11 ފެބުރުއަރީ 2019
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ހަގީގަތާ ހަމައަށް ވާސިލްވެވޭނީ ކޮރަޕްޝަންގެ ފައިސާ ލިބުނު 155 މީހުންގެ ނަން ހާމަކޮށްގެން ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފި އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ހަގީގަތާ ހަމައަށް ވާސިލްވެވޭނީ ކޮރަޕްޝަންގެ ފައިސާ ލިބުނު 155 މީހުންގެ ނަން ހާމަކޮށްގެން ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ޓްރާންސްޕޭރަންސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމްއެމްޕީއަރްސީގެ ކޮރަޕްޝަނަކީ ދައުލަތުގެ މުއައްސަސާތަކާއި މަޖިލީހުގެ ބައެއް މެންބަރުންނާއި ބޭންކުތައް ވެސް ބައިވެރިވެގެން ހިންގާފައިވާ ހިޔާނާތެއް ކަމަށެވެ.
އެމްއެމްޕީއާރްސީން ވަގަށް ނެގި 1.4 ބިލިއަން ރުފިޔާ 155 މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނާއިރު އޭގެ ތަފްސީލަށް ދިއުން މުހިންމު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މި ފައިސާގެ މުއާމަލާތްތަކުގެ މަންފާ ޖަމާކުރެވިފައިވާ 155 އެކައުންޓުގެ ތަފްސީލު އާންމު ކުރެވިފައިނުވުމަކީ މި މައްސަލައިގެ ހަގީގަތާ ހަމައަށް ވާސިލްވެ، މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް އޮތް ހުރަހެއް ކަމުގައި މި ޖަމިއްޔާއިން ގަބޫލު ކުރަން،" ޓްރާންސްޕޭރަންސީން ބުނެފައިވެ އެވެ.
ކޮރަޕްޝަން ނައްތާލުމާއި ހިޔާނާތަށް މަގުފަހިވާ ފަދަ ކަންކަން ހުއްޓުވުމަށް ބޮޑު ހިޔާނާތުގައި ހިމެނޭ އެންމެން ޝަރީއަތުގެ ކުރިމައްޗަށް ގެނައުން މުހިންމު ކަމަށް ވެސް ޓްރާންސްޕޭރަންސީގެ ބަޔާނުގައިވެ އެވެ.
"މި ކަމަކީ ދައުލަތުގެ މުއައްސަސާތަކާއި މި ފައިސާތައް ހިފައިގެން ބެހި ކަމަށް އިއުތިރާފްވެފައިވާ މަޖިލީހުގެ މެންބަރުންނާއި ބޭންކުތަކާއި އަމިއްލަ ވިޔަފާރިތަކާއި އެމްއެމްޕީއާރްސީގެ ބޯޑު މެންބަރުންގެ ވެސް ބައިވެރިވުން ނުވަތަ އިހުމާލުނެތި ހިންގިދާނެ ކޮރަޕްޝަންގެ އަމަލެއް ކަމުގައި މި ޖަމިއްޔާ އިން ނުދެކެން،" އެ ބަޔާނުގައިވެ އެވެ.
ބޮޑު ހިޔާނާތުގެ ކޮރަޕްޝަން ހިންގި ފަރާތްތަކާއި އެކަން ކުރުމަށް މަގުފަހި ކުރުވި ފަރާތްތަކާއި މަންފާ ލިބުނު ފަރާތްތަކަށް ފިޔަވަޅު ނާޅައި އެ ހިޔާނާތް ފަޅާއަރުވާލި ގާސިމް އަބްދުލްކަރީމަށް ޖަލު ހުކުމް ކޮށްފައިވާތީ އެކަން ޓްރާންސްޕޭރަންސީން ވަނީ ކުށްވެރިކޮށްފަ އެވެ.
އެމްއެމްޕީއާރްސީގެ މައްސަލަ އެންމެ ބޮޑަށް ތަހުގީގުކޮށްފައިވާ އޭސީސީން ބުނެފައި ވަނީ އެ މައްސަލައިގެ މައުލޫމާތު އިތުރަށް ހާމަ ކުރުމާމެދު ކޮމިޝަނުގެ މެންބަރުންގެ މެދުގައި މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އޭސީސީގެ އިތުރުން ފުލުހުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން ވެސް ދަނީ އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުންނާއި ކޮރަޕްޝަން ބަލާ ކޮމިޝަނަށް މިހާރު ވަނީ އެ މައްސަލައިގައި އޭސީސީން އެއްކުރި ހުރިހާ މައުލޫމާތުތަކެއް ފޮނުވައިފަ އެވެ.
ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި
މަހްލޫފްގެ ޝަރީއަތް:ބޮޑެތި ތުހުމަތުތަކާއި ބަހުގެ ހަމަލާ
ޚިޔާނާތުގައި ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަ ބަލަނީ
ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ފުއްގިރި ޝަރީއަތް ވަކީލުންގެ ރުހުމާއެކު މާދަމާ ވެސް
ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އަދަބާ ބެހޭގޮތުން ޔާމީންގެ ބަހެއް ނެތް
އަދުރޭ ވިދާޅުވީ އެއީ ހަރާމް ހުކުމެއް ކަމަށް