Roadha Mihaaru
އުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި

އަޔާދީ ތަކާފުލްގެ އުމްރާ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި

14 އޯގަސްޓް 2016

މިދިޔަ ރޯދަ މަހު އުމްރާ އަށް ދިޔަ މީހުންގެ ތެރެއިން އެލައިޑުގެ އިސްލާމިކް ވިންޑޯ، "އަޔާދީ ތަކާފުލް" އިން އުމްރާ ތަކާފުލް ނެގި މީހުންގެ މެދުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި މިއަދު އިނާމު ހަވާލުކޮށްފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

މިދިޔަ ރޯދަ މަހު އުމްރާ އަށް ދިޔަ މީހުންގެ ތެރެއިން އެލައިޑުގެ އިސްލާމިކް ވިންޑޯ، "އަޔާދީ ތަކާފުލް" އިން އުމްރާ ތަކާފުލް ނެގި މީހުންގެ މެދުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި މިއަދު އިނާމު ހަވާލުކޮށްފި އެވެ.

އަޔާދީ ތަކާފުލް އާއި ހައްޖު ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ހުށަހެޅި ތިން ހަރަމް އުމްރާ ދަތުރު ލިބުނީ ސަމީރާ އިބްރާހިމް އަށެވެ.

މިއަދު މޫކައި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެ އިނާމު އޭނާއާ ހަވާލުކޮށް ދެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އެވެ.

އާއްމު އުމުރާ ދަތުރުތަކަކާ ހިލާފަށް ތިން ހަރަމް އުމުރާގައި ގެފުޅުގެ އިތުރުން މުސްލިމުންގެ މުގައްދަސް ދެ މިސްކިތް ކަމަށްވާ މަސްޖިދުލް އަގްސާ އަދި މަސްޖިދުއް ނަބަވީ އަށް ގެންދާނެ އެވެ. މި ދަތުރުގައި އިސްލާމީ ތާރީހުގެ މުހިއްމު ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް ލިބެ އެވެ.

ހައްޖު ކޯޕަރޭޝަނާއި ޖަމާއަތްތައް މެދުވެރިކޮށް ހައްޖާއި އުމްރާ އަށް ދާ ފަރާތްތަކަށް "އަޔާދީ ތަކާފުލް" މެދުވެރިކޮށް އިންޝުއަރެންސްގެ ހިދުމަތް ހޯދުމުގެ ފުރުސަތު ލިބެ އެވެ.

އޭގެ ތެރޭގައި ހިމެނޭ އުމްރާ ތަކާފުލްގައި ބައިވެރިވެވެނީ 750ރ. ދައްކައިގެންނެވެ. މި ޕްލޭނުން 100،000ރ. އާ ހަމައަށް ބަދަލު ލިބެ އެވެ. އޭގެ ތެރޭގައި ލަގެޖު ގެއްލިގެން ނުވަތަ ލަސްވުމާއި ޕާސްޕޯޓު ގެއްލުމުގެ އިތުރަށް ފައިސާ އާއި އަގު ހުރި މުދާ ގެއްލުން ހިމެނެ އެވެ.