މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމް، އައިސް ޓީވީގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވައި ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް މަގާމަގާ ހަވާލުވެވަޑައިގެންފި އެވެ.
06 ޖެނުއަރީ 2019
މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމް، އައިސް ޓީވީގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވައި ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް މަގާމަގާ ހަވާލުވެވަޑައިގެންފި އެވެ.
މޫސަ އައްޔަން ކޮށްފައި ވަނީ އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރަށެވެ.
އައިލެންޑް އޭވިއޭޝަނުގެ މައުލޫމާތުތައް ހިއްސާ ކުރާ ޑިޕާޓްމަންޓުގެ ވެރިއަކަށް އައްޔަންކޮށްފައިވާ މޫސަ ވަނީ 2015 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ނޫސްވެރިކަމުގެ ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.
We are pleased to welcome @MoosaWaseem as our new PR & Communications Manager. Our hearty congratulations and a warm welcome to the IAS family! pic.twitter.com/CUeCexC8Fa
— Maldivian (@MaldivianAero) January 6, 2019
މޫސަ ވިދާޅުވި ގޮތުގައި އައިލެންޑް އޭވިއޭޝަންއާ ގުޅިވަޑައިގަތަސް ޕްރެޒެންޓަރެއްގެ ގޮތުގައި އޭނާ ފެންނާނެ އެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ ޝޯ، މޯލްޑިވިއަން އައިޑޮލްގެ ހުށަހެޅުންތެރިޔާ މޫސަ، ޓީވީއެމްގައި 13 އަހަރު މަސައްކަތް ކުރެއްވި އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އައިސްޓީވީއާ ގުޅިވަޑައިގަތީ ޓީވީއެމުން ވަކިވެވަޑައިގެންނެވެ.
އުންމީދަކީ އަގުހެޔޮ ޓިކެޓް އެންމެނަށްލިބުން: އައިއޭއެސް
ޕައިލެޓުންގެ 4 މަގާމަށް 100 އެއްހާ މީހުން
ޗައިނާއަށް މޯލްޑިވިއަނުން އަގު ހެޔޮ ދަތުރުތަކެއް
މޯލްޑިވިއަންއިން އެފްއައިޓީ ފެއާގެ އަގު ހެޔޮކޮށްފި
ފެބްރުއަރީގައި ތޮއްޑު އަށް ސީޕްލޭން ފަށަނީ
ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި
މޯލްޑިވިއަންއަށް ތިން މިލިއަން ދޭން އެމްޑީޕީއަށް ހުކުމް
މޯލްޑިވިއަންގެ ބޯޓުތަކުގައި ތާނައިން ރާއްޖޭގެ ނަން
ޓިކެޓު ބުކްކުރާއިރު އައިޑީ/ޕާސްޕޯޓު ބޭނުމެއް ނުވާނެ
އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ޓެސްޓުކޮށްފި