިޔަ އުސޫލު ކަމުގައިނުވާތީ ކަމަށް ބީއެމްއެލުން ބުނެފައިވެ އެވެ.
"... މިހާރު މި ކުރާ ގޮތަށް ބޭންކުތަކުން ބަލަަައި ސުވާލު ކުރަން ފެށުނީ މި ދެންނެވި މުއާމަލާތްތައް ހިންގުމުގެ ފަހުން އެންޓި މަނީ ލޯންޑަރިންގެ ގާނޫނާއި ގަވާއިދުތަކަށް އަމަލު ކުރަން ފެށުނު ހިސާބުން އޮކްޓޯބަރު، 2014 އިން ފެށިގެން،" ބޭންކުގެ ބަޔާނުގައިވެ އެވެ.
ސުވާލެއް ނުކުރި ނަމަވެސް ބޮޑެތި އަދަދުތަކުން މުއާމަލާތްކޮށްފައިވާތީ ބީއެމްއެލުން ވާނީ އެސްއޯއެފްގެ އެކައުންޓު ގަވާއިދުން މޮނީޓާ ކޮށްފައި ކަމަށް ބޭންކުން ބުނެފައިވެ އެވެ. އެގޮތުން އެސްއޯއެފްގެ އެކައުންޓު "ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މޮނީޓާ ކުރެވިފައިވާ" ކަމަށް ބީއެމްއެލުން ބުންޏެވެ.
މަނީ ލޯންޑަރިންގެ ގާނޫނު ވުޖޫދަށް އައުމުން އެމްއެމްޕީއާރްސީ އާއި އެސްއޯއެފްގެ އެކައުންޓުތަކުގެ މުއާމަލާތްތައް ބަރާބަރަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކޮށްފައިވާނެ ކަމަށް ވެސް ބޭންކުން ބުނެ އެވެ. އެ ރިޕޯޓް ކޮންމެ ހަފްތާއަކު އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.
އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅޭ ހުރިހާ މުއާމަލާތެއް ބޭންކުން ދަނީ ތަހުގީގީ އިދާރާތަކާ ހިއްސާ ކުރަމުން ކަމަށް ބޭންކުން ބުންޏެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ބޭނުންވެގެން ނޮވެމްބަރު 2015 ގައި އެސްއޯއެފް އެކައުންޓުގެ ހުރިހާ މައުލޫމާތުތަކެއް އެ އޮފީހަށް ދީފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ. އަދި އެ މައުލޫމާތުތަކަށް ބިނާކޮށް އޮޑިޓް އޮފީހުން ވަނީ ފެބްރުއަރީ 2016 ގައި ރިޕޯޓެއް ވެސް ނެރެފައިވާ ކަމަށް ބޭންކުގެ ބަޔާނުގައިވެ އެވެ.
"މި ބޭންކުގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރަކަށް ހުންނެވި އަލްފާޟިލް ގާސިމް އަބްދުލްކަރީމް މި މައުލޫމާތު އާންމުކޮށްފައި ވަނީ ވެސް މި ދެންނެވި އޮޑިޓް ރިޕޯޓް ނެރުމުގެ ފަހުން،" އެ ބަޔާނުގައިވެ އެވެ.
ބީއެމްއެލަކީ އިތުބާރު ހިފޭ ތަނަކަށް ވާން ބޭނުން:ނަޝީދު
ތުހުމަތެއް އުޅުނަސް، އެއީ އަޅުގަނޑުގެ ފައިސާ: ޔާމީން
ބީއެމްއެލުން އެންގި! ފަހަތު ފަޔަށް ބުރަވީ އެމްއެމްއޭ!
އެއް މިލިއަން ޑޮލަރު ހޯދަން ބޭންކަށް ދައުވާ ނުކުރެވޭނެ
އޯޓީޕީ ނުދޭށޭ، ނުދޭށޭ، ނުދޭށޭ!
އަޝްރަފް، އަނެއްކާވެސް އެފްއައިޔޫގެ ވެރިއަކަށް
ސްކޭމް ކޯލްތައް އިތުރުވެ، އިދާރާތައް އެއް މޭޒަކަށް
އެއް މިލިއަން ޑޮލަރު ހޯދަން ޔާމީން ދައުވާކުރަނީ
ދައުލަތާއި ޔާމީންގެ ހުށަހެޅުންތައް ވެސް ބަލައެއްނުގަތް
ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނުދިން