އެންމެ ޒަމާނީ ފެންވަރަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ އަކުއާ ވީޓާ ރެޒިޑެންސީގެ މަސައްކަތްތައް އަންނަނީ ބާރަށް ކުރިޔަށެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެޕާޓްމަންޓްތަކުގެ ފައުންޑޭޝަންގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ހުޅުމާލޭގައި ދުވާ ޓްރެކް އަޅާފައިވާ ދަނޑުގެ އުތުރު ފަރާތުގައި އޮތް ހުސް ބިމުގައި ހަދާ އެޕާޓްމަންޓްގެ ޑިޒައިން ލޯންޗްކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ޑިޒައިން ލޯންޗުކުރުމާ އެކު އާންމުންގެ ބޮޑު ސަމާލުކަމެއް މި އެޕާޓްމެންޓްތަކަށް ލިބުނެވެ.

އަކުއާ ވީޓާގެ ސްވިމިން ޕޫލް
މިތަން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަމަށް ބަލައިގެންނެވެ. މި އެޕާޓްމެންޓް ކޮމްޕްލެކްސް 14 ބުރި އަށް ނަގާއިރު ހާއްސަ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން ހުރިހާ އެޕާޓްމަންޓްތަކެއް އެއަ ކޮންޑިޝަންކޮށްފައި ވުމުގެ އިތުރުން ހުންނާނީ ލަކުޑި ޕްލޯރިން އަޅައިފަ އެވެ. މީގެ އިތުރުން ޕާކު ކުރުމަށް ވަކި ސަރަހައްދެއް ކަނޑައެޅުމުގެ އިތުރުން ސްވިމިން ޕޫލާއި ޖިމަކާއި ކްލަބް ހައުސްގެ އިތުރުން ޕާޓީތަކަށް ހާއްސަ ސަރަހައްދެއް ވެސް އޮންނާނެ އެވެ.
އަކުއާ ވީޓާގެ އެޕާޓްމެންޓްތަކުގެ ބަދިގެ އޭރިޔާ ހަދާނެ ގޮތުގެ މޮޑެލް
ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އަޔެންކާ ހޯލްޑިން އާއި އެންޕީއެޗުން ގުޅިގެން، ހުޅުމާލޭގައި ތަރައްގީކުރާ ޒަމާނީ އެޕާޓްމަންޓް ކޮމްޕްލެކްސްގައި 104 އެޕާޓްމަންޓް ހުންނާނެ އެވެ. އެއީ ކޮންމެ ފަންގިފިލާއެއްގައި އަށް އެޕާޓްމަންޓް ހިމެނޭ ގޮތަށެވެ.
މި އެޕާޓްމެންޓްތައް 2020 ވަނަ އަހަރުގެ މާޗު މަހު ނިންމާލެވޭނެ ކަމަށް، ޕްރޮޖެކްޓް ހިންގާ ކުންފުނިން ބުނެ އެވެ. އެހެންވެ މިހާރުވެސް ބުކް ކުރުމަށް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން، ބުކިން ފީއެއްގެ ގޮތުގައި 50،000ރ. ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ދިވެހިންގެ އިތުރުން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ލީސް ކުރުމަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ބެޑްރޫމް ހުންނާނެ ގޮތް ދައްކުވާދޭ މޮޑެލް ކުރެހުން
އަކުއާ ވީޓާގެ އެޕާޓްމަންޓްތަކުގެ ތެރެއިން ތިން ރޫމާއި މެއިޑް ރޫމާ އެކު އެޕާޓްމެންޓްތަކުގެ އަގު ފެށެނީ 3.9 މިލިއަން ރުފިޔާއިންނެވެ. އަދި ދެ ރޫމާއި އެއް މެއިޑް ރޫމާ އެކު އެޕާޓްމަންޓްތަކުގެ އަގު ފެށެނީ 3.1 މިލިއަން ރުފިޔާއިންނެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު 7708866 ނުވަތަ 7388866 އަށް ގުޅައިގެން ހޯދޭނެ އެވެ.
އަންޑާޕޫލް ވިލާ: ތަފާތު ގޮތަކަށް އަގުހެޔޮ ފްލެޓެއް
ފްލެޓްތަކުގެ އަދަދަށް ވުރެ ޝަކުވާ ދެ ގުނަ އިތުރު
ފްލެޓް ލިސްޓަށް 5000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ
ސައުދީ ފަންޑު ލޯނުގައި 400 ފްލެޓު މަޝްރޫއު ފަށައިފި
ސައޫދީ ފަންޑާ އެކު މުހިންމު ދެ އެއްބަސްވުމެއް!
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ކައުންސިލުން އެހީވަނީ
ފްލެޓް ލިސްޓަށް 2،800 އަށްވުރެ ގިނަ ޝަކުވާ
ފްލެޓް ލިސްޓަށް ޝަކުވާގެ މުއްދަތު އިތުރުކޮށްފި
ބިންވެރިޔާ ސްކީމުގެ މައްސަލަތައް ފުލުހަށް ހުށަހަޅައިފި
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ