Roadha Mihaaru
މަޖިލީހުގެ އިދާރާއަށް އަންހެން ސެކިއުރިޓީން ހޯދަނީ

މަޖިލީހުގެ އިދާރާ އަށް އަންހެން ސެކިއުރިޓީ އޮފިސަރުން ހޯދަނީ

12 ފެބުރުއަރީ 2019

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ސެކިއުރިޓީންނަށް އަންހެނުން ހޯދަން މިއަދު އިއުލާން ކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ސެކިއުރިޓީންނަށް އަންހެނުން ހޯދަން މިއަދު އިއުލާން ކޮށްފި އެވެ.

އެ އިދާރާ އިން ކުރި އިއުލާނެއް ގައި ބުނީ، ސާޖަންޓް އެޓް އާމްސްގެ އިރުޝާދުގެ ދަށުން، މަޖިލިހުގެ އިދާރާގެ އެތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ހަތަރު އަންހެނުން ބޭނުންވާ ކަމަށެވެ.

އެ ކަމަށް އެދި ހުށަހަޅާ މީހުންގެ ޝަރުތަކީ ސާނަވީ އިމްތިހާނުގެ ދެ މާއްދާ އަކުން ދަށްވެގެން ޑީ ފާސް ލިބިފައި ވުމާއި އެސްއެސްސީ އިމްތިހާނުގައި ދިވެހިން ދަށް ވެގެން ސީ ފާސް ލިބިފައި ވުމެވެ. އަދި މަގާމަށް ބޭނުންވާ ދާއިރާ އަކުން ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ހަތަރެއްގެ ސަނަދެއް އޮތުމަކީ ވެސް ޝަރުތެކެވެ.

އަންހެން ސެކިއުރިޓީންގެ މުސާރަ އާއި އެލަވަންސާ އެކު، އާމްދަނީގެ ގޮތުގައި މަހަކު 12،500 ރުފިޔާ ލިބޭނެ އެވެ. މި މަގާމަށް އެދި ހުށަހަޅަން ޖެހެނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން، އެތަނަށް ވެސް ބައެއް ބަދަލުތައް އަންނަނީ ގެންނަމުންނެވެ. އެގޮތުން، އެ އިދާރާގެ އިން ފާރު އަށް ފޫޓަށް އުސް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަ ގެންދެ އެވެ.