Roadha Mihaaru
ޕޭން މެޓަލްގެ ލޯޔަލްޓީ ކާޑުން ބޮޑު ޑިސްކައުންޓެއް!

ޕޭން މެޓަލްގެ ލޯޔަލްޓީ ކާޑުން ބޮޑު ޑިސްކައުންޓެއް!

13 މާޗް 2019

ޕޭން މެޓަލް އިން ތައާރަފްކޮށްފައިވާ ލޯޔަލްޓީ ކާޑުން ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޕޭން މެޓަލް އިން ތައާރަފްކޮށްފައިވާ ލޯޔަލްޓީ ކާޑުން ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

ޕޭން މެޓަލް އިން "މެޓަލް ކާޑު"ގެ ނަމުގައި ލޯޔަލްޓީ ކާޑެއް ތައާރަފުކުރިތާ މިހާރު ތިން އަހަރު ވެއްޖެ އެވެ.

ސްޓެއިންލެސް ސްޓީލުގެ ކޮލިޓީ ރަނގަޅު އުފެއްދުންތަކަށް ހާއްސަކޮށްގެން ހުޅުވާފައިވާ ޕޭން މެޓަލް ފިހާރައިގެ، މި ކާޑު ބޭނުންކޮށްގެން އެ ފިހާރައިން 10 ޑިސްކައުންޓް ލިބޭނެ އެވެ. އެ ފިހާރައިގެ އިތުރުން ޕޭޝް އޯޝަން އިންޓަނޭޝަނަލްގެ އެހެން ފިހާރަތައް ކަމަށްވާ، އަލޯރާ ޕޭން ހޯމާއި އަލޯރާ އޮފީސް ފާނީޗާގެ އިތުރުން އޮޒާރޯ ހޯމްކެއާ އިން ފަސް ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.

މި ކާޑު ތައާރަފް ކުރުމުގެ ބޭނުމަކީ ކަސްޓަމަރުންގެ މެދުގައި ޕޭން މެޓަލް ފިހާރަ އަށް އޮންނަ އިތުބާރު ބޮޑުކޮށް، ހެޔޮ އަގެއްގައި ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މި ކާޑަށް އެޕްލައި ކުރުމަށްޓަކައި ޕޭން މެޓަލް އަށް ގޮސް ފޯމު ފުރާލުމުން ކާޑު ލިބޭނެ އެވެ.