Roadha Mihaaru

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި

އެލައިޑް އިންޝުއަރެންސްގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ނަމުގައި ތައާރަފް ކޮށްފައިވާ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަން ހުޅުވާލައިފި އެވެ.

އެލައިޑް ދެ ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި

އެލައިޑް އިންޝުއަރެންސްގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ނަމުގައި ތައާރަފް ކޮށްފައިވާ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަން ހުޅުވާލައިފި އެވެ.

"އެލައިޑް ކޮމިއުނިޓީ ފަންޑް" އަކީ މުޖުތަމައުއަށް މަންފާކުރާ މަސައްކަތްތަކަށް ހާއްސަކޮށް ހަ ދާއިރާއަކަށް ދޫކުރާ ފަންޑެކެވެ. އެލައިޑުން ބުނީ، މުޖުތަމައުއަށް ފައިދާ ކުރާ މަސައްކަތް ކުރާ އަތޮޅު ތެރޭގެ ޖަމިއްޔާތަކަށް ވެސް އެފަންޑަށް ކުރިމަތި ލެވޭނެ އެވެ.

ސިއްހީ ދުޅަހެޔޮކަމާއި އިޖުތިމާއީ ހިދުމަތާއި ތިމާވެށި ރައްކާތެރިކުރުމާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާއި ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފަ އެވެ. އެ ފުރުސަތަށް އެދި އަންނަ މަހުގެ 10 ކުރިން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. communityfund@allied.mv އަށް އީމެއިލް ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށަހަޅާ ހަތަރު ފަރާތަކަށް 50،000ރ.ގެ ފައިސާގެ އެހީ ދޭނެ ކަމަށެވެ.

އެލައިޑް އެޑިޔުކޭޝަން ފަންޑަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާ ކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ފަންޑިން ޕްރޮގްރާމެކެވެ. އެ ފުރުސަތަށް އެދި ވެސް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ ޖޫން 10 އެކެވެ. އެފަންޑަށް އެޕްލިކޭޝަން ފޮނުވާނީ educationfund@allied.mv އަށެވެ. އެލައިޑުން ބުނީ އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށަހަޅާ އަށް ފަރާތަކަށް 25،000ރ. ގެ ފައިސާގެ އެހީ ދޭނެ ކަމަށެވެ.

އެލައިޑުން ބުނީ، ފަންޑިން ޕްރޮގްރާމަކީ ވަރަށް އުއްމީދާއެކު އެލައިޑުން ފަށާފައިވާ މަސައްކަތެއް ކަމަށެވެ. ފާއިތުވި އަހަރުތަކުގެ ތަޖުރިބާއަށް ބަލައި، މިއަހަރުގެ ވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބޭ ފަރާތްތަކަށް އެ މުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅު ކުރުމަށް މާލީގޮތުން އެހީވުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެލައިޑުން "ޕްރިމިއަމް ފޯ ގުޑް" އިފްތިތާހުކުރީ 2018 ވަނަ އަހަރު އެވެ.