Roadha Mihaaru
އެމްޑީޕީ އަތުން އައްޑޫ ގެއްލި، ޕީއެންސީ އަށް

އެމްޑީޕީ އަތުން އައްޑޫ ގެއްލި، ޕީއެންސީ އަށް

21 އެޕްރީލް 2024

އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިންތިހާބެއްގައި ވެސް ކާމިޔާބު ހޯދަމުން އައި އައްޑޫގެ މެޖޯރިޓީ އެމްޑީޕީ އަތުން ގެއްލި، ޕީއެންސީން މެޖޯރިޓީ ހޯދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިންތިހާބެއްގައި ވެސް ކާމިޔާބު ހޯދަމުން އައި އައްޑޫގެ މެޖޯރިޓީ އެމްޑީޕީ އަތުން ގެއްލި، ޕީއެންސީން މެޖޯރިޓީ ހޯދައިފި އެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުގެ ނަތީޖާއިން ދައްކާ ގޮތުން އައްޑޫގެ 8 ގޮނޑީގެ ތެރެއިން ފަސް ގޮނޑި ލިބުނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށެވެ. އެމްޑީޕީ އަށް ލިބުނީ ދެ ގޮނޑި އެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އައްޑޫގައި ހުރިހާ ދާއިރާއެއް ލިބިފައި ވަނީ އައްޑޫއަށެވެ.

ރައްޔިތުންގެ އެންމެ ފަހުގެ ނަތީޖާއިން ދައްކާ ގޮތުން ހުޅުދޫ ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާ އާއި ހިތަދޫ މެދު ދާއިރާ އާއި ފޭދޫ އުތުރު ދާއިރާ އާއި ފޭދޫ ދެކުނު ދާއިރާގެ ގޮނޑި ލިބުނީ ޕީއެންސީއަށެވެ.

އެމްޑީޕީ އަށް ލިބުނީ އައްޑޫ ހިތަދޫ ދެކުނު ދާއިރާ އާއި މީދޫ ދާއިރާ އެކަންޏެވެ. މަރަދޫ ދާއިރާ އަށް ވާދަކުރީ އަމިއްލަ ކެންޑިޑޭޓެކެވެ.

ފަހު ނަތީޖާއިން ކާމިޔާބު ކުރި ކެންޑިޑޭޓުން

1. ހުޅުދޫ ދާއިރާ: މުހައްމަދު ޝާހިދު (ޕީއެންސީ)

2. ހިތަދޫ އުތުރު ދާއިރާ: މުހައްމަދު ޝިނާނު (ޕީއެންސީ)

3. ހިތަދޫ ދެކުނު ދާއިރާ: އިބްރާހިމް ނާޒިލް (އެމްޑީޕީ)

4. ހިތަދޫ މެދު ދާއިރާ: އަހުމަދު އަޒާނު މަރްޒޫގް (ޕީއެންސީ)

5. ފޭދޫ އުތުރު ދާއިރާ: އިސްމާއިލް ނިޒާރު (ޕީއެންސީ)

6. ފޭދޫ ދެކުނު ދާއިރާ: މުހައްމަދު އިބްރާހިމް ދީދީ (ޕީއެންސީ)

7. މީދޫ ދާއިރާ: އަބްދުއްރަހްމާނު (އެމްޑީޕީ)

8: މަރަދޫ ދާއިރާ: އަހުމަދު ދީދީ (އަމިއްލަ)