އިސްލާމީ މަރުކަޒު ކައިިރިން ބަންދުކޮށްފައިވާ އަމީރު އަހުމަދު މަގު މިއަދު ހަވީރު އާންމު ދަތުރުފަތުރުތަކަށް ހުޅުވާލަން ނިންމައިފި އެވެ.
31 ޑިސެމްބަރ 2018
އިސްލާމީ މަރުކަޒު ކައިިރިން ބަންދުކޮށްފައިވާ އަމީރު އަހުމަދު މަގު މިއަދު ހަވީރު އާންމު ދަތުރުފަތުރުތަކަށް ހުޅުވާލަން ނިންމައިފި އެވެ.
އެ މަގު ހުޅުވުމާ އެކު، ކުރިން ވެސް އޮތް ގޮތަށް ހުޅަނގުން އިރަށް އެ މަގުން ދުއްވޭނެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު މިއަދު ވިދާޅުވީ އަމީރު އަހުމަދު މަގު ހުޅުވާލަނީ މާލޭގެ މަގުތަކަށް ދިމާވާ ޓްރެފިކްގެ މައްސަލަތައް ކުޑަކުރުމަށް ކަމަށެވެ. އެ މަގު ހުޅުވާލުމުން، މާފަންނުން ހެންވޭރަށް ދާން ބޭނުންވާ މީހުންނަށް ފަސޭހަވެގެންދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މަގު ހެދުމުގެ އަމަލީ މަސައްކަތް ކުރީ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނެވެ. އެ މަގު ހުޅުވުމުން އެތަން ދެން ބަލަހައްޓާނީ މާލެ ސިޓީ ކައުންސިލުންނެވެ.
އަމީރު އަހުމަދު މަގު ނިންމާފައި. --މިހާރު ފޮޓޯ
އާއްމު ދަތުރުފަތުރުތަކަށް އެތަން ހުޅުވާލުމަށް މަގު ފުޅާކޮށް، އެ މަގުގެ ތިން ދިމާލެއްގައި ކަފިހި ހުރަސް ފާހަގަކޮށްފައިވެ އެވެ. އެއީ އަމީރު އަހުމަދު މަގަށް ވަންނަ ޗާންދަނީ މަގާ ދިމާލާއި މަގުގެ މެދުގައި އަދި ބަންޑާރަ ކޮއްޓާ ދިމާލުގަ އެވެ.
އަމީރު އަހުމަދު މަގުގައި މީގެ ކުރިން ހުރީ މާބުލް ޖަހައި ބަންދުކޮށްފަ އެވެ. އެހެންވެ މަގު ހުޅުވާލުމަށް މާބުލްތައް ނަގައި އެތަން ވަނީ ތަޅާލައިފަ އެވެ.
މާލޭގެ މަގުތަކުގެ ހާލަތު ބަލައި، ހުޅުވާލަން ޖެހޭ މަގުތައް 90 ދުވަހުގެ ތެރޭގައި އަލުން ހުޅުވައިލާނެ ކަމަށް ސަރުކާރުން ވަނީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އިއުލާނުކޮށްފަ އެވެ. އެއީ އަލަށް އުފެއްދި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
"ގަރާޖުތައް ކައުންސިލަށް ހަވާލުކުރީ އެންގުމެއް ނެތި"
ކުއްޔަށް ދިން ޕާކިން ސްލޮޓްތައް އާއްމުންނަށް ހުޅުވާލަނީ
ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް މެދުކެނޑިއްޖެ
އާރުޓީއެލް ފެރީ ބ.އަތޮޅުގައި އަންނަ ހަފުތާގައި ފަށަނީ
ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރަން ހުއްދަ ނަގަންޖެހޭ
ރ. އަތޮޅުގެ އާރުޓީއެލް ފެރީގެ އަގުތައް އާންމުކޮށްފި
މަނާ ވަގުތު ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާ
ޓެކްސީލައިނަށް ބިމެއް، އޮގަސްޓް މަހު ހިދުމަތް ފަށަނީ
އާރުޓީއެލްއަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ
"އިމްތިހާނާ ނުލައި ލައިސަންސް ދެނީ ފަސޭހަކޮށްދޭން"