ރަށު ޕިކަޕާއި ސައިކަލް ދުއްވުމަށް، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސެންސެއް ދޭގޮތަށް ގަވާއިދު އިސްލާހު ކުރީ އެމީހުންނަށް ފަސޭހަކޮށްދިނުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
15 އެޕްރީލް 2025
ރަށު ޕިކަޕާއި ސައިކަލް ދުއްވުމަށް، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސެންސެއް ދޭގޮތަށް ގަވާއިދު އިސްލާހު ކުރީ އެމީހުންނަށް ފަސޭހަކޮށްދިނުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
މީގެ ކުރިން، 2021 ވަނަ އަހަރު ހަދާފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގައި، އުމުރުން ދުވަސްވީ މީހުން ހާއްސަ ލައިސެންސެއް ނެގޭ ގޮތަކަށް ނޯވެ އެވެ. އެ ގަވާއިދުގައި އޮތީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލައިސެންސް ދޫކުރުމުގެ އުސޫލެކެވެ.
އަލަށް ގެނައި އިސްލާހާ ގުޅޭގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 60 އަހަރުގެ މީހުންނަށް ބައެއް އުޅަނދު ދުއްވޭ ގޮތަށް ދޫކުރަން ނިންމާފައިވާ ހުއްދައާ ގުޅިގެން މިހާރު ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލުނުވާނެ ކަމަށެވެ.
އެ އިސްލާހުގެ ސަބަބުން އެއްވެސް ލައިސަންސެއް ބޭނުންކުރުމަށާއި އާންމު އުސޫލުގެ ތެރެއިން ދޫކުރާ ލައިންސަންސް ނެގުމާއި އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަހައްދެއްގައި ދުއްވުމަށް އެ އުމުރުފުރާގެ މީހުންނަށް ހުރަހެއް ވެސް ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ހާއްސަ ލައިސަންސް ހޯދުމަށް އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގަވާއިދުގައި ބަޔާންކުރާ އިމްތިހާނުތައް ވެސް ފުރިހަމަކުރާކަށް ނުޖެހެ އެވެ. މިއީ ވަކި ބާވަތްތަކެއްގެ އުޅަނދުތައް ދުއްވުމަށް އެމީހުންނަށް ފަސޭހަކޮށްދިނުމަށް ގެނެސްފައިވާ އިސްލާހެއް ކަމަށް ވެސް ބުންޏެެވެ.
"މި ހުއްދަ ތައާރަފުކުރުމުގެ މައިގަނޑު މަގްސަދަކީ އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގަވާއިދުގައި ބަޔާންކުރާ އިމްތިހާނުތައް ފުރިހަމަކުރުމަކާ ނުލާ، އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ އުމުރުން 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް އަތޮޅުތެރޭގެ ރަށްރަށުގައި މި ހުއްދައިގެ ދަށުން ވަކި ބާވަތްތެއްގެ އުޅަނދުތައް ދުއްވުމަށް ގަވާއިދުގެ ތެރެއިން ފަސޭހަކޮށްދީ މަގުފަހިކޮށްދިނުމެވެ،" އެ ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ވަނީ މި ގެނެސްފައިވާ ބަދަލުގެ މަގްސަދު ގެއްލޭ ގޮތަށް ޕޯސްޓަރުތަކާއި އާޓިކަލްތައް ނުފެތުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
އެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން 60 އަހަރުން މަތީގެ މީހުން ވަކި ހާއްސަ ލައިސަންސެއް ނެގިދާނެ އެވެ. އަދި އެ ލައިސެންސް ދޭނީ ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ކަމަށާއި އެ ޕްރޮގްރާމްގައި ޓްރެފިކްގެ ގަވާއިދުތައް ކިޔައިދޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހުގައިވާ ގޮތުން އުމުރުން ދުވަސްވީ މީހުންގެ ލައިސެންސްގައި ދުއްވޭނީ 60 ސީސީ އިން ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް އަދި އުޅަނދުތައް އެކަންޏެވެ. އަދި އެފަދަ ލައިސަންސްގެ ދަށުން 60 އަހަރުން މަތީގެ މީހުންނަށް ދުއްވޭނީ ހަމައެކަނި އެ ލައިސެންސެއް ދޫކުރާ ރަށެއްގައި ކަމަށާއި އަދި ވެހިކަލް ދުއްވޭނީ ވެސް ހަމައެކަނި 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަންޖެހޭ މަގުތަކުގައި ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހުގައި ބުނީ އެ ލައިސެންސް ދޫކުރާނީ 10 އަހަރަށް ކަމަށެވެ. އަލުން ލައިސެންސް ދޫކުރާނީ ތަމްރީނު ފުރިހަމަކުރުމުންނެވެ. އަދި އެއް ފަހަރަށް ވުރެ ގިނައިން ގަވައިދާ ހިލާފުވެއްޖެނަމަ އެ ލައިސެންސް ބާތިލްކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް މާޗް މަހު ފަށާނެ: އަމީން
މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި ވެހިކަލް މަދުވެއްޖެ
ޖެޓްތަކުގެ މަންފާ ދިވެހިންނަށް ލިބޭ ގޮތަށް ހަދަނީ
"ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ ގޮތެއް ނުހަދާނެ"
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
ވެހިކަލް ލިމިޓުކުރަން ގާނޫނަށް އިސްލާހު ގެންނަނީ
ރާއްޖެ-ލަންކާއާ ދެމެދު އެއާ އެންބިއުލެންސް ފަށަނީ
މުޅިން އާ ކޮންސެޕްޓަކަށް އަލުން ޑޮމެއިން ވިއްކަންފަށަނީ
60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް
އުޅަނދު ގެނައުމުގެ ކުރިން ގަރާޖު ސިޓީ ދައްކަންޖެހޭ!