25 ޖެނުއަރީ 2019
މި އަހަރު ބޭއްވި 76 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު ހޯދި ފިލްމު "ބޮހީމިއަން ރާޕްސޮޑީ" ގެ ޑައިރެކްޓަރު ބްރަޔަންގެ ސިންގާގެ މައްޗަށް އަނެއްކާ ވެސް ޖިންސީ ގޯނާގެ އިތުރު ތުހުމަތުތަކެއްކޮށްފި އެވެ.
މި އަހަރު ބޭއްވި 76 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު ހޯދި ފިލްމު "ބޮހީމިއަން ރާޕްސޮޑީ" ގެ ޑައިރެކްޓަރު ބްރަޔަންގެ ސިންގާގެ މައްޗަށް އަނެއްކާ ވެސް ޖިންސީ ގޯނާގެ އިތުރު ތުހުމަތުތަކެއްކޮށްފި އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ސިންގާގެ މައްޗަށް ވަނީ 2003 ގައި 17 އަހަރުގެ ފިރިހެން ކުއްޖަކާ ބެހުނު ކަމަށް ތުހުމަތުކޮށްފަ އެވެ. އެކަމާ ގުޅިގެން ހޮލީވުޑުން އޭނާ ވަރަށް ބޮޑަށް އެހަކެރިވެފައި ވަނިކޮށް މި ފަހަރު ވެސް ބްރަޔަންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ ފިރިހެނުންތަކެކެވެ.
އެޓްލާންޓިކް ނޫހުން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ބްރަޔަންގެ މައްޗަށް މި ފަހަރު ތުހުމަތުކުރި ތިން މީހުން ބުނެފައިވާ ގޮތުގައި އެ މީހުން އޭނާގެ ޝިކާރައަކަށްވީ 90 ގެ އަހަރުތަކުގައި އެ މީހުންގެ ފުރާވަރުގަ އެވެ.
އޭގެ ތެރެއިން އެކަކު ކަމަށްވާ ވިކްޓާ ވަލްޑޮވިނޯސް ބުނި ގޮތުގައި އޭނާގެ އުމުރުން އެންމެ 13 އަހަރުގައި ޖިންސީ ގޯނާއާ ކުރިމަތިވީ ބްރަޔަން 1998 ގައި ޑައިރެކްޓް ކުރި ފިލްމު ފިލްމު "އެޕްޓް ޕިއުޕިލް" ގައި އެކްސްޓްރާއެއްގެ ގޮތުގައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގަ އެވެ.
އަނެއް ދެ މީހުންގެ އަސްލު ނަން ހާމަކޮށްފައި ނުވާ އިރު، އޭގެ ތެރެއިން "އެންޑީ" ބުނީ އޭނާ އަށް ބްރަޔަން ޖިންސީ ގޯނާ ކުރި އިރު އުމުރަކީ 15 އަހަރު ކަމަށެވެ. "އެރިކް" ބުނި ގޮތުގައި އޭނާގެ އޭރުގެ އުމުރަކީ 17 އެވެ.
ތިން މީހަކު ކުރި ތުހުމަތުތަކަށް ބްޔަރަން ވަނީ އިންކާރުކޮށްފަ އެވެ. އޭނާގެ ވަކީލު އެންޑްރޫ ބްރެޓްލާ ވިދާޅުވި ގޮތުގައި އެ ތުހުމަތުތަކަކީ ބަޔަކު މީޑިއާގެ ސަމާލުކަން ހޯދަން ކުރާ ހަގީގަތެއް ނެތް ތުހުމަތުތަކެކެވެ.
އޭނާ އަދި ތުހުމަތު ކުރި ގޮތުގައި ބައެއް ނޫސްތަކުން އެފަދަ ވާހަކަތައް ފަތުރަނީ އެފަދަ ތަންތަނުގައި މަސައްކަތް ކުރާ އަހުލާގީ ގޮތުން ދަށް ފެންވަރުގެ ނޫސްވެރިންނެވެ.
Bryan Singerge riheyfai maccha foi
އުމުރުން 52 އަހަރުގެ ޑައިރެކްޓަރަށް ރޭޕްގެ މައްސަލައެއްގައި ވަނީ ދައުވާކޮށްފައި.
Mihaaru
ބްރަޔަންގެ މައްޗަށް އަލުން ވަނީ ޖިންސީ ގޯނާހެ ތުހުމަތުތަކެއްކޮށްފައި.
ދެހާސް ސަތާރައިގައި ބްރަޔަންގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭރު އޭނާ ޝޫޓް ކުރަމުން ދިޔަ "ބޮހީމިއަން ރާޕްސޮޑީ" ގެ ޝޫޓިިންތަކަށް ވެސް ނުގޮސް ހުއްޓައިލުމުން އޭނާ ފިލްމުގެ ޑައިރެކްޓަރުކަމުން ވަކި ވެސް ކުރި އެވެ. އެކަމަކު މިދިޔަ އަހަރު ފިލްމު ރިލީޒް ކުރީ ބްޔަރަން އަށް ޑައިރެކްޓަރުގެ ކްރިކެޑް ދީފަ އެވެ.
އަންނަ މަހު ބާއްވާ 91 ވަނަ އޮސްކާ އެވޯޑްސްގައި "ބޮހީމިއަން ރާޕްސޮޑީ" އަށް ފަސް ނޮމިނޭޝަންސް ލިބިފައިވެ އެވެ.
އޭގެ ތެރޭގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު އެޑިޓިން، އެންމެ މޮޅު ސައުންޑް މިކްސިން، އެންމެ މޮޅު ސައުންޑް އެޑިޓިން އަދި ގޯލްޑެން ގްލޯބްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދި ރަމީ މާލިކް އަށް ލިބުނު އެންމެ މޮޅު ބަތަލުގެ އޮސްކާ ނޮމިނޭޝަން ހިމެނެ އެވެ.
ސްޕޭސީ 31 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
ޖަލުގައި އޮތް ވައިންސްޓީންގެ ފިލްމަކީ "ޝީ ސެޑް"
ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސްޕޭސީ އަށް ފިލްމެއް
އެކްޓަރު ކެވިން އަށް ޖިންސީ ގޯނާގެ ތުހުމަތު
އެކްޓަރު ޑެނީގެ މައްޗަށް ރޭޕްގެ ތިން ދައުވާއެއް
ތުހުމަތުތަކެއްކޮށް ރޮބަޓް ޑި ނީރޯ އަށް ދައުވާކޮށްފި
"ފާސްޓް" ގެ ޑައިރެކްޓަރަށް ޖިންސީ ގޯނާގެ ތުހުމަތު
ކޭޓީ ޕެރީ އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި
ތުހުމަތުތަކަކާ އެކު ވޯނާ ބްރޮސްގެ ސީއީއޯ އިސްތިއުފާ ދީފި
"މޮންގާ"ގެ ޑައިރެކްޓަރަށް ބޮޑު ހުކުމެއް އަތުވެދާނެ