ނިއު ދިއްލީ (އޮގަސްޓް 17) - އިންޑިއާގެ މިނިވަން ދުވަހުގެ އުފަލުގައި މަޑި އަރުވަން އުޅުނު ބަޔަކު ބޭނުން ކުރި ފުޅިތޮށި ލާފައިވާ ރޮދި ކަރުގައި އެޅިގެން ތިން މީހުން ވެއްޖެ އެވެ.
17 އޯގަސްޓް 2016
ނިއު ދިއްލީ (އޮގަސްޓް 17) - އިންޑިއާގެ މިނިވަން ދުވަހުގެ އުފަލުގައި މަޑި އަރުވަން އުޅުނު ބަޔަކު ބޭނުން ކުރި ފުޅިތޮށި ލާފައިވާ ރޮދި ކަރުގައި އެޅިގެން ތިން މީހުން ވެއްޖެ އެވެ.
މަރުވި މީހުންގެ ތެރޭގައި އުމުރުން ތިން އަހަރާއި ހަތަރު އަހަރުގެ ދެ ކުދިން ވެސް ހިމެނެ އެވެ. ފުޅިތޮށިލީ ރޮދި ކަރުގައި އެޅުނު އިރު މި ދެ ކުދިން ތިބީ މަތި ހުޅުވޭ ކާރެއްގެ މަތިން ނުކުމެ މަޑި އަރުވާ މަންޒަރު ބަލާށެވެ. ދެން މަރުވި 22 އަހަރުގެ މީހާގެ ކަރުގައި ފުޅިތޮށިލީ ރޮދި އެޅުނީ އޭނާ ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ.
ފުޅިތޮށިލީ ރޮދި އެޅިގެން ފުލުހަކު ޒަޚަމްވި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އިންޑިއާގައި ފާހަގަކުރާ މިނިވަން ދުވަސް ފަދަ މުހިންމު ދުވަސްތަކުގައި މަޑި އަރުވަން ގިނަ ބަޔަކު ނުކުމެ އެވެ. އިންޑިއާގެ މިނިވަން ދުވަސް ފާހަގަކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ދިއްލީ ސަރުކާރުން މިހާރު ވަނީ ފުޅިތޮށިލީ ރޮދި ބޭނުންކޮށްގެން މަޑި އެރުވުން މަނާކޮށްފަ އެވެ. އަދި ފުޅިތޮށިލީ ރޮދި ބޭނުންކޮށްގެން މަޑި އެރުވުމުގެ ނުރައްކަލާ ބެހޭ ގޮތުން ކެމްޕޭނެއް ހިންގާނެ ކަމަށް ވަނީ ބުނެފަ އެވެ.
ފުޅިތޮށި ލައިގެން ރޮދި ބޭނުން ކުރަނީ އެހެން މީހުންގެ މަޑި ކަނޑާ ވައްޓާލުމަށެވެ.
ފުޅިތޮށިލީ ރޮދި ކަރުގައި އެޅިގެން 2015 ވަނަ އަހަރު ވެސް ވަނީ އިންޑިއާގައި ފަސް އަހަރުގެ ކުއްޖަކު މަރުވެފަ އެވެ. އަދި ފަސް އަހަރުގެ ކުއްޖަކު ވަނީ 2014 ވަނަ އަހަރު ވެސް މަރުވެފަ އެވެ.
އިންޑިއާ އިން ކުޑަކުދިން މަރުވީ ހުސްބަނޑާ ލައިޗީ ކައިގެން
އިންޑިއާގެ "ރަނުގެ މީހާ" މަރާލައިފި
ހިންދޫ އެއްވުމަށް ދާން އުޅުނު ބަޔަކު ފިތިގެން މަރު
މަންމޯހަން ސިންގް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ
ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް
ތަބްލާ ކުޅެން މަޝްހޫރު ޒާކިރު ހުސެއިން މަރުވެއްޖެ
"މަރުވި" މީހަކު އަންދާލަނިކޮށް ނޭވާލަން ފަށައިފި
އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ 10 ކުދިން މަރުވެއްޖެ
އިންޑިއާގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ