Roadha Mihaaru
އުމްރާ ތަކާފުލް ނެގުމުން ތިން ހަރަމް އުމްރާގެ ފުރުސަތު

އުމްރާ އަށް ދާއިރު އުމްރާ ތަކާފުލް ނެގުމުން ތިން ހަރަމް އުމުރާއެއް ލިބޭ ޕްރޮމޯޝަނެއް

09 ޖޫން 2016

މި ރޯދަ މަހު އުމްރާ އަށް ދާ މީހުންގެ ތެރެއިން އެލައިޑުގެ އިސްލާމިކް ވިންޑޯ، "އަޔާދީ ތަކާފުލް" އިން އުމްރާ ތަކާފުލް ނަގާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް، ތިން ހަރަމް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

މި ރޯދަ މަހު އުމްރާ އަށް ދާ މީހުންގެ ތެރެއިން އެލައިޑުގެ އިސްލާމިކް ވިންޑޯ، "އަޔާދީ ތަކާފުލް" އިން އުމްރާ ތަކާފުލް ނަގާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް، ތިން ހަރަމް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މޫކައި ހޮޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދް ޝަރީފް ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރިއަކަށް ލިބެނީ ތިން ހަރަމް އުމްރާ ދަތުރެކެވެ. މިއީ، އޭނާ ވިދާޅުވި ގޮތުގައި، ހައްޖު ކޯޕަރޭޝަނުން ހުށަހަޅާފައިވާ އިނާމެކެވެ.

އާއްމު އުމުރާ ދަތުރުތަކަކާ ހިލާފަށް ތިން ހަރަމް އުމުރާގައި ގެފުޅުގެ އިތުރުން މުސްލިމުންގެ މުގައްދަސް ދެ މިސްކިތް ކަމަށްވާ މަސްޖިދުލް އަގްސާ އަދި މަސްޖިދުއް ނަބަވީ އަށް ގެންދާނެ އެވެ. މި ދަތުރުގައި އިސްލާމީ ތާރީހުގެ މުހިއްމު ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް ލިބެ އެވެ.

"އަޔާދީ ތަކާފުލް" އަކީ އެލައިޑުގެ އިސްލާމިކް އިންޝުއަރެންސް ވިންޑޯ އެވެ.

ހައްޖު ކޯޕަރޭޝަނާއި ޖަމާއަތްތައް މެދުވެރިކޮށް ހައްޖާއި އުމްރާ އަށް ދާ ފަރާތްތަކަށް "އަޔާދީ ތަކާފުލް" މެދުވެެރިކޮށް އިންޝުއަރެންސްގެ ހިދުމަތް ހޯދުމުގެ ފުރުސަތު ލިބެ އެވެ.

އޭގެ ތެރޭގައި ހިމެނޭ އުމްރާ ތަކާފުލްގައި ބައިވެރިވެވެނީ 750ރ. ދައްކައިގެންނެވެ. މި ޕްލޭނުން 100،000ރ. އާ ހަމަ އަށް ބަދަލު ލިބެ އެވެ. ބަދަލު ލިބޭ ކަންކަމުގެ ތެރޭގައި ލަގެޖު ގެއްލިގެން ނޫނީ ލަސްވުމާއި ޕާސްޕޯޓު ގެއްލުމުގެ އިތުރަށް ފައިސާ އާއި އަގު ހުރި މުދާ ގެއްލުން ހިމެނެ އެވެ.