Roadha Mihaaru
ޕްރޮކުއާ ޕްލަސްއިން ޑައިމޯ ބްރޭންޑްގެ ތަކެތި ރާއްޖެއައް

ޕްރޮކުއާ ޕްލަސް އިން ޑައިމޯ ބްރޭންޑްގެ އުފެއްދުންތައް ތައާރަފްކޮށްފި

10 ނޮވެމްބަރ 2021

އޮފީސް ސަޕްލައި އަދި ސްޓޭޝަނަރީ ވިއްކާ ޕްރޮކުއާ ޕްލަސް ފިހާރައިން "ޑައިމޯ" ބްރޭންޑްގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޮފީސް ސަޕްލައި އަދި ސްޓޭޝަނަރީ ވިއްކާ ޕްރޮކުއާ ޕްލަސް ފިހާރައިން "ޑައިމޯ" ބްރޭންޑްގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ޑައިމޯއަކީ އޮފީސްތަކަށް ބޭނުންވާ ތަފާތު ޕްރޮޑަކްޓަށް ވިއްކުމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި މަގްބޫލުކަން ހޯދާއިވާ ބްރޭންޑެކެވެ. މި ބްރޭންޑްގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކަށް ވުމުން އެ ބްރޭންޑްގެ ގިނަ އުފެއްދުންތަކެއް ޕްރޮކުއާ ފިހާރައިން ލިބޭނެ އެވެ.

އޭގެ ތެރޭގައި ލޭބަލް މޭކާ އާއި ޓޭޕާއި މޯބައިލް ރައިޓާ ފަދަ ތަކެތި ލިބޭނެ އެވެ. ޑައިމޯގެ މޯބައިލް ރައިޓާ ބޭނުންކޮށްގެން ލިޔެކިޔުންތައް ލޭބަލް ކުރުމާއި ފައިލް ކުރުމާއި އެޑްރެސް ލޭބަލް ކުރުމަށް އިތުރު ފަސޭހަތަކެއް ލިބޭނެ އެވެ.

މޯބައިލް ރައިޓާ އޮފީސް ކޮމްޕިއުޓަރަށް ކަނެކްޓް ކޮށްގެން ޕްރިންޓް ކުރެވޭނެ އެވެ. މިއީ ރީޓެއިލް ފިހާރަތަކާއި ހޮސްޕިޓަލްގެ މަސައްކަތްތައް އަވަސް ކޮށްލުމަށް ބޭނުން ކުރެވޭނެ އުފެއްދުމެކެވެ. މީގެ އިތުރުން ޑައިމޯ މޯބައިލް ލޭބަލާ އިން ބޭނުންވާ އެއްޗެއް ލޭބަލް ކޮށްލެވޭނެ އެވެ. މިސާލަކަށް ބަދިގޭގައި ބޭނުން ކުރާ ސާމާނުގައި ނަން ޖަހާލުމަށް މިއީ ބޭނުން ކުރެވޭނެ އުފެއްދުމެކެވެ.

މިފަދަ އިތުރު ޑައިމޯ ބްރޭންޑްގެ އުފެއްދުންތައް އެފިހާރައިން ލިބޭނެ އެވެ. ޕްރޮކުއާ ޕްލަސް ފިހާރަ ހުންނަނީ އަބަދަށް ފެހި މަގުގަ އެވެ.