Roadha Mihaaru
އަޔާދީ ތަކާފުލްގެ ހައްޖު ތަކާފުލް އަށް ބޮޑު ތަރުހީބެއް

އަޔާދީ ތަކާފުލްގެ ހައްޖު ތަކާފުލް އަށް ބޮޑު ތަރުހީބެއް

18 އޯގަސްޓް 2016

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލް އިން ހައްޖުވެރިންނަށް ހާއްސަކޮށްގެން ދޭ ހައްޖު ތަކާފުލް ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލް އިން ހައްޖުވެރިންނަށް ހާއްސަކޮށްގެން ދޭ ހައްޖު ތަކާފުލް ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހައްޖު ކޯޕަރޭޝަނުން މި މަހު 16-17 އަށް ދަރުބާރުގޭގައި ބޭއްވި ހައްޖުވެރިންގެ ޓްރޭނިން ޕްރޮގްރާމްގެ ބައިވެރިންނަށް މި ތަކާފުލް ނެގުމުގެ ހިދުމަތް ވަގުތުން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިއީ އެ ކުންފުނިން ހައްޖު މޫސުމާ ދިމާކޮށް ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އަޔާދީން ބުނެ އެވެ.

އަޔާދީގެ ހައްޖު ތަކާފުލް އަކީ 1،000ރ. ދައްކައިގެން އެއް ލައްކަ ރުފިޔާއާ ހަމައަށް ބަދަލު ލިބޭ، އިސްލާމީ ޝަރީއަތުގެ އަސާސްތަކާ އެއްގޮތްވާ ގޮތަށް ފަރުމާ ކޮށްފައިވާ ޕްލޭނެކެވެ.

މި ޕްލޭން ނަގާ ފަރާތްތަކަށް ޕާސްޕޯޓް ގެއްލިގެން ލިބޭ ގެއްލުމާއި ފައިސާ އާއި އަގުހުރި ތަކެތި ގެއްލިގެން ލިބޭ ގެއްލުމާއި ޗެކިން ކޮށްފައި ހުންނަ ލަގެޖު ފަދަ ތަކެތި ގެއްލިގެން ނުވަތަ ޗެކިން ކުރުމަށް ފަހު އަނބުރާ ލިބުމުގައި ލަސްވެގެން ދިމާވާ ގެއްލުން ފަދަ ކަންކަމަށް ބަދަލު ލިބޭނެ އެވެ. އަދި މި ޕްލޭންގެ ދަށުން ބޭސްފަރުވާގެ ހިދުމަތް ވެސް ހިލޭ ލިބޭނެ އެވެ.

"ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދާއިރު، މަދުން ނަމަވެސް ހިތާމަވެރި ހާދިސާތައް މެދުވެރިވޭ. އެހެންވެ، އަޔާދީ ތަކާފުލް އަދި ހައްޖު ކޯޕަރޭޝަނުން އިލްތިމާސް ކުރަނީ ހައްޖު ތަކާފުލް ސްކީމްގައި ބައިވެރިވެ، ދުރާލާ ރައްކާތެރިކަން ޔަގީން ކުރުމަށް،" އެ ބަޔާނުގައި ވެ އެވެ،

މި ޕްލޭން ނަގަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ފޯމާއެކު ޕާސްޕޯޓު ކޮޕީ އާއި ހައްޖު ކާޑު ކޮޕީ އަޔާދީ ތަކާފުލް އޮފީހަށް ނުވަތަ ހައްޖު ކޯޕަރޭޝަނަށް ހުށަހެޅުމުން ހިދުމަތް ލިބޭނެ އެވެ.