08 ޖެނުއަރީ 2019
އިންޑިއާއިން 2017 ގައި ފޮނުވި ސެޓެލައިޓުން ރާއްޖެއަށް ދޫކޮށްފައިވާ ޖާގަ އެންމެ ފުރިހަމައަށް ބޭނުން ކުރުމަށް އަޅަންޖެހޭ ގްރައުންޑް ސްޓޭޝަން އެޅުމާ ބެހޭ ގޮތުން އެގައުމާ މަޝްވަރާކޮށްފި އެވެ.
އިންޑިއާއިން 2017 ގައި ފޮނުވި ސެޓެލައިޓުން ރާއްޖެއަށް ދޫކޮށްފައިވާ ޖާގަ އެންމެ ފުރިހަމައަށް ބޭނުން ކުރުމަށް އަޅަންޖެހޭ ގްރައުންޑް ސްޓޭޝަން އެޅުމާ ބެހޭ ގޮތުން އެގައުމާ މަޝްވަރާކޮށްފި އެވެ.
ގްރައުންޑް ސްޓޭޝަންތައް އެޅުމާ ބެހޭ ގޮތުން އިންޑިއާގެ ބައެއް ނޫސްތަކުން ފެތުރި ޚަބަރަކާ ގުޅިގެން "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ އެ މަޝްވަރާތައް ހަފުތާއެއްހާ ދުވަސް ކުރިން ފަށާފައިވާ ކަމަށާއި ނަމަވެސް އަދި ވަކި ގޮތެއް ނުނިމޭ ކަމަށެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ ސެޓެލައިޓާ ގުޅޭ ބޮޑެތި ފަސް ގްރައުންޑް ސްޓޭޝަން، ސަރަހައްދުގެ ފަސް ގައުމެއްގައި އަޅަން އިންޑިއާއިން ނިންމާފައިވާ ކަމަށާއި އެއީ ޗައިނާއިން މިސަރަހައްދަށް ފަތުރާ ނުފޫޒަށް ހުރަސްއަޅަން ކަމަށެވެ.
ނަމަވެސް އިލްޔާސް ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން އިންޑިއާއިން ފޮނުވާފައިވާ ސެޓެލައިޓުން ރާއްޖެއަށް ދީފައިވާ ޖާގަ (ޓްރާންސްޕޮންޑާ) އަކީ އިންޑިއާގެ ދީލަތި އެހީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ދެކެނީ އެއީ އިންޑިއާއިން ދިން ދީލަތި އެހީއެއްގެ ގޮތުގައި. ގްރައުންޑް ސްޓޭޝަން އެޅުމާ މެދު މަޝްވަރާތައް ކޮށްފައި ވަނީ. އެކަމަކު އަދި އެ މަޝްވަރާތައް މުޅިން ނުނިމޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސެޓެލައިޓުން ރާއްޖެއަށް ދީފައިވާ ޖާގަ އެންމެ ފުރިހަމައަށް ބޭނުން ކުރެވޭނީ ގްރައުންޑް ސްޓޭޝަން ހަދައިގެން ކަމަށެވެ. ނަމަވެސް އެ ސްޓޭޝަން ގާއިމް ނުކުރެވުނަސް ކުދި ޓާމިނަލްތަކެއް އަޅައިގެން ވެސް ހިދުމަތް ބޭނުންކުރެވޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިންޑިއާގެ "ޖީސެޓް-9" ސެޓެލައިޓްގެ ބޭނުންކޮށްގެން އިމާޖެންސީ ކޮމިއުނިކޭޝަން ހިދުމަތް ދޭނެ 30 ޓާމިނަލެއް ރާއްޖޭގެ އެކި ސަރަހައްދުގައި އަޅަމުން އަންނަ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އެ ޓާމިނަލްތައް އަޅަނީ ޔޫއެންޑީޕީގެ އެހީގަ އެވެ.
"އެ ޓާމިނަލްތައް ނިމުމުން، ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްދޭ ކުންފުންޏަކުން ދޭ ހިދުމަތް މެދު ކެނޑޭ ހާލަތެއްގައި ވެސް އެ ތަންތަން ބޭނުންކޮށްގެން ހިދުމަތް ދެވޭނެ. އެއީ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މިހާރު ހަދަމުން އަންނަ ޓާމިނަލްތައް އަޅަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ވެރިރަށްތަކާއި ބައެއް ބޮޑެތި ރަށްތަކާއި މާލެ ގުޅުވައިލެވޭނެ ގޮތަކަށެވެ.
"މިހާރު އަދި އެ ޓާމިނަލްތައް އަޅާނީ ވެރިރަށްތަކާއި ބައެއް ބޮޑެތި ރަށްތަކުގައި. އެކަމަކު އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ބައެއް ރިސޯޓްތަކުގައި ވެސް ގާއިމް ކުރަން،" އިލްޔާސް ވިދާޅުވި އެވެ.
އިންޑިއާގެ ސެޓެލައިޓްގެ ހިދުމަތް ރާއްޖޭގެ އިތުރުން ސްރީލަންކާ،ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާނަށް ވެސް ވަނީ ދީފަ އެވެ. އެ ސެޓެލައިޓުގައި މުއާސަލާތުގެ ހިދުމަތަށް ބޭނުންކުރެވޭ 12 ކޭޔޫ ޓްރާންސްޕޮންޑާ ހިމެނެ އެވެ. އިންޑިއާގެ މި އެހީގައި ބައިވެރިވާ ކޮންމެ ގައުމަކަށް މަދުވެގެން އެއް ޓްރާންސްޕޮންޑާ ލިބޭނެ އެވެ.
އިންޑިއާއިން އޭރު ބުނީ ބިންމަތީގައި ގާއިމުކުރަންމުވާސަލާތީ ޚިދުމަތުގެ އިތުރުން ގުދުރަތީ ކާރިސާތައް ހިނގައިގެން އުޅޭއިރު އެއް ގައުމުން އަނެއް ގައުމަށް ބޭނުންވާ މުހިއްމު ގުޅުންތަކަށް ވެސް އެ ސެޓެލައިޓް އެހީއަކަށް ވާނެ ކަމަށެވެ.
އަވަށްޓެރި ގައުމުތަކަށް އިންޑިއާގެ ހަދިޔާ: ސެޓެލައިޓެއް
އިންޑިއާގެ ސަފީރު، ރައީސަށް ވަދާއީ ޒިޔާރަތްކުރައްވައިފި
ޑޮލަރު ފޮނުވުމުގައި ހައްލަކަށް އިންޑިއާއިން އެދިއްޖެ
މަދުވީ އެސްޓީއޯގެ ހަކުރު ކޯޓާއިން ބައެެއް
ފައިސާ ބޭނުންކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
އިންޑިއާއިން 1.6 ބިލިއަން ރުފިޔާގެ ހިލޭ އެހީ
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ބްރިޖު ލަސްވެއްޖެ، މުއްދަތު އިތުރު ނުކުރެވޭނެ
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ޔޫޕީއައި ތައާރަފުކުރަން ކޮންސޯޓިއަމެއް ގާއިމުކުރަނީ