Roadha Mihaaru
ޕްރައިމަރީން ބަލިވުމުން ވާދަނުކުރެވޭ މައްސަލަ ފަށަނީ

ޕްރައިމަރީން ބަލިވާ މީހުންނަށް އިންތިޚާބުގައި ވާދަކުރެވޭ ގޮތް ހަދަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށަނީ

12 ފެބުރުއަރީ 2019

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ހުށަހެޅުއްވީ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިން އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

އެ މައްސަލައިގައި އެދިފައިވަނީ ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް މާއްދާ ބާތިލްކޮށް ދިނުމަށް ނުވަތަ ޕްރައިމަރީން ބަލިވިޔަސް، ޕާޓީގެ މެމްބަރުކަން ދޫކޮށްލުމަށް ފަހު އަމިއްލަ ގޮތުން ކުރިމަތިލެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެ މައްސަލަ ހުށަހެޅުއްވި ދެ ބޭފުޅުންގެ ތެރެއިން ޖާބިރަކީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ކާށިދޫ ދާއިރާއަށް ވާދަ ކުރައްވައި، ނާކާމިޔާބުވެ ވަޑައިގަތް ބޭފުޅެކެވެ. އެހެންވެ، އޭނާ ވަނީ އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވައިފަ އެވެ.