Roadha Mihaaru
އީދު ހަދިޔާ ފޮނުވޭ ގޮތަށް ހޯމް ކިޗަންގެ ޕްރޮމޯޝަނެއް

އީދު ހަދިޔާ ފޮނުވޭ ގޮތަށް ހޯމް ކިޗަންގެ ޕްރޮމޯޝަނެއް

10 ޖޫން 2021

ބަދިގޭ ސާމާނަށް ހާއްސަ ހޯމް ކިޗަން ފިހާރައިން އީދު ހަދިޔާ ފޮނުވޭ ގޮތަށް "ސްޓޭ ހޯމް ބީ ސޭފް އީދު ޕްރޮމޯޝަން" ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބަދިގޭ ސާމާނަށް ހާއްސަ ހޯމް ކިޗަން ފިހާރައިން އީދު ހަދިޔާ ފޮނުވޭ ގޮތަށް "ސްޓޭ ހޯމް ބީ ސޭފް އީދު ޕްރޮމޯޝަން" ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

ހޯމް ކިޗަން އިން ބުނީ މިއީ ކޮވިޑްގެ އުނދަގޫ ހާލަތުގައި ހީނަރުވެފައިވާ އާއިލީ ގުޅުންތައް ބަދަހިކޮށްލުމަށް ހޯމް ކިޗަންއިން ތައާރަފްކުރި ޕްރޮމޯޝަނެއް ކަމަށެވެ. ކަސްޓަމަރުން ބޭނުންވާ ތިން އައިޓަމެއް އީދު ހަދިޔާ ޕެކޭޖެއްގެ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން މި ފިހާރައިން ގޭގެއަށާއި ބޯޓް ފަހަރުތަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. ޑެލިވަރީގެ ހިދުމަތް ދެނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ.

ހޯމް ކިޗަން

ހޯމް ކިޗަން

މި ޕްރޮމޯޝަންގެ ދަށުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި 1،000ރ. އަށް ވުރެ ގިނައިން ހޭދަކުރާ މީހުންނަށް އިތުރު ހަދިޔާއެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފޭސްބުކް ޕޭޖު މެދުވެރިކޮށް ނުވަތަ 7381717 އަދި 7281717 ނަންބަރަށް ގުޅައިގެން އޯޑަރު ދެވޭނެ އެވެ.

ހޯމް ކިޗަން އަކީ ސެލްޓެކްގެ ދަށުން ހިންގާ ފިހާރައެކެވެ. މި ފިހާރަ އިން ބަދިގެ އާއި ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނާނެ އެވެ. މި ފިހާރަ ހުޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.