24 އޮކްޓޯބަރ 2023
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާ ބެހޭގޮތުން 65 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާ ބެހޭގޮތުން 65 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އިންތިހާބުކުރާ މެމްބަރުންގެ އަދަދު 93 އަށް އިތުރުކުރަން އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ ނިންމައިފަ އެވެ. މިހާރު ތިއްބަވާ 87 މެމްބަރުންގެ ބަދަލުގައި 93 މެމްބަރުން އިތުރުކުރަން ނިންމީ އާބާދީ އަށް ބެލުމަށް ފަހު ބައެއް ދާއިރާތައް އިތުރުކުރަން ނިންމުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ދާއިރާތައް ކަނޑައެޅި ގޮތާ ބެހޭގޮތުން ޝަކުވާ ހުށަހަޅަން ހުޅުވައިލުމުން 65 ޝަކުވާއެއް ލިބުނުއިރު އޭގެ ތެރެއިން އެންމެ ގިނައީ އަލަށް އުފައްދަން ނިންމާފައިވާ އައްޑޫ ފޭދޫ އުތުރު ދާއިރާގެ ޝަކުވާތައް ކަމަށެވެ. އެ ދާއިރާއާ ބެހޭގޮތުން 44 ޝަކުވާއެއް ހުށަހަޅާފައިވެ އެވެ.
މާލޭގެ ދެ ދާއިރާއަކާއި އައްޑޫގެ ބައެއް ދާއިރާތަކުގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ދާއިރާތަކާ ބެހޭގޮތުން ވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އެ ޝަކުވާތަކާ މެދު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނުން ގޮތެއް ނިންމާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ ގާނޫނު ބުނާގޮތުން އިންތިހާބީ ދާއިރާތައް ކަނޑައަޅާނީ އާބާދީ އަށް ބެލުމަށް ފަހު އެވެ. އެހެންވެ، ކޮންމެ މަޖިލިސް އިންތިހާބެއްގައި ދާއިރާތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަނީ
ދެ އިންތިހާބު އެއްކޮށްލަން ގާނޫނު އިސްލާހުކުރަނީ
އަމިއްލަ ގޮތުން ހޮވުނު ޕާޓީ މެންބަރުންނާމެދު ސުވާލު
ބޮޑެތި މައްސަލަތަކެއް ނެތް، ޓާންއައުޓް 75 ޕަސެންޓް
މަޖިލީހަށް ހޮވުނީ އެންމެ ތިން އަންހެން ބޭފުޅުން!
ފުވައްމުލަކުގެ ތިން ގޮނޑި ވެސް ޕީއެންސީއަށް
އެމްޑީޕީ އަތުން އައްޑޫ ގެއްލި، ޕީއެންސީ އަށް
އެއްވެސް ބޮޑު މައްސަލައެއް ދިމައެއްނުވޭ: އީސީ
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
ވޯޓުލާ ވަގުތު 5:30 އާ ހަމައަށް އިތުރުކޮށްފި