Roadha Mihaaru
އެއްވެސް ބޮޑު މައްސަލައެއް ދިމައެއްނުވޭ: އީސީ

ވޯޓުލުން ދަނީ އަމާންކޮށް، އެއްވެސް ބޮޑު މައްސަލައެއް ދިމައެއްނުވޭ: އީސީ

21 އެޕްރީލް 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ކުރިއަށް ދަނީ ވަރަށް އަމާންކޮށް ކަމަށާއި މިހާތަނަށް އެއްވެސް ބޮޑު މައްސަލައެއް ޖެހިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެންމެ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ކުރިއަށް ދަނީ ވަރަށް އަމާންކޮށް ކަމަށާއި މިހާތަނަށް އެއްވެސް ބޮޑު މައްސަލައެއް ޖެހިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެންމެ ބުނެފި އެވެ.

މެމްބަރު ހަސަން ޒަކަރިއްޔާ "މިހާރު" އަށް ވިދާޅުވީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ހުރިހާ ހިސާބެއްގައި ވެސް މިއަދުގެ ވޯޓުލުން ކުރިއަށް ދަނީ ވަރަށް އާންކަމާ އެކުގައި ކަމަށެވެ. ވޯޓުލުމުގެ އެއްވެސް ބޮޑު މައްސަލައެއް ހިނގި ކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައި ނުވާ ކަމަށާއި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް އެއްވެސް މޭޖާ މައްސަލައެއް ފާހަގަވެފައި ނެތް. އަޅުގަނޑުމެންގެ އުއްމީދަކީ 5:30ގެ ނިޔަލަށް ހަމަ މިގޮތަށް ކުރިއަށް ދިއުން،" ހަސަން ވިދާޅުވި އެވެ.

މާފަންނު ސްޓޭޑިއަމްގައި ހުރި ޓެންޓުގައި މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާފަންނު ސްޓޭޑިއަމްގައި ހުރި ޓެންޓުގައި މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި، މިހާތަނަށް ފާހަގަކުރެވިފައި ވަނީ ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ކެންޑިޑޭޓުން ވޯޓުލާން ދާ މީހުންނާ ސަލާން ކުރުމާއި ވޯޓު ކަރުދާސްކޮޅު ފެންނަ ގޮތަށް ވޯޓު ފޮއްޓަށް ލުން ކަހަލަ ކުދިކުދި މައްސަލަތެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. މި އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

އީސީން އެންމެ ފަހުން ބުނި ގޮތުގައި މިއަދު މެންދުރު 12:00 ގެ ނިޔަލަށް 32 ޕަސެންޓް މީހުން ވަނީ ވޯޓުލައިފަ އެވެ. އެއީ 93،224 މީހުންނެވެ.