Roadha Mihaaru
އަލޯރާ އޮފީސް ފަރުނީޗަރުން ހާއްސަ ސޭލެއް

އަލޯރާ އޮފީސް ފަރުނީޗަަރު ފިހާރައިން ނިއު އިޔާ ސޭލެއް ފަށައިފި

25 ޑިސެމްބަރ 2018

މި އަހަރު ނިމުމާއި އާ އަހަރު ފެށުމާ ދިމާކޮށް އަލޯރާ އޮފީސް ފަރުނީޗަރު ފިހާރައިން ބޮޑު ސޭލެއް ފަށައިފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

މި އަހަރު ނިމުމާއި އާ އަހަރު ފެށުމާ ދިމާކޮށް އަލޯރާ އޮފީސް ފަރުނީޗަރު ފިހާރައިން ބޮޑު ސޭލެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި އެ ފިހާރައިން ވިޔަފާރިކުރާ ފަރާތްތަކަށް ޑިސްކައުންޓް ދޭނެ އެވެ. އެގޮތުން ޕާޗެސް އޯޑަރުތަކަށާއި ކާޑުން ކުރާ ވިޔަފާރިތަކަށް 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ނަގުދު ފައިސާއިން ވިޔަފާރިކުރާ ފަރާތްތަކަށް 25 ޕަސެންޓް ޑިސްކައުންޓް ދޭން ވަނީ ހަމަޖެހިފަ އެވެ.

ފެންވަރު ރަނގަޅު ފަރުނީޗަރު ވިއްކުމުގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި، އަލޯރާއިން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ އޮފީސްތަކުގައި ބޭނުންކުރާ ފަރުނީޗަރު އާކޮށްލުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

މި ސޭލްގެ ދަށުން އަލޯރާ އޮފީސް ފަރުނީޗަރު ފިހާރައިން ވިއްކާ ފަރުނީޗަރުން ބޮޑެތި ޑިސްކައުންޓް ދޭން ނިންމާފައިވާއިރު، ގިނަ ވަގުތު މަސައްކަތްކުރާ މީހުންނަށް ހާއްސަ ގޮނޑި ފަދަ ތަކެތި ހިމެނެ އެވެ.

އަލޯރާ އޮފީސް ފަރުނީޗަރަކީ މި ވިޔަފާރީގައި 13 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. އޮފީސްތަކަށް ހާއްސަ ސެޓަޕް، އޮފީސްތަކަށް ބޭނުންވާ ތިޖޫރީ، ކަބަޑު، ޝެލްފް ފަދަ ސްޓޯރޭޖް ގާއިމުކޮށްދިނުމުގެ ހިދުމަތްވެސް އަލޯރާ އޮފީސް ފަރުނީޗަރު ޝޯރޫމުން ދެއެވެ.

ރަސްރަނި ބަގީޗާ ކައިރީ ހުންނަ އަލޯރާ އޮފީސް ފަރުނީޗަރު ޝޯރޫމްގައި މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން، އަންނަ ޖެނުއަރީ 8 ގެ ނިޔަލަށެވެ.