10 ޑިސެމްބަރ 2018
ޖަލުގައި ހުންނެވި ދުވަސްވަރުގެ ތަޖުރިބާއަށް ބަލާއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާ މެދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިތްހަމަޖެހިވަޑައިނުގަންނަވާކަން، އެމަނިކުފާނު ކުރެއްވި ޓްވީޓުން، އާންމުންނަށް ބުނެދީފި އެވެ.
ޖަލުގައި ހުންނެވި ދުވަސްވަރުގެ ތަޖުރިބާއަށް ބަލާއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާ މެދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިތްހަމަޖެހިވަޑައިނުގަންނަވާކަން، އެމަނިކުފާނު ކުރެއްވި ޓްވީޓުން، އާންމުންނަށް ބުނެދީފި އެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމަނިކުފާނު ގާނޫނާ ހިލާފަށް ހައްޔަރުކޮށް އަށް މަސް ދުވަހު ޖަލުގައި ހޭދަކުރެއްވި އިރު އެތައް ހައްގެއް ގެއްލުނު ކަމަށެވެ.
"އެބޭފުޅުން [އެޗްއާރުސީއެމް] ވަޑައިގަތް އެތައް ފަހަރަކު އަޅުގަނޑުގެ ހާލު ބެލި. އަޅުގަނޑު ތަހައްމަލްކުރަމުން ދިޔަ ކަންކަން ކިޔައިދިނިން. އެއްވެސް ފިޔަވަޅެއް އެޅުނުތޯ؟ އަޅުގަނޑަށް އެނގިފައެއް ނެތް،" މައުމޫންގެ ޓްވީޓުގައި ލިއުއްވި އެވެ.
My personal experience with HRCM is not overly happy. My rights were abused many times during my illegal imprisonment that lasted nearly 8 months. They visited me several times and I told them about my suffering. Was there any action taken? Not to my knowledge. 2/2
— Maumoon Abdul Gayoom (@maumoonagayoom) December 10, 2018
މައުމޫން ކުރެއްވި ޓްވީޓް--
އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މައުމޫން ހައްޔަރުކުރީ އޭރުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ.
މިއަދުގެ މުނާސަބަތުގައި މައުމޫން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ހަމައެކަނި އެވާހަކަ ދެއްކުން ނޫން ކަމަށެވެ. އެކަންކަމަށް ހޭލުންތެރިކޮށް ހައްގުތަކަށް އަރައިގަންނަ ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިދިއަ ފަސް އަހަރު އެޗުއާރުސީއެމްގެ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވީ މައުމޫން އެކަންޏެއް ނޫނެވެ. ސިޔާސީ އެތައް ކުށްވެރިންނެއްގެ އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އިން އަމަލްތައް ބެހެއްޓި އިރު އެއިން އެއްވެސް ކަމަކަށް މިހާރު އޮތް އެޗުއާރުސީއެމުން ފިޔަވަޅު އަޅާފައެއް ނުވެ އެވެ.
އޭގެ އިތުރުން ޖަލުގައި ކަރެކްޝަނަލް ސާވިސްގެ އިހުމާލުން އެތައް ބަޔަކު މަރުވެފައިވާ ކަމުގެ ތުހުމަތު ކުރެވުނަސް އެއިން ކަމެއްގެ ރިޕޯޓް ވެސް ނެރެފައެއް ނުވެ އެވެ.
ކޮވިޑް-19އާ ގުޅިގެން، ގިނަ މައްސަލަތަކެއް ބަލަނީ
"ޖަލުތަކާ ގުޅޭގޮތުން ނެރެފައިވަނީ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް"
"ފާރިސްގެ ގޮޅި އެޗްއާރުސީއެމަށް ކަމަކު ނުދިޔަ"
އަދީބުގެ އަނބިކަނބަލުން އެޗްއާރުސީއެމަށް
މައުމޫންގެ މައްސަލަ އެޗްއާރުސީއެމުން ބަލައެއް ނުގަތް
ހައްގުތައް ހޯދަން މައުމޫން އެޗްއާރްސީއެމް އަށް
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން
އެޗްއާރުސީއެމްގެ މެމްބަރުން ތިބީ ބިރުން: އިދިކޮޅު