30 ސެޕްޓެމްބަރ 2019
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ "ދަ ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ރޮބް ކޮއެންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ "ދަ ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ރޮބް ކޮއެންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.
މީޑިއާތަކުން ބުނިގޮތުގައި އުމުރުން 70 އަހަރުގެ ޑައިރެކްޓަރު، އަންހެނަކަށް ޖިންސީ ގޯނާކުރީ 2015 ގަ އެވެ. އަސްލު ނަން ހާމަކޮށްފައި ނުވާ އަންހެން މީހާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނިގޮތުގައި ރޮބްގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނީ ޓީވީ ޕްރޮޖެކްޓަކާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރުމަށް ރޮބްގެ ފަރާތުން ލިބުނު ދައުވަތެއްގައި ދިއުމުން އެމެރިކާގެ މެންހަޓަންގެ ހޮޓަލެއްގަ އެވެ.
ޖޭން ކިޔައިދީފައިވާ ގޮތުން ބައްދަލުވުމަށް ދިއުމުން ރޭގަނޑުގެ ކެއުމަކަށްދާން ރޮބް ދައުވަތު ދިނެވެ. އޭގެ ފަހުން އެހެން ހޮޓަލެއްގެ ބާ އަށް ދާން ދައުވަތު ދިނުމުން، ކޮންމެވެސް ވަރެއްގެ ފަސްޖެހުމެއް ހުރި ނަމަވެސް އަމިއްލަ ކެރިއަރަށްޓަކައި އެ ދައުވަތު ގަބޫލުކޮށް ދިޔައީ އެވެ.
ޖޭން ބުނިގޮތުގައި ރޮބް ޖިންސީ ގޯނާކުރިކަން އެނގުނީ ޖެހިގެން އައި ދުވަހު ހެނދުނު ހޭލެވުނު އިރު ހޮޓަލުގެ ކޮޓަރީގެ އެނދުމަތީގައި ބަރަހަނާ ހާލުގައި އޮތުމުންނެވެ. އަދި އެކަމެއް ހިނގީ އޭނާ މަސްތުގެ ހާލަތުގައި އޮއްވައި ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ދެ ކައިވެނި ރޫޅިފައިވާ ރޮބްގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ދެހާސް އެއް ވަނަ އަހަރު "ފާސްޓް އެންޑް ފިއުރިއަސް" ގެނެސްދިން ޑައިރެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ދަ ހަރިކޭން ހެއިސްޓް" އެވެ.
ސްޕޭސީ 31 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
ޖަލުގައި އޮތް ވައިންސްޓީންގެ ފިލްމަކީ "ޝީ ސެޑް"
ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސްޕޭސީ އަށް ފިލްމެއް
އެކްޓަރު ކެވިން އަށް ޖިންސީ ގޯނާގެ ތުހުމަތު
އެކްޓަރު ޑެނީގެ މައްޗަށް ރޭޕްގެ ތިން ދައުވާއެއް
ތުހުމަތުތަކެއްކޮށް ރޮބަޓް ޑި ނީރޯ އަށް ދައުވާކޮށްފި
ކޭޓީ ޕެރީ އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި
ތުހުމަތުތަކަކާ އެކު ވޯނާ ބްރޮސްގެ ސީއީއޯ އިސްތިއުފާ ދީފި
"މޮންގާ"ގެ ޑައިރެކްޓަރަށް ބޮޑު ހުކުމެއް އަތުވެދާނެ
"ބޮހީމިއަން ރާޕްސޮޑީ" ގެ ޑައިރެކްޓަރަށް އިތުރު ތުހުމަތުތަކެއް