Roadha Mihaaru
ތިން ނަސީބުވެރިންނަށް އެލައިޑުގެ ތިން ޕްލޭނެއް ދީފި

ޓީޓީއެމް ގާލާ ނައިޓުގައި ތިން ނަސީބުވެރިންނަށް އެލައިޑުގެ ތިން ޕްލޭނެއް

26 އޯގަސްޓް 2024

ޓްރެވަލް ޓްރޭޑް މޯލްޑިވްސް ގާލާ ނައިޓުގައި އެލައިޑުން ނަސީބުވެރި ތިން ފަރާތަކަށް އެ ކުންފުނީގެ ތިން އިންޝުއަރެންސް ޕްލޭނެއް ދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރެވަލް ޓްރޭޑް މޯލްޑިވްސް ގާލާ ނައިޓުގައި އެލައިޑުން ނަސީބުވެރި ތިން ފަރާތަކަށް އެ ކުންފުނީގެ ތިން އިންޝުއަރެންސް ޕްލޭނެއް ދީފި އެވެ.

އަދާރަން ހުދުރަންފުށީގައި އޮތް މި އިވެންޓުގައި އެލައިޑުގެ ޕްލޭންތައް ދީފައި ވަނީ ގާލާ ނައިޓުގެ ބައިވެރިންގެ މެދުގައި ބޭއްވި ލަކީޑްރޯއަކުންނެވެ. މި ލަކީޑްރޯއިން އެލައިޑްގެ ޕްރިމިއަމް ވޯލްޑްވައިޑް ޓްރެވަލް ޕްލޭން ލިބުނީ އިބްރާހިމް ވަހީދާއި އަލީ ނާހިޒް އަށެވެ. އަދި އެލައިޑް ހެލްތު އިންޝުއަރެންސުގެ އެންމެ މަތީ ގިންތީގައި ހިމެނޭ "ސިލެކްޓް ގޯލްޑް" ލިބުނީ މުހައްމަދު މިރުސާދަށެވެ.

މި ލަކީޑްރޯއިން ހޮވުނު ފަރާތްތަކަށް މި ޕްލޭނުތައް ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ ޔޫލިއާނާ ރުސޭއީ އެވެ.

އެލައިޑް އިންޝުއަރަންސަކީ މިއަހަރުގެ ޓީޓީއެމްގެ އިންޝުއަރަންސް ޕާޓްނަރެވެ. ޓީޓީއެމްގައި އެލައިޑުން ފޯރުކޮށްދޭ އިންޝުއަރަންސް ސޮލިއުޝަންސް އާއި ބެހޭ ގިނަ މައުލޫމާތު ވަނީ އެގްޒިބިޓަރުންނާއި ހިއްސާކޮށްފައެވެ.