Roadha Mihaaru
އިންތިޚާބާގުޅޭ ޝަކުވާތައް ހުށަހެޅޭނެ ނިޒާމު ގާއިމުކޮށްފި

މަޖިލިސް އިންތިޚާބާ ގުޅޭ ޝަކުވާތައް ހުށަހެޅޭނެ ނިޒާމު ގާއިމުކޮށްފި

30 ޖެނުއަރީ 2019

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު އިލެކްޝަންސް ކޮމިޝަނުން ގާއިމުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު އިލެކްޝަންސް ކޮމިޝަނުން ގާއިމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން ޝަކުވާތައް ކޮންމެ ދުވަހެއްގެ ވެސް ވަކި ވަގުތުތަކެއްގައި ބަލައިގަނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމާ ހަމައަށް އެ ޝަކުވާތައް ބަލައިގަންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން މާލޭގައި ނަމަ ޝަކުވާ ހުށަހަޅަން ޖެހޭނީ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމުގެ ކުރިން ޝަކުވާތައް ބަލައިގަންނާނީ ރަށު ނުވަތަ ސިޓީ ފޯކަލް ޕޮއިންޓުން ކަމަށް އެ އިއުލާނުގައިވެ އެވެ. އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެއްދުމުން އެފަދަ ތަންތަނަށް ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.