04 ފެބުރުއަރީ 2019
ދުނިޔެ އަށް އުފަން ކުރީތީ، އިންޑިއާގެ ޒުވާން ފިރިހެނަކު އޭނާގެ މައިންބަފައިންގެ މައްޗަށް ދައުވާކުރަން ނިންމައިފި އެވެ.
ދުނިޔެ އަށް އުފަން ކުރީތީ، އިންޑިއާގެ ޒުވާން ފިރިހެނަކު އޭނާގެ މައިންބަފައިންގެ މައްޗަށް ދައުވާކުރަން ނިންމައިފި އެވެ.
ނިއު ދިއްލީ އަށް ނިސްބަތްވާ 27 އަހަރުގެ ރަޕައެލް ސެމުއެލް ބުނި ގޮތުގައި މަބައިންބަފައިން އޭނާ އުފަންކުރުވީ "އަހަރެންގެ ހުއްދަ ނެތި" ކަމަށެވެ. އޭނާ ބުނި ގޮތުގައި މައިންފައިންނާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު ދަރިއަކު ދުނިޔެ އަށް އުފަން ކުރަންވާނީ "އެ ދެ ދަރިއަކު ވެސް ދުނިޔެ އަށް އަންނަން ބޭނުންތޯ ބެލުމަށް ފަހު ކަމަށް" ރަފައެލް ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެގޮތަށް އުފަންވާ ކުދިންނަނީ "މަޖުބޫރުވެގެން ދުނިޔެއަށް އަންނަ" ކުދިންނެވެ. އަދި އެއީ ހަމައެކަނި މައިންބަފައިންގެ އުފަލަށް އުފަންވާ ކުދިން ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުންޏެވެ.
ރަފައެލް ހިންގާ ޕޭޖް ނިހަލަންދުގެ ޕޯސްޓެއް.
"ދަރިއަކު އުފަން ކުރުމުގެ ބަދަލުގައި ދެމަފިރިއެއްގެ ހިތްހަމަޖެހުމަށް ނުވަތަ އެންޓަޓައިނިން އަށް ކަމެއް ކުރަން ބޭނުންވާ ނަމަ ކުއްތާއެއް ކަހަލަ ޕެޓެއް ނުވަތަ ކުޅޭ އެއްޗެހި ގެންގުޅުނީމާ ފުދޭނެ ކަމަށް އަހަންނަށް ގަބޫލު ކުރެވެނީ،" ރަފައެލް ބުންޏެވެ. "ކޮންމެހެން އަމިއްލަ ބާރެއް ނެތް ގޮތަށް އެހެން ފުރާނައެއް އުފަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދީ އެއީ އެފަދަ ކުއްޖަކަށް ދުނިޔެ ހޯދަން މަޖުބޫރު ކުރުން."
ރަފައެލް ހިންގާ ޕޭޖް ނިހަލަންދުގެ ޕޯސްޓެއް.
މި އާދަޔާ ހިލާފު ވިސްނުން އާންމުންގެ ސަމާލުކަމަށް ގެންނަން ރަފައެލް އަންނަނީ ފޭކް ތުނބުޅިއަކާ މަތިމަހެއް ޖަހައިގެން ނަގާފައިވާ ފޮޓޯތަކާ އެކު "ނިހަލަންދު" ގެ ނަމުގައި ފޭސްބުކް ޕޭޖެއް ވެސް ހަދައި ތަފާތު އެކި ކަހަލަ އިބާރާތްތަކާ އެކު، އެކި ކަހަލަ ލިޔުންތައް ޕޯސްޓް ކުރަމުންނެވެ.
އޭނާ ބުނި ގޮތުގައި ކޮންމެ ދެމަފިރިއަކަށް ދަރިއަކު ނުހޯދުމުގެ އިހުތިޔާރު ވެސް އޮންނާނެ އެވެ.
"ދަރިން އެބަޖެހޭ މައިންބަފައިންގެ ކައިރީ އަހައި ސާފުކުރަން ވެސް ކީއްވެތޯ ތިމަންނަ ހޯދީ؟" ރަފައެލް ބުންޏެވެ.
މަތިންދާބޯޓުގައި އުފަންވުމުން އުމުރު ދުވަހު ހިލޭ ދަތުރު
ނިއު ދިއްލީގައި އާދަޔާ ހިލާފަށް ވައި ނުސާފުވެއްޖެ
ދިވެހިންނަށް ފައިދާވާނެ ކަންތައްތަކެއް ކުރިއަށް ފެންނާނެ
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ރައީސް ޝީ ބައިވެރިނުވިޔަސް މައްސަލައެއް ނެތް: އިންޑިއާ
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
ޕްރޮފެސަރުން ޕަޓާންގެ ލަވަޔަށް ނެށުމުން ޝާހް އުފަލުން
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ
ޝަހީބުގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް
ޝްރެދާ މަރާލި ގޮތް އަފްތާބު ކިޔައިދީފި