Roadha Mihaaru
ގައުމީ ލަފާދޭ ކޮމިޓީ ކޮންމެ ބުދަދުވަހަކު ބާއްވަނީ

ގައުމީ ލަފާދޭ ކޮމިޓީ ކޮންމެ ބުދަދުވަހަކު ބާއްވަނީ

28 ޖެނުއަރީ 2019

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލި ގައުމީ ލަފާދޭ ކޮމިޓީގެ ފުރަަތަމަ ބައްދަލުވުން މިއަދު ބާއްވައި، ކޮންމެ ބުދަ ދުވަހަކު ކޮމިޓީ ބައްދަލުކުރަން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލި ގައުމީ ލަފާދޭ ކޮމިޓީގެ ފުރަަތަމަ ބައްދަލުވުން މިއަދު ބާއްވައި، ކޮންމެ ބުދަ ދުވަހަކު ކޮމިޓީ ބައްދަލުކުރަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރީ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި ވޯޓުލާމީހުންގެ ލިސްޓާ ގުޅޭ ބައެއް ކަންކަމާ މެދުގައި ކަމަށެވެ. އެގޮތުން ކުރި މަޝްވަރާއަށް ފަހު ނިންމީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއި ވޯޓާސް ލިސްޓާ ގުޅޭ ބައެއް ކަންކަމާ މިއަދު މަޝްވަރާކުރީ،" އަކްރަމް ވިދާޅުވި އެވެ.

މަޖިލިސް 2019ގެ ގައުމީ ލަފާދޭ ކޮމިޓީގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއް ވެސް ހިމެނެ އެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ފަރާތުން ބޭފުޅަކު ވަޑައެއް ނުގަންނަވަ އެވެ. އަކްރަމް ވިދާޅުވީ ބައްދަލުވުމުގައި 26 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އޭޕްރިލް ހައެއްގަ އެވެ.