Roadha Mihaaru
ދަރިވަރުންނަކީ މަކުނުންތަކެއް ކަމަށް ބުނި ޓީޗަރަކު ސަސްޕެންޑް

ދަރިވަރުން މަކުނުންތަކެއްގެ ގޮތުގައި ސިފަކުރި ޓީޗަރަކު ސަސްޕެންޑްކޮށްފި

07 ޖެނުއަރީ 2019

އެމެރިކާގެ ވޮޝިންޓަންގެ އެލެމެންޓްރީ ސްކޫލެއްގެ ދަރިވަރުންތަކެއް ރާމާމަކުނުންތަކެއްގެ ގޮތުގައި ސިފަކުރި ޓީޗަރަކު އަދަބެއްގެ ގޮތުން ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ވޮޝިންޓަންގެ އެލެމެންޓްރީ ސްކޫލެއްގެ ދަރިވަރުންތަކެއް ރާމާމަކުނުންތަކެއްގެ ގޮތުގައި ސިފަކުރި ޓީޗަރަކު އަދަބެއްގެ ގޮތުން ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވޮޓްސަން އިލެމެންޓްރީ ސްކޫލްގެ އަންހެން ޓީޗަރަކު ދަރިވަރުން މަކުނުންތަކެއްގެ ގޮތުގައި ސިފަކޮށްފައި ވަނީ ފޭސްބުކް ސްޓޭޓަސްއެއްގަ އެވެ. އޭނާ ކިޔަވައިދޭ ކުލާހެއްގެ ދަރިވަރުންތަކަކަށް ނިސްބަތްކޮށް ބުނެފައި ވަނީ "ޒުލަށް މަކުނުތައް މިއަދު ޖަމާވެއްޖެ" ކަމަށާއި "މަކުނުން ތަމްރީނު ނުކުރެވޭނެ" ކަމަށެވެ.

"މަކުނުން ތަމްރީނުކޮށްކޮށް އަހަރެން ވަރުބަލިވެއްޖެ. މިކަމެއް ނުވާނެ. މިއީ ވަރަށް އުނދަގޫ ކަމެއް،" ފިނި މޫސުމުގެ ޗުއްޓީ އަށް ފަހު އަލުން ސްކޫލް ހުޅުވި ދުވަހު ޓީޗަރު ލިޔުނު ސްޓޭޓަސްގައި ބުންޏެވެ.

މި ސްޓޭޓަސްގެ މައްސަލަ ހޫނުވުމުން ޓީޗަރު ވަނީ އެ ޑިލީޓްކޮށްލައިފަ އެވެ. އަދި މި މައްސަލަ ބަލަމުންދާތީ ވޮޓްސަން އިލެމެންޓްރީ ސްކޫލުން އޭނާ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ކަމަށް އާކަންސަސް ޑިމޮކްރެޓިކް-ގެޒެޓުން ބުންޏެވެ. އެކަމަކު އެއީ މުސާރަ ލިބޭ ގޮތަށެވެ.

މިކަމާ ގުޅިގެން އާކަންސަސްގެ ލިޓްލްރޮކް ޑިސްޓްރިކްޓްގެ ތަރުޖަމާނު ޕަމާލޭ ސުމިތު ބުނީ ދަރިވަރުން މަކުނުންތަކެއްގެ ގޮތުގައި ސިފަ ކުރި ޓީޗަރުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި އެ އެކަން އިތުރަށް ބެލުމަށް ފަހު، އޭނާއާ ދޭތެރޭ އިތުރު ފިޔަވަޅެއް އަޅަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށް ބުންޏެވެ.