Roadha Mihaaru
"ޓްރެފިކް ޑޭ"ގައި ލިޓަސް ބައިވެރިވަނީ

"ޓްރެފިކް ޑޭ"ގައި ލިޓަސް ބައިވެރިވަނީ

08 ފެބުރުއަރީ 2019

ފުލުހުން އިންތިޒާމުކޮށްގެން ބާއްވާ ޓްރެފިކް ޑޭގެ ހަރަކާތްތަކުގައި ލިޓަސް އިން ބައިވެރިވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފުލުހުން އިންތިޒާމުކޮށްގެން ބާއްވާ ޓްރެފިކް ޑޭގެ ހަރަކާތްތަކުގައި ލިޓަސް އިން ބައިވެރިވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ޓްރެފިކް ޑޭ އަކީ ފުރާވަރުގެ ކުދިންގެ މެދުގައި ޓްރެފިކްގެ ގަވައިދުތަކާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ހަރަކާތް ކުރިއަށްދާނީ ހޮނިހިރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ފުލުހުން އިންތިޒާމުކުރާ މި ހަރަކާތް ހާއްސަ ކުރަނީ ގްރޭޑް 9 އާއި 10 ގެ ކުދިންނަށެވެ. އެގޮތުން އެކި ސްކޫލުތަކުގެ 100 ކުދިން ބައިވެރިވާނެ އެވެ.

ސައިކަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ލިޓަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވީ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ދަށުން، މި ހަރަކާތުގައި ބައިވެރިވީ މަގުމަތީގެ އެކްސިޑެންޓްތައް މިދުވަސްވަރު ގިނަވުމާ ގުޅިގެން ކަމަށެވެ.