10 ފެބުރުއަރީ 2019
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތަށް، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ކާޑުގެ ބާވަތްތައް އެއް އަގެއްގައި ވިއްކުމަށްޓަކައި، އަތޮޅުތަކަށް ކާޑު އުފުލުމުގެ ޚަރަދު އެސްޓީއޯ އިން ދޭން ނިންމައިފި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތަށް، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ކާޑުގެ ބާވަތްތައް އެއް އަގެއްގައި ވިއްކުމަށްޓަކައި، އަތޮޅުތަކަށް ކާޑު އުފުލުމުގެ ޚަރަދު އެސްޓީއޯ އިން ދޭން ނިންމައިފި އެވެ.
އެސްޓީއޯ ގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއް ގައި މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ކާޑުގެ ބާވަތްތައް އަތޮޅުތަކަށް އުފުލުމުގެ ޚަރަދު ކުރާނީ ދައުލަތުގެ ބަޖެޓުން އިތުރު ފައިސާ ހޯދައިގެން ނޫން ކަމަށާއި އެ ޚަރަދަށް ޒިންމާ ވާނީ ކުންފުނިން ކަމަށެވެ.
"އެއީ އަޅުގަނޑުމެން އެތެރޭގެ ހިންގުމުގައި ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމުގެ ސަބަބުން އަޅުގަނޑުމެންނަށް މިކަން ކުރެވޭ ގޮތަށް މަގުފަހިވެގެން މި ދަނީ،" އަމްރު ވިދާޅުވި އެވެ.
އެއީ ކޮން ބަދަލުތަކެއްކަން ވިދާޅު ނުވިޔަސް އަމްރު ފާހަގަކުރެއްވި ގޮތުގައި، އެ ޚަރަދު ކުރާނީ އެސްޓީއޯގެ އެހެން ވިޔަފާރިތަކުން ސަލާމަތް ކުރާ ފައިސާއިންނެވެ.
އެސްޓީއޯ އިން މިއަދު ބޭއްވި ނިއުސް ބްރީފިން ގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމްރު ނޫސްވެރިއެއްގެ ސުވާލު އަޑު އައްސަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެސްޓީއޯ އިން ވަނީ ކާޑުގެ ބާވަތްތައް އުފުލަން ކުރާ ޚަރަދު ދިނުމަށް ހާއްސަ ނިޒާމެއް އެކުލަވައިލައިފަ އެވެ. އެ ނިޒާމުގެ ދަށުން ކޮންމެ ރަށެއްގައި ވެސް އެ ކުންފުނީގެ އެޖެންޓުންގެ ގޮތުގައި ކާޑުވިއްކާނެ ބަޔަކު ހަމަޖައްސާނެ އެވެ.
އެގޮތުން، އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް އެދި ހުށަހަޅާ ބީލަންތައް ރަށްރަށުގައި ހުންނަ އެސްޓީއޯގެ ފާމަސީތަކުން ބަލައިގަންނާނެ އެވެ.
އަމްރު ވިދާޅުވީ ރަށްރަށަށް ގެންދިއުމުގެ ޚަރަދު ދިނުމުން ކާޑު ވިއްކަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީން އިއުލާން ކޮށްފައިވާ އަގުތަކަށް ކަަމަށެވެ. ކާޑު ވިއްކަނީ އެ އަގުތަކަށް ކަން ކަށަވަރު ކުރުމަކީ ކައުންސިލްތަކުން ކުރަންޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން އެގޮތަށް ކުރެވިގެން އެކީ އެކައްޗަކަށް ކުރަން މިއުޅޭ ކަންތައް ހާސިލުވެ، ރައްޔިތުންނަށް އެއް އަގެއްގައި ކާޑު ލިބޭނެ ގޮތް މަގުފަހިވާނީ،" އަމްރު ވިދާޅުވި އެވެ.
ހަނޑޫ ބަސްތާއެއް: 240 ރުފިޔާ، ހަނޑޫ ކިލޯއެއް: 4.8 ރުފިޔާ.
ހަރުކުރު ބަސްތާއެއް: 241 ރުފިޔާ، ހަކުރު ކިލޯއެއް: 4.82 ރުފިޔާ.
ފުށް ބަސްތާއެއް: 190 ރުފިޔާ، ފުށް ކިލޯއެއް: 3.8 ރުފިޔާ.
އަމްރު ވިދާޅުވި ގޮތުގައި، އަންނަ އޭޕްރިލް 1 އިން ފެށިގެން ކާޑުގެ ބާވަތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ދެން ވިއްކާނީ މި އަގުތަކުގަ އެވެ.
ކާޑުގެ ބާވަތްތައް އަތޮޅުތަކަށް އުފުލަން އެސްޓީއޯ އިން ކޮންމެ މަހަކު ހޭދަކުރަނީ ކިހާވަރެއްތޯ ދެންނެވުމުން އޭނާ ވިދާޅުވީ، އެކަން އަދި ސާފުނުވާ ކަމަށެވެ.
"ނާލަށް އެ ދާ ޚަރަދު އަޅުގަނޑުމެންނަށް ސާފުކޮށް އެނގޭނީ ބިޑް ހުށަހެޅީމާ. އަޅުގަނޑުމެން އަދި އަގުތަކެއް ކަނޑައަޅާގައި ބަލާފައި އެ އަގުތައް ލިބޭނެ ކަމަށް ބެލިޔަސް، އެ އަށް ވުރެ އަގު ހެޔޮވެސް ވެދާނެ. އެ އަށް ވުރެ އަގު ބޮޑު ވެސް ވެދާނެ،" އަމްރު ވިދާޅުވި އެވެ.
އަމްރަށް ގޯސްވި މިސްރާބަށް މާލީއިދާރާތަކުން ތައުރީފްކުރި
ގޯސްތައް ދައްކަވައި އަމްރު ވިދާޅުވީ އިސްލާހުނުވި ކަމަށް
ނަޝީދުގެ މަރުހަބާ އާއި ޝުކުރު އަމްރު އަށް
އަމްރު އެސްޓީއޯ އިން ވަކިކޮށްފި
4 އަހަރުގެ ބިޔަ މަޝްރޫއަކީ "ގަދަރުވެރި ރައްޔިތެއް"!
ހެޔޮ ބަދަލުތަކާއި ބާކީ ދެ އަހަރުގެ މިސްރާބު
މިފްކޯ މިއަހަރު އަމިއްލަ ފައިމައްޗަށް ތެދުވާނެ: ރައީސް
ކާޑު ގަންނަން އެސްޓީއޯ އަށް ސޮވެރިން ގެރެންޓީ ދީފި
ކުރީގެ ހާލަތަށް ދާން އިގުތިސާދު ފުޅާކުރާނަން: ރަައީސް
އުނދަގޫ އަހަރަކަށް ފަހު ދެން އޮތީ ތަރައްގީ: ރައީސް