22 މާޗް 2023
ރާއްޖެ އިން ހައްޖާއި އުމްރާ އަށް ދާ މީހުން ގެއްލޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ލޮކޭޓިން ޑިވައިސްއެއް ބޭނުންކުރަން ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.
ރާއްޖެ އިން ހައްޖާއި އުމްރާ އަށް ދާ މީހުން ގެއްލޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ލޮކޭޓިން ޑިވައިސްއެއް ބޭނުންކުރަން ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު "މިހާރު" އަށް މިއަދު ވިދާޅުވީ، ހައްޖާއި އުމްރާ އަށް ދާ ދިވެހިންނަށް ހުރެވޭ ތަން ބައެއް ފަހަރު ނޭގުމުގެ ސަބަބުން އެ މީހުން ގެއްލިގެން ހޯދަން ޖެހޭ ކަމަށެވެ. އެ ކަހަލަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ހަރަމްފުޅުގައި ހައްޖުވެރިންނަށް އެހީތެރިވުމަށް ތިބޭ މީހުން އެހީވެދޭ ކަމަށް ވިދާޅުވި އެވެ
އެހެން ވިޔަސް، އޭނާ ވިދާޅުވި ގޮތުގައި، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖާއި އުމްރާ އަށް ދާ މީހުންނަށް ތައާރަފުކުރާ ލޮކޭޓިން ޑިވައިސްއަކީ ހައްޖާއި އުމްރާ އަށް ދާ ދިވެހިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށްދޭނެ އެއްޗަކަށް ވާނެ އެވެ.
"ރާއްޖޭގައި ވެސް އަދި ދުނިޔޭގެ މާކެޓުގައި ވެސް އެވައިލެބަލް، މި ކަމަށް ބޭނުންކުރެވިދާނެ އެއްޗެހިތަކުގެ ތެރެއިން ހަމަ ރަނގަޅު ފެންވަރެއްގެ ޑިވައިސެއް، ހައްޖަށް ރެޑީވުމަށްޓަކައި ޕްރޮކިއޯކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ މި އަހަރު ހައްޖަށް ދިވެހިން ގެންދިއުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކުން ޕްރޮޕޯސަލަށް ހުށަހަޅަން ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ހައްޖަށް މީހުން ގެންދިއުމަށް މި އަހަރު ރާއްޖެ އަށް ވަނީ 1،000 ކޯޓާ ލިބިފަ އެވެ. އެ އަދަދު 2،500 އިތުރު ކޮށްދިނުމަށް ސަރުކާރުން ވަނީ ސައުދީގައި އެދިފަ އެވެ.
ހައްޖު ކޯޕަރޭޝަނުން އެޖެންޓުން ހޯދަނީ
ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް އާ ބޭފުޅެއް
ހައްޖުވެރިންގެ ސިއްހީ ކަންކަން ބެލުން އައިޖީއެމްއެޗަށް
ހައްޖު ފައިސާ އޮންލައިންކޮށް ދެއްކޭ ގޮތް ހަދައިފި
ބޭންކު މެދުވެރިކޮށް ހައްޖަށް ފައިސާ ދެއްކޭގޮތް ހަދައިފި
ހައްޖު ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އަޅަނީ
ހައްޖު އަގު ހެޔޮކުރުން ހަގީގަތަކަށް ވުމުގެ އުއްމީދުބޮޑު
ހައްޖާއި އުމްރާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ
ހައްޖު ކޯޕަރޭޝަން ހިންގީ 40 މިލިއަންގެ ގެއްލުމުގައި
ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި