Roadha Mihaaru

ކުރީގެ ހާލަތަށް އެނބުރި ދިއުމަށް އިގުތިސާދު ފުޅާކުރުމުގެ މަސައްކަތް ވަނީ ފަށާފައި: ރައީސް

ކޮވިޑް-19 ގެ ބަލިމަޑުކަން އައިއިރު އިގުތިސާދީ ގޮތުން ރާއްްޖެ އޮތް ހާލަތަށް އެނބުރި ދެވޭނެ ކަމަށް ލަފާކުރެވެނީ އެއް އަހަރު ނުވަތަ ދެ އަހަރުގެ ތެރޭގައި ކަމަށް ވިޔަސް، ވީހާ އަވަހަކަށް ކުރީގެ ހާލަތަށް ދިއުމަށް ޓަކައި އިގުތިސާދު ފުޅާ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ހާލަތަށް ދާން އިގުތިސާދު ފުޅާކުރާނަން: ރަައީސް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

04 ފެބުރުއަރީ 2021

ކޮވިޑް-19 ގެ ބަލިމަޑުކަން އައިއިރު އިގުތިސާދީ ގޮތުން ރާއްްޖެ އޮތް ހާލަތަށް އެނބުރި ދެވޭނެ ކަމަށް ލަފާކުރެވެނީ އެއް އަހަރު ނުވަތަ ދެ އަހަރުގެ ތެރޭގައި ކަމަށް ވިޔަސް، ވީހާ އަވަހަކަށް ކުރީގެ ހާލަތަށް ދިއުމަށް ޓަކައި އިގުތިސާދު ފުޅާ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އިގުތިސާދު ފުޅާކޮށް އިގިތުސާދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރަން މަސަަކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ޓޫރިޒަމާއި މަސްވެރިކަން އަދި ދަނޑުވެރިކަމާއި އެހެނިހެން ދާއިރާތަކުން އިގުތިސާދީ ހަރަކަތްތައް އިތުރުކުރަން ސަރުކާރުން ކުރަމުން އަންނަ ބައެއް މަސަައްކަތްތަކުގެ ތަފްސީލު އެމަނިކުފާނު ދެއްވި އެވެ.

"އިގުތިސާދު އަލުން އާރާސްތުކުރުމަށް އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ. ނަމަވެސް ވީ އެެންމެ ވަހަކަށް ކުރީގެ ހާލަތަށް އެނބުރި ދިއުމަށް ޓަކައި އިގުތިސާދު ސިންދަަފާތުކޮށް، އިގުތިސާދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރުމަށް ސަރުކާރުން މިހާރު ވާނީ މަސައްކަތް ފަށާފައި،" ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާއިން 9000 ވަޒީފާ އުފެދޭނެ

ރައީސް ވިދާޅުވީ ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް ދިގުމުއްދަތަށް ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލަކީ އެ ދާއިރާ ފުޅާކުރަން ކުރެވުނު މުހިއްމު ކަމެއް ކަމަށެވެ. ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހަައުސްތައް އަޅަން ރާއްޖޭގެ އެކި ރަށްރަށުން މިދިޔަ އަހަރު ފަހުކޮޅު ބިންތަކެއް ދޫކުރަން ބިޑަށް ލާފައިވުމަކީ ވެސް އެފަދަ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ދާއިރާ އަށް މި އަހަރު ލިބޭނެ އެއް ކުރިއެރުމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި 18 ރިސޯޓެއް އަލަށް ހުޅުވައި 5،062 އެނދު މާކެޓަށް ނެރުމެވެ.

"އެހެންކަމުން ފަތުރުވެރިކަމުގެ ދާއިރާއިން އެކަނި ވެސް 9000 ވަޒީފާ މި އަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިގުތިސާދު ފުޅާކުރުމުގެ މަަސައްކަތް ކުރަމުން އަންނަ އިރު މީހުން ބިނާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި އެގޮތުން 1200 ޒުވާނުން އެކި މަސައްކަތްތަކަށް ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް ދަނީ ޓޫރިޒަމް ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ އަދި އައިސީޓީ ދާއިރާއިން ޒުވާނުން ތަމްރީނުކުމުގެ މަސައްކަތެވެ.

ކޯލްޑް ސްޓޯރޭޖަށް 9700 ޓަނުގެ ޖާގަ އިތުރުކުރާނެ

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޓަކައި ސަރުކާރުގެ މަސްކުންފުނި، މިފްކޯގެ މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް، ރަައީސްް ވިދާޅުވި ގޮތުގައި މި އަހަރު ފަށާނެ އެވެ. އެގޮތުން ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރި ހިމެނޭ ގޮތުން ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އަށް 8،200 މެޓްރިކް ޓަނު އިތުރުު ކުރެވޭނެ ކަމަަށާއި އެއީ 61 ޕަސެންޓްގެ އިތުރުވުމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

"މީގެ އިތުުރުން މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ދާއިރާއިން އިގުތިސާދު ފުޅާކުރުމަށް ޓަކައި ސަރުކާރުން އެޅި މުހިއްމު އެއް ފިޔަވަޅަކީ ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ބައެއް ކުންފުނިތަކަށް ދީފައިވާ އެކްސްކްލޫޓިވިޓީ އުވައިލުމެވެ. އެގޮތުން އިތުރު ކުންފުނިތައް އެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތު މިހާރު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ ބައެއް ތަކެތިން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ވެސް މިދިޔަ އަހަރު ވާނީ ކަނޑާލާފައި،" ރައީސް ވިދާޅުވި އެވެ.

މަސްވެރިން ބާނާ މަސް ގަތުމަށް ސަރުކާރުން މިދިޔަ އަހަަރު ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރަކީ މިފްކޯއިން އެންމެ ގިނަ މަސް ގަތް އަަހަރު ކަަމަށެވެ. އެގޮތުން 49،000 ޓަނުގެ މަސްގަނެ 878 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.