Roadha Mihaaru
އެމްޓީޑީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޓީޑީގެ ޓިކެޓުގައި މަޖިލިހަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2019

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ރޭ ހުޅުވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ރޭ ހުޅުވާލައިފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައިގެން އުފެއްދި އެމްޓީޑީން ވަނީ އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމަށް ހަފްތާއެއްގެ މުއްދަތު ދީފަ އެވެ. ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހަމަވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގައި އެމްޓީޑީން ވާދަ ކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ޕާޓީން ކުރިން ބުނި ގޮތުގައި، ވާދަކުރާނީ ބައެއް ދާއިރާތަކަށެވެ. އެކަމަކު، އެ ޕާޓީން ނުކުންނާނީ ކިތައް ދާއިރާ އަށް ކަމެއް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.

މަޖިލިސް އިންތިޚާބުގައި ސިޔާސީ ގިނަ ޕާޓީތަކުން ވާދަކުރާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން، ސަރުކާރު ކޯލިޝަން ގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ 86 ދާއިރާއަކަށް ކެންޑިޑޭޓުން ކަނޑައަޅައިފަ އެވެ. ޖުމްހޫރީ ޕާޓީން މިހާތަނަށް ވަނީ 36 ދާއިރާ އަކަށް ކެންޑިޑޭޓުން ކަނޑައަޅައިފަ އެވެ. އަދި އިދިކޮޅު ޕާޓީތަކުގެ ގޮތުގައި ތިބި ޕީޕީއެމާއި ޕީއެންސީ ގުޅިގެން 62 ދާއިރާއަކަށް ވާދަކުރާނެ ކެންޑިޑޭޓުން ވަނީ ކަނޑައަޅައިފަ އެވެ.

މަޖިލިސް އިންތިޚާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާއިރު، އަމިއްލަ ގޮތުން އެ އިންތިޚާބަށް ވާދަ ކުރުމުގެ ޝައުގުވެރިކަން ވެސް ބައެއް ބޭފުޅުން ގެންގުޅުއްވަ އެވެ.