15 ފެބުރުއަރީ 2019
ކޮރަޕްޝަނަށް މި ސަރުކާރުގެ ތެރެއިން އެއްވެސް ފުރުސަތެއް ނޯންނާނެކަން އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޅުއްވި ފިޔަވަޅުން ސާބިތުވެއްޖެ ކަމަށް ބުނެ ބައެއް މީހުން އެމަނިކުފާނަށް ތައުރީފްކޮށްފި އެވެ.
ކޮރަޕްޝަނަށް މި ސަރުކާރުގެ ތެރެއިން އެއްވެސް ފުރުސަތެއް ނޯންނާނެކަން އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޅުއްވި ފިޔަވަޅުން ސާބިތުވެއްޖެ ކަމަށް ބުނެ ބައެއް މީހުން އެމަނިކުފާނަށް ތައުރީފްކޮށްފި އެވެ.
އެކަމަކު އަނެއް ބަޔަކު ބުނާ ގޮތުގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެތައް ކަމެއް އެނގޭ އިރު ސަރުކާރުން އަދިވެސް ކަންކަން ކުރާލެއް މާ ލަހެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީއިން ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތަފްސީލް ކުއްލި ގޮތަކަށް އޭސީސީން ހާމަކުރުމާ އެކު، އެސްއޯއެފްގެ މުއާމަލާތްތަކެއްގައި ބައިވެވަޑައިގެންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރާއްޖެ ޓީވީގެ ވެރިޔާ އަކްރަމް ކަމާލުއްދީން މިހާރު ވަނީ ގޭގައި މަޑުކުރައްވަން އަންގަވައިފަ އެވެ.
މިއީ އެއްބައެއްގެ ނަޒަރުގައި ރައީސް އެޅުއްވި ވަރަށް ރަނގަޅު ފިޔަވަޅެކެވެ.
މި ދެ ބޭފުޅުންގެ އިތުރުން މަޖިލިހުގެ ބައެއް މެމްބަރުންނާއި އަމިއްލަ ކުންފުނިތަކުން ވެސް އެސްއޯއެފާ އެކު ޑޮލަރުގެ މުއާމަލާތްތައް ހިންގާފައިވެ އެވެ.
Hiyaanaathu ge faisaa in 4 Memberakah 9 Million ah vure gina rufiyaa!
The most trusted news source in the Maldives
Mihaaru
ހިޔާނާތުގެ ތުހުމަތު ކުރެވޭ ބޭފުޅުން--
މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާއ އިރު، އަކްރަމްގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 30،000 ޑޮލަރު ކަމަށް ރިޕޯޓުން ދައްކަ އެވެ.
މަހުލޫފާއި އަކްރަމަކީ ނުފޫޒު ގަދަ ދެ ބޭފުޅުންނަށް ވެފައި އަދި މި ސަރުކާރު ގެންނަން ގިނަ އެކި ފެންވަރުގައި މަސައްކަތް ކުރައްވާފައި ވާތީ ގިނަ ބަޔަކު ހީކޮށްގެން ތިބީ އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށެވެ.
ނަމަވެސް އެ ރިޕޯޓް ނެރުންތާ މާ ގިނައިރެއް ނުވަނީސް ރައީސް އަންގަވާފައިވަނީ އެ މައްސަލަ ބަލައި ނިމެންދެން ދެ ބޭފުޅުން ގޭގައި މަޑުކުރެއްވުމަށެވެ. ގިނަ ބަޔަކަށް އެ ނިންމެވުން ކަމުދިޔަ އެވެ.
Suspending ministers till the investigations are complete is a bold step. Zero Tolerance in action. Very few leaders,both in the past and the present,had the courage and tenacity to take such action. A decisive leader.
— Mohamed Muizz Adnan (@muizzadnan) February 14, 2019
“Ummeedhu ufadhdhaifiye Ummeedhuge Sirrun.”
ރައީސްގެ ނިންމެވުމަށް ތާއީދު ކުރައްވާ މުއިއްޒު އަދުނާން ކުރައްވާފައިވާ ޓްވީޓެއް--
ކުއްލިއަކަށް ރައްޔިތުންގެ މަޖިލިހުން ވޯޓު ނަގައި ބޭރުކުރި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވީ މިއީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގެ ވެރިޔަކު އެޅުއްވި އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ. މިކަމުން ކޮރަޕްޝަނާ ދެކޮޅަށް ރައީސް ދައްކަވާ ވާހަކަފުޅާއި އަމަލު ދިމާވާކަން ޔަގީން ވެއްޖެ ކަމަށް ވެސް ފާއިޒް ވިދާޅުވި އެވެ.
"ރިޕޯޓްގައި ނެތް ވަކި ޖިނާއީ މައްސަލައެއް ތުހުމަތުކޮށްފައެއް ވެސް. ހަމައެކަނި އެ ބޭފުޅުންގެ އެކައުންޓަށް ފައިސާ ޖަމާވިކަން ލިޔެފައި އޮތީ. އެހެންކަމުން އެފަދަ ކަމަކަށް މިއަށް ވުރެ ބޮޑު ފިޔަވަޅެއް ނުވެސް އެޅުއްވޭނެ ރައީސްއަކަށް ވެސް. އެ އެޅުއްވި ފިޔަވަޅު ވަރަށް ރަނގަޅު،" ފާއިޒް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވޭ ޔާމީނާއި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިއިރު ވެސް އަދި ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރުން ކޮރަޕްޝަނަށް ދޭނީ "ޒީރޯ ޓޮލަރެންސް" ކަމަށެވެ. އަދި މިދިޔަ އަންގާރަ ދުވަހު އެމަނިކުފާނު ވަނީ ކޮރަޕްޝަންގެ ކަމެއް ސަރުކާރުގެ ތެރޭގައި ހިނގާ ނަމަ އެކަން ހުށަހެޅޭނެ ނިޒާމެއް ހަމަޖައްސަވައިފަ އެވެ.
Gadha! Mivaru rangalhu message eh mi gaumuge veriyakah mi garunugaives dhevifa eh neiy. Saabas Raees @ibusolih! https://t.co/LSOWKwjzwL
— Husnu Al Suood (@hsuood) February 14, 2019
ސުއޫދުގެ ޓްވީޓް
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވީ އިއްޔެ ރައީސް ނިންމެވި އެ ނިންމެވުމުން ދެއްވި ފަދަ ރަނގަޅު މެސެޖެއް މި ގައުމުގެ ވެރިއަކު މި ގަރުނުގައި ވެސް ދެއްވާފައި ނެތް ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވި ގޮތުގައި ރައީސް ހުންނެވީ ކޮރަޕްޝަނަށް ދޫނުދެއްވާ ގޮތަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މައްސަލަތަކުގައި އަމަލުކުރައްވާނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރުކަމުން ފާއިޒް ވަކިކުރަން ރައްޔިތުންގެ މަޖިލިހުގައި ވޯޓު ނެގީ، މެމްބަރުންނަށް ރިޝްވަތު ދީގެން ކަމަށް އޭރު ވެސް ބެލެވުނެވެ. އޭސީސީގެ ރިޕޯޓުން އެނގޭ ގޮތުގައި އެކަމަށް ހޭދަކުރަން އަބީދު ވަނީ ރާއްޖޭގެ ވިޔަފާރިވެރިއެއްގެ އަތުން ކުއްލިއަކަށް 10 މިލިއަން ރުފިޔާ ގެންގޮސްފަ އެވެ.
ފާއިޒް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކަށް ދޫނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދައްކަވާފައިވާއިރު ދެން އޮތީ މުއައްސަސާތަކުގެ ޒިންމާ ކަމަށެވެ. އޭސީސީގެ ރިޕޯޓްގައި ޖިނާއީ އެތައް ތުހުމަތުތަކެއް ކޮށްފައިވާއިރު އެކަންކަމަށް އިންސާފު ލިބޭނީ މިނިވަން މުއައްސަސާތަކުން އެކަން ރަނގަޅަށް ތަހުގީގު ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
... & those funds were used to destroy our democratic institutions & constitutional system, including disastrous laws/amendments & the removal of elected VP. Those who benefited are still as powerful as ever, camouflaging themselves at the highest levels of govt & state ... 2/3
— Mohamed Jameel Ahmed (@MJameelAhmed) February 14, 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެޅުއްވި ފިޔަވަޅަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަރުހަބާ ވިދާޅުވިޔަސް އެމަނިކުފާނުގެ ޓްވީޓްގައި ލިއުއްވާފައި ވަނީ "އެމްއެމްޕީއާރުސީގެ ހިޔާނާތަކީ އަދި ކުޑަ މިންވަރެއް" ކަމަށެވެ.
"ޒީރޯ ޓޮލެރެންސް" ގެ ސިޔާސަތުގެ ވަރުގަދަކަން އެނގޭނީ ހިޔާނާތުގައި ބައިވެރިވެފައިވާ އެންމެންނަށް، އެއީ ސިޔާސީ ގޮތުން ގުޅިފައި އޮތަސް ނުވަތަ ކިތައްމެ ނުފޫޒު ގަދަޔަސް، ފިޔަވަޅު އަޅައިގެން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ނައިބު ރައީސްކަމުން އެމަނިކުފާނު ވަކިކުރުމަކީ ޔާމީން ސަރުކާރުން މެމްބަރުންނަށް ރިޝްވަތު ދީގެން ކުރި އެންމެ ބޮޑު އެއް ކަންތައްކަން ކުރިންސުރެ ވެސް އޮތީ ޝައްކުކުރެވިފަ އެވެ. ޖަމީލްގެ ޓްވީޓުގައި އެކަން ފާހަގަކުރައްވާ ވިދާޅުވެފައި ވަނީ، އޭރު އެ ފައިދާ ލިބުނު މީހުން އަދިވެސް ތިބީ ގަދަފަދަކޮށް، ސަރުކާރާއި ދައުލަތުގެ އިސް މަގާމުތަކުގައި ކަމަށެވެ.
މަހްލޫފްގެ މައްސަލައިގައި ފާހަގަވި ކަންކަން ރައީސަށް
އޭސީސީ ރިޕޯޓް ރައީސަށް ކުރިއަކުން ނުލިބޭ: ތަރުޖަމާން
ރައީސްގެ ނިންމެވުމަށް އިހުތިރާމު ކުރަން: އަކްރަމް
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
އެއް މިލިއަން ޑޮލަރު ހޯދަން ޔާމީން ދައުވާކުރަނީ
މަހުލޫފުގެ މައްސަލަ: ސަރުކާރަށް ހުތުރަކަށް ނުވަނީތަ؟
މަހްލޫފްގެ މައްސަލަ ފަސްކުރީ ގާޒީ: ކްރިމިނަލް ކޯޓު
މަހުލޫފާއި ޔާމީންގެ ޝަރީއަތް ތަފާތު ކުރާތީ ޝަކުވާ
"ކޯޓުގެ އަމަލުތައް ހުރީ ދެފުށް ފެންނަ ގޮތަކަށް ނޫން"
މަހްލޫފުގެ މައްސަލާގައި މިފަހަރު ގޮތް ހުސްވީ ސަރުކާރު؟